މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މީޑިއާ ރެގިއުލޭޓްކުރާ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ބިލް އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
28 އޯގަސްޓް 2025
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މީޑިއާ ރެގިއުލޭޓްކުރާ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ބިލް އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ބިލު އަނބުރާ ގެންދަން ނޫސްވެރިން ގޮވަމުން ދަނިކޮށް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސްގައި އުޝާމް ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ކުރުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ކުރިން އުޅުއްވި ދުވަސްވަރު އޭރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ވަނީ މިފަދަ ބިލެއްގެ މަސައްކަތްކޮށް، އެއީ މީޑިއާ ކައުންސިލާއި ބްރޯޑްކޮމާއި އެކަމުގައި އުޅުއްވާ އެކި ފަރާތްތަކާ މަޝްވަރާކޮށް، ބަންޑާރަ ނައިބުގެ އޮފީހަށް ވެސް އެކަން ހިއްސާ ކޮށްފައިވާ އުޝާމް ވިދާޅުވި އެވެެ.
އެފަދަ ދިރާސާއެއް ކޮށްފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ މަޝްވަރާކޮށް ހުށަހެޅުންތަކެއް ހުށަހަޅައިގެން ކަމަށް ވިދާޅުވި އެވެ.
"ވަރަށް ގިނަ މަސައްކަތްތަކެއް ބަންޑާރަ ނައިބްގެ އޮފީހުން ވެސް ކުރެވިފައި ހުރީ [މަގާމާ ހަވާލުވިއިރު]. ބޭރުގެ އެކި މަސައްކަތްކުރާ ފަރާތްތަކާ މަޝްވަރާކޮށް ވަރަށް ގިނަ ދިރާސާތަކެއް ކުރެވިފައި ހުރީ. ރާއްޖޭގައި މަސައްކަތްކުރާ އެންޖީއޯތަކާ ގުޅިގެން މަސައްކަތްކުރެވިފައި ހުރީ،" އޭޖީ ވިދާޅުވި އެވެ.
"މީޑީއާ ކޮންޓްރޯލްކުރާ ބިލް" އާ ގުޅިގެން ބަންޑާރަ ނައިބް އަހުމަދު އުޝާމް މީޑިއާތަކާ ބައްދަލުކުރައްވަނީ.--
އުޝާމް ވިދާޅުވީ ހަންނާންގެ ފުރަތަމަ ބިލް މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އިތުރަށް މަޝްވަރާކުރުމަށް ބަންޑާރަ ނައިބްގެ އޮފީހުން ބޭނުންވެގެން ބިލު މަޖިލީހުން ބޭރުކޮށްލީ ކަމަށެވެ. އެކަމަކު އެ ބިލާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން ދަނިކޮށް އެފަދަ ބިލެއް އަލުން މަޖިލީހަށް ހަންނާން ހުށަހެޅުއްވީ އެ މަސައްކަތް އެއްކޮށް ނުނިމޭނީސް ކަމަށް އުޝާމް ވިދާޅުވި އެވެ.
އެ ބިލުގެ މާއްދާތައް ދިރާސާކުރަމުން އަންނަ ކަމަށާއި ބިލާ ގުޅިގެން ލިބިފައިވާ ހުށަހެޅުންތަކަށް ބަލާއިރު މި ބިލަކީ އިތުރަށް ދިރާސާ ކޮށްގެން ކުރިއަށް ދެވިދާނެ ބިލެއް ކަމަށް އުޝާމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން [ރައްޔިތުންގެ މަޖިލިހަށް ހަންނާން ހުށަހަޅުއްވާފައިވާ ބިލް] އަނބުރާ ނަގަން ޖެހޭނެ ކަމަށް،" އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިލު އަނބުރާ ގެންދިއުމަށް ނަގަން ނުޖެހޭ ކަމަށް ގަބޫލުކުރައްވަނީ މީޑިއާ ކައުންސިލު އޮގަސްޓް 2022 ގައި މީޑިއާ ކައުންސިލުން ބިލެއްގެ ޑްރާފްޓެއް ފޮނުވާފައިވާތީ އެވެ އެ ޑްރާފްޓް ބިލާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މާބޮޑު ތަފާތެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމް ފާހަގަކުރެއްވި ގޮތުގައި މީޑިއާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވަނީ ރައީސް އައްޔަންކުރާ މެމްބަރުންތަކެއް މީޑިއާ ކޮމިޝަނުގައި ހިމެނުމާއި ރައީސް އައްޔަންކުރާ ފަރާތެއް ކޮމިޝަނުގެ ރައީސް ކަމަށް ހޮވުމެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ އެކަން ކުރަން ބޭނުންފުޅު ނުވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ކަންބޮޑުވުމަކީ ރައީސް އައްޔަން ކުރައްވާ އެއްވެސް މެމްބަރަކު ކޮމިޝަނުގައި އިންނަން ވާނެ ކަމަށް ނޫސްވެރިން ގަބޫލު ނުކުރާއިރު އުޝާމް ވިދާޅުވީ، އެމްއެމްސީން އެންމެ ފަހުން ފޮނުވާފައިވާ ޑްރާފްޓުގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުން ވެސް ކޮމިޝަން އެކުލަވައިލަން ވާނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށާއި އެއީ ނޫސްވެރިން އައްޔަންކުރާ ފަސް މެމްބަރަކުންނާއި ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުން ކަމަށް ބަޔާންކުރާ ކަމަށް އުޝާމް ވިދާޅުވި އެވެ.
އެކަމަކު އެމްއެމްސީގެ ޑްރާފްޓް ބިލު މައްސަލައަކަށް ނުވެފައި މިހާރު ހުށަހަޅާފައިވާ ބިލުގައި މައްސަލައެއް އޮތް ކަމަށް ދައްކަން ޖެހޭ ސަބަބެއް ސާފު ނުވާ ކަމަށް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ނޫސްވެރިންނާ މެދު އަޅާނެ ފިޔަވަޅުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އެމްއެމްސީގެ ބިލުގައި ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެބަ އޮތް ކަމަށެވެ.
މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ބިލު ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އައީ ބިލު ދިރާސާ ކުރަމުންނެވެ. އަދި އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް މަޖިލީހުގެ އިދާރާ އިން މިއަދު މެންދުރު ފަހު އިއުލާންކުރި އ
މި ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން އިއްޔެ ރައީސް އޮފީހާއި މުލިއާގޭ ދޮށުގައި ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އަދި މިއަދު ހެނދުނު ފެށިގެން "މީޑިއާ ފެންޑާ" ދޮށުގައި ނޫސްވެރިން ދަނީ އިހުތިޖާޖުކުރަމުންނެވެ.
މީޑިއާ ބިލާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު އެމްޖޭއޭ އިން ނޫސްވެރިންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫސްވެރިން ޕްރެޝަރު ކުރަމުންދަނިކޮށް މެންދުރު ފަހު 1:30 ގައި ރައީސް ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި ނޫސްވެރިންނާ ބައްދަލުކުރައްވާ ކަންބޮޑުވުންތައް އަޑުއައްސަވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި މީޑިއާތައް ކޮންޓްރޯލްކުރުމަކީ ވިސްނުންފުޅު ނޫން ކަމަށާއި ކޮމިޓީ މަރުހަލާގައި ބަދަލުތައް ގެންނެވުމަށް އިރުޝާދު ދެއްވާނެ އެވެ.
އަވަސް އަރުވާލައިގެން މަޖިލީހުން ބިލުގެ މަސައްކަތް ކުރަމުންދާތީ ނޫސްވެރިންނާއި ޖަމިއްޔާތަކުން ވެސް ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބިލުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރުމުން އިސްލާހު ކުރުމުގެ ބަދަލުގައި މުޅި ބިލު އަނބުރާ ގެންގޮސް އާ ބިލެއް، ނޫސްވެރިންގެ މަޝްވަރާއާ އެކު އެކުލަވާލުމަށް އައީ ގޮވާލަމުންނެވެ.
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
"ބިލުގެ ބޭނުމަކީ ގާނޫނާހިލާފުނުވެ މައުލޫމާތު ފެތުރުން"
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި
އެންމެ މުހިއްމު ވާންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަން
ހެއްކާ ބެހޭ ބިލް: މަސްދަރު ހާމަކުރުވާ މާއްދާއެއް
ނޫސްވެރިން ބޭނުންވި އިސްލާހުތައް ގެނައިން: އަސްވާޑް
އޭޖީ އޮފީހުގެ ބިލުން ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
މީޑިއާ ބިލުގެ ރިކޮމެންޑޭޝަނަށް 4މަސް ދޭން އެދިއްޖެ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު