އެޓާނީ ޖެނެރަލްގެ އޮފީހުގެ މަސަައްކަތް ހަރުދަނާކުރަން އެންމެ މުހިއްމު މަސައްކަތެއް ކުރީ މި އަހަރު ކަމަށް ވިދާޅުވެ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެ އޮފީހުގެ ގާނޫނަށް މިރޭ ތައުރީފުކުރައްވައިފި އެވެ.
13 ސެޕްޓެމްބަރ 2025
އެޓާނީ ޖެނެރަލްގެ އޮފީހުގެ މަސަައްކަތް ހަރުދަނާކުރަން އެންމެ މުހިއްމު މަސައްކަތެއް ކުރީ މި އަހަރު ކަމަށް ވިދާޅުވެ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެ އޮފީހުގެ ގާނޫނަށް މިރޭ ތައުރީފުކުރައްވައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި އުޝާމް ވިދާޅުވީ އަލަށް ފާސްކޮށް އަމަލުކުރަން ފެށި، "ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު"ގެ ސަބަބުން، އެ އޮފީހުގެ މަަސައްކަތްތައް ވަކި އަތަކަށް ނުޖެހި ކުރުމަށް ބާރުއަޅާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އެ ގާނޫނު ހަދަން، 2009 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރި ނަމަވެސް މި އަހަރާ ޖެހެންދެން އެ ކަން އޮތީ ކާމިޔާބު ނުވެފައި ކަން އޭޖީ ފާހަގަކުރެއްވި އެވެ.
"ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނުގެ ސަބަބުން. ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް ވަކި އަތަކަށް ނުޖެހި، ނުފޫޒުތަކުން އެއްކިބާވެ، ހަމަ އެކަނި ގާނޫނުއަސާސީ އަށާއި ގާނޫނަށް ތަބާވެގެން ކުރުމަށް ޓަކައި ބާރުއަޅާ މިންވަރު އެތައް ގުނައަކަށް އިތުރުވެގެންދާނެ،" އުޝާމް ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ހަފުލާގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިރޭ ވާހަކަދައްކަވަނީ. ފޮޓޯ: އޭޖީ އޮފީސް
ބަންޑާރަނައިބު އޮފީހުގެ ގާނޫނަށް އަމަލުކުރަން ފެށުމުން އެ އޮފީހަށް އިންގިލާބީ ބަދަލުތަކެއް އައިސް، އެ އޮފީހުގެ މުވައްޒަފުންނަށް ހައްގު އެތައް މަންފާއެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގާނޫނު ހެދުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައި، އެ ގާނޫނު ހަދަން ކުރެއްވި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިހުލާސްތެރިކަން ދޭހަވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ވަކި އޮފީހެއްގެ ގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީސް އުފެއްދި ފަހުން މިވީ 75 އަހަރު ތެރޭގައި އެޓާނީ ޖެނެރަލްކަން ކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ވެސް އޭޖީ ޝުކުރުއަދާކުރެއްވި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހަށް 75 އަހަރު ފުރުމުގެ ހަފުލާގައި ރައީސް މުއިއްޒު މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ބަންޑާރަނައިބުގެ އޮފީސް މިއަދު ހުރި މަގާމަށް އައުމަށް ޓަކައި ތިޔަ އެންމެހާ ބޭފުޅުން (ކުރީގެ ބަންޑާރަނައިބުން) ކުރެއްވި ބުރަ މަސައްކަތް މިއަދު އަޅުގަނޑަށް އިހުސާސްކުރެވޭ،" އުޝާމް ވިދާޅުވި އެވެ.
އޭޖީ އޮފީހަށް މިވީ 75 އަހަރުގެ ތެރޭގެ ތެރެއިން ދިގު މުއްދަތެއްގައި އެ އޮފީހަށް ހިދުމަތްކުރެއްވި ބޭފުޅުންނަށް އެކަން ފާހަގަކޮށް މިރޭގެ ޖަލްސާގައި ހަނދާނީ ފިލާ އެރުވި އެވެ.
ރާއްޖޭގައި ވަކި މުއައްސަސާއެއްގެ ގޮތުގައި އެޓާނީ ޖެނެރަލް އޮފީސް އުފެއްދީ 1950 ވަނަ އަހަރު އެވެ.
ބިލް އަނބުރާ ފޮނުވީ، ސުލޫކުގެ އުސޫލާ ފުށުއަރާތީ
ހުކުމާ އެކު ބަންޑާރަ ނައިބުގެ ގާނޫނީ ލަފާ ހޯދަނީ
"ބިލުގެ ބޭނުމަކީ ގާނޫނާހިލާފުނުވެ މައުލޫމާތު ފެތުރުން"
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
މީޑިއާ ބިލު އަނބުރާ ގެންދަންޖެހޭކަމަށް ނުދެކެން:އުޝާމް
މަރުގެ އަދަބު ދޭ ބިލް މި ދައުރަށް ނިންމަނީ
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލް ތަސްދީގު ކުރައްވައިފި
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލް ފާސްނުކޮށް ކޮމިޓީއަށް
އޭޖީއަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓުގައި އެދެފި
ބަދަލު ދިނުމުގެ ނުވަ އެއްބަސްވުމެއް ބާތިލުކޮށްފި