Roadha Mihaaru
ޓިކެޓް ކިޔުގައި ފޫހިފިލުވުމުގެ ގޮތުން ތާސް ކުޅުމުގައި

ޓިކެޓް ކިޔުގައި ފޫހިފިލުވުމުގެ ގޮތުން ތާސް ކުޅުމުގައި

12 އޮކްޓޯބަރ 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗުގެ ޓިކެޓް ވިއްކުމުގެ 10 ގަޑިއިރު ކުރިން ބައެއް މީހުން ކިޔުގައި ޖެހުނެވެ. މެޗަށް ޓިކެޓް ވިއްކަން ފެށީ، މިއަދު ހެނދުނު 10 ޖެހި އިރު އެވެ. ރޭ 12 ޖެހި ފަހުން ސޯޝަލް ސެންޓަރުގައި ބައެއް މީހުން ކިޔުގައި ޖެހުނެވެ. ވަރަށް ދިގު އިންތިޒާރެކެވެ. ވަރުބަލިވުމާއި ފޫހިކަން ކުރިމަތިވާނެ އެވެ. އެކަން ކުޑަ ކުރުމަށްޓަކައި ކިޔުގެ ބައެއް ހިސާބުތަކުގައި ތާސް ކުޅެން ވެސް ބައެއް މީހުން ތިއްބެ އެވެ.

އެކި ތަންތަނުގައި ބައެއް މީހުން އެކި ކަންކަމުގަ އެވެ. އެއް ބަޔަކު މަޖާ ވާހަކައިގަ އެވެ. އަނެއް ބަޔަކު ފޯނުން އެއްޗެއް އަޑު އެހުމުގަ އެވެ. ފޯނުން އެއްޗެއް ކިޔަން ތިބި މީހުން ވެސް ކިޔުގައި ތިއްބެވެ. މިއީ ފޫހިފިލުވުމުގެ ގޮތުން ކުރި ބައެއް ކަންކަމެވެ.

ޓިކެޓް ގަންނަން އިއްޔެ އެންމެ ފުރަތަމަ ކިޔުގައި ޖެހުނީ ގައުމީ ފުޓްބޯޅަ ދަނޑު ކައިރީގަ އެވެ. ނަމަވެސް އިއްޔެ ހަވީރު އިއުލާން ކުރީ ޓިކެޓް ވިއްކާނީ ސޯޝަލް ސެންޓަރުން ކަމުގަ އެވެ.

ޓިކެޓް ކިޔުގައި ބައެއް މީހުން ތާސް ކުޅެނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓިކެޓް ކިޔުގައި ބައެއް މީހުން ތާސް ކުޅެނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޯޝަލް ސެންޓަރުން ދިވެހިންނަށް 3،000 ޓިކެޓް ވިއްކަން ވަނީ ހަމަޖައްސައިފަ އެވެ. މީހަކަށް ވިއްކާނީ ދެ ޓިކެޓެވެ. އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗަށް، އިންޑިއާގެ ސަޕޯޓަރުންނަށް ކަނޑައެޅި 200 ޓިކެޓް ވިއްކާނީ ގައުމީ ފުޓްބޯޅަ ދަނޑުންނެވެ. ޓިކެޓް ވިއްކާނީ އައިޑީކާޑާއި ވެކްސިން ކާޑު ދެއްކުމުންނެވެ. ސޯޝަލް ސެންޓަރުގައި ހުރި ސްޕީކަރު ސިސްޓަމް މެދުވެރިކޮށް ޓިކެޓް އޮފިޝަލުން އިއުލާން ކުރަމުން ދިޔައީ ކޮންމެ މީހަކު ވެސް ފައިސާ މާރުކޮށްގެން ޓިކެޓް ގަތުމަށް އައުމަށެވެ.

ސޯޝަލް ސެންޓަރު ވަށައިގެން އޮތީ ކިއު އެވެ. ދެ ފަރާތުން އައިޖީއެމްއެޗާ ހަމައަށް ކިޔު އޮތެވެ.

ދިވެހިންނަށް ހާއްސަ ކޮށްފައިވާ ޓިކެޓްގެ ތެރެއިން ބާކީ 1،800 އެއްހާ ޓިކެޓަކީ ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތަކަށާއި މުބާރާތުގެ ސްޕޮންސަރުންނަނަށް ހާއްސަކޮށްފައިވާ ޓިކެޓްތަކެއް ކަމަށް އެފްއޭއެމުން ބުނެ އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ޓިކެޓް ވިއްކަމުން ދިޔައީ މީހަކަށް ފަސް ޓިކެޓެވެ. އެ އުސޫލަށް ޓިކެޓް ވިއްކަމުން ގޮސް، ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ޓިކެޓް ގިނަ ބަޔަކަށް ނުލިބި ހުސްވުމުން އާންމުން ދަނޑުކައިރީ މުޒާހަރާ ކުރަން ފެށުމުން މައްސަލަ ހޫނުވި އެވެ. މިދިޔަ ހޮނިހިރު ދުވަހު ދަނޑުން ވިއްކަމުން ދިޔަ ޓިކެޓް ހުސްވުމުން، އެއްވެ ތިބި ބައެއް މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ދަނޑަށް ވަދެގެންފަ އެވެ.

ޓިކެޓް ކިޔުގައި ތާސް ކުޅެނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓިކެޓް ކިޔުގައި ތާސް ކުޅެނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޑިއާ - ރާއްޖެ މެޗުގެ ޓިކެޓް ވިއްކާ ގޮތް

- ދިވެހިންނަށް 3،000 ޓިކެޓް

- ވިއްކާނީ މީހަކަށް 2 ޓިކެޓް

- ޓިކެޓް ވިއްކާނީ ސޯޝަލް ސެންޓަރުން

- ޓިކެޓް ވިއްކަން ފަށާނީ ހެނދުނު 10 ޖަހާއިރު

- ކޮންމެ ޓިކެޓެއް ވެސް ވިއްކާނީ އައިޑީ ކާޑާއި ވެކްސިން ކާޑު ދެއްކުމުން

- އަވޭ ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ ގައުމީ ފުޓްބޯޅަ ދަނޑުން

- ޓިކެޓް ގަތުމަށް ފައިސާ މާރުކޮށްގެން ދިއުން

ޓިކެޓް ކޔުގައި ބައެއް މީހުން އިށީންދެ ލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓިކެޓް ކޔުގައި ބައެއް މީހުން އިށީންދެ ލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

އާންމުންގެ ހިތްހަމަނުޖެހުން އުތުރި އެރުމުން އެފްއޭމުން ވަނީ ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތަކަށް އަދި މުބާރާތުގެ ސްޕޮންސަރުންނަށް ހާއްސަ ކުރި 2،500 ޓިކެޓްގެ ތެރެއިން 1،000 ޓިކެޓް ހޮނިހިރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުން މީހަކަށް ޓިކެޓެއްގެ މަގުން ވިިއްކައިފަ އެވެ.

ޓިކެޓް ވިއްކި ގޮތާމެދު އެފްއޭއެމްއަށާއި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް ކޮރަޕްޝަންގެ ތުހުމަތު ވެސް ބައެއް ފަރާތްތަކުން ކުރި އެވެ. ނަމަވެސް އިއްޔެ ބައްސާމް ވިދާޅުވީ ޓިކެޓް ވިއްކުމުގައި ކޮރަޕްޝަނެއް ނޯންނާނެ ކަމަށެވެ.

"ކޮރަޕްޝަންގެ ކަންތައްތަކެއް ހިންގާނެ ޖާގައެއް ނޯންނާނެ ޓިކެޓް ވިއްކުމުގައި މި އަންނަ އަގުތަކަށް ބަލާއިރު،" ބައްސާމް ވިދާޅުވި އެވެ.

ޓިކެޓް ކިޔުގައި މީހަކު އޮށޯވެލައިގެން --- ފޮޓޯ: ނީޝާން އަލީ | މިހާރު

ޓިކެޓް ކިޔުގައި މީހަކު އޮށޯވެލައިގެން --- ފޮޓޯ: ނީޝާން އަލީ | މިހާރު

"އަޅުގަނޑު މި ދެންނެވިހެން 5،000 ޓިކެޓްގެ ތެރެއިން ފުދޭ ވަރެއްގެ ބައެއް އެބަދޭ ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތައް އަދި ސްޕޮންސަރުންނަށް. ދެން ބާކީ އޮތް އެއްޗެއް ވަރަށް ތަފުސީީލުކޮށް މި އޮންނަނީ ވިއްކޭނެ ގޮތް. އެހެންވީމާ ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން ހިނގާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."

ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން އޮތް ކަމުގެ ތުހުމަތު ބައްސާމާއި އެފްއޭއެމްގެ މައްޗަށް ކުރީ މިދިޔަ ހޮނިހިރު ދުވަހު ޓިކެޓް ވިއްކި އިރު ގަލޮޅު ދަނޑަށް ވިއްކަން ގެންދިޔަ ޓިކެޓްތަކުގެ އަދަދު ސާފުނުވުމުންނެވެ. އެ ދުވަހުގެ ހެނދުނު 10 ޖެހި އިރު ޓިކެޓް ވިއްކަން ފެށި ނަމަވެސް މާ ގިނައިރުތަކެއް ނުވެ ހުރިހާ ޓިކެޓެއް ހުސްވީ އެވެ. އެކަމަކު، ދަނޑަށް ގެންދިޔަ ޓިކެޓުގެ އަދަދެއް ފުޓުބޯޅައާ ބެހޭ އިދާރާ އިން މިހާތަނަށް ރަސްމީކޮށެއް ނުބުނެ އެވެ.

ޓިކެޓް ކޔުގައި ބަެއް މީހުން މަޑުކޮށްލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓިކެޓް ކޔުގައި ބަެއް މީހުން މަޑުކޮށްލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވޭނެ އެވެ. ތިން މެޗު ކުޅެ ރާއްޖެ އަށް ހޯދިފައި ވަނީ ހަ ޕޮއިންޓެވެ. ނޭޕާލް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. ނޭޕާލް އެއް ވަނައިގައި އޮތީ ރާއްޖެ އަތުން މޮޅުވެވެފައިވުމުން ހެޑް-ޓު-ހެޑް އުސޫލުން ކުރި ލިބޭތީ އެވެ.

ބުދަ ދުވަހުގެ ހަވީރު ނުކުންނާނީ ނޭޕާލް އާއި ބަންގްލަދޭޝް އެވެ. މެޗު އެއްވަރު ކޮށްލައިގެން ނޭޕާލަށް ވެސް ފައިނަލަށް ދެވޭނެ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.