Roadha Mihaaru
ހުކުމާ އެކު ބަންޑާރަ ނައިބުގެ ގާނޫނީ ލަފާ ހޯދަނީ

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ބަންޑާރަ ނައިބުގެ ގާނޫނީ ލަފާ ރައީސް ހޯއްދަވަނީ

29 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން އެ ބަދަލުގެ ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން އެ ބަދަލުގެ ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.

ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ގަވައިދަށް ގެނައި އިސްލާހުތައް ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކުގައި އެކި އަޣުލަބިއްޔަތު ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށެވެ. އެއީ ހައްސާސީ މައްސަލަތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން އެ ނިންމުންތަކުގައި ޝާމިލްވުން ކަމަށް ހުކުމްގައިވެ އެވެ.

އެހެންވީމާ މި ކަމުގައި ބަންޑާރަ ނައިބު އަޅުގަނޑަށް ގާނޫނީ ލަފައެއް ދެއްވީމާ އަޅުގަނޑު ކުރިއަށް ދާނަން. އެއީ އެތައް ރައްޔިތުންނެއްގެ ހައްގެއް މީގައި އެކުލެވޭ. އަޅުގަނޑު ވަރަށް ސަމާލުކަން ދޭން ބޭނުން އަބަދުވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަންތައްތައް ކުރަން. ގާނޫނުއަސާސީ ހަދަނީ ގާނޫނުތައް ހަދާފައި ހުންނަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހެވާއި ލާބައަށް،"--- ރައީސް

ހުކުމްގައި ބުނީ މަޖިލީހުން ގަވައިދަށް ބަދަލު ގެންނަން މަޖިލީހުން ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށާއި އެ މަޖިލީހުގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ވެސް ގާނޫނުއަސާސީގައި ބުނާ އަޣުލަބިއްޔަތަށް ވުރެ ވެސް ގިނަ މެންބަރުން އެބަ ތިބި ކަމަށެވެ. ނަމަވެސް، މެންބަރުންގެ އަދަދާ މެދު ގެނައި ބަދަލުވުން މަޖިލީހުގައި މެޖޯރިޓީ އޮތް ސިޔާސީ ފިކުރުގެ ވޯޓުތައް ވަރުގަދަވެގެން ދިޔުން ނޫން އިތުރު ނަތީޖާއެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.

އެ ހުކުމް އިއްވިތާ މާ ގިނައިރުތަކެއް ވެސް ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، މަޖިލިހުގެ ޖުމުލަ އަދަދަކީ 80 ކަމަށް ބެލުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމިޔަސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ފަސްކުރުމުގެ ބިލް ދެ ވަނަ ފަހަރަށް އެ މަޖިލިހުން ފާސްކުރިއިރު ވެސް މަޖިލިހުން ބަލާފައި އޮތީ ޖުމުލަ އަދަދަކީ 80 ކަމަށް ކަމަށެވެ.

"އެހެންވީމާ މި ކަމުގައި ބަންޑާރަ ނައިބު އަޅުގަނޑަށް ގާނޫނީ ލަފައެއް ދެއްވީމާ އަޅުގަނޑު ކުރިއަށް ދާނަން. އެއީ އެތައް ރައްޔިތުންނެއްގެ ހައްގެއް މީގައި އެކުލެވޭ. އަޅުގަނޑު ވަރަށް ސަމާލުކަން ދޭން ބޭނުން އަބަދުވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަންތައްތައް ކުރަން. ގާނޫނުއަސާސީ ހަދަނީ ގާނޫނުތައް ހަދާފައި ހުންނަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހެވާއި ލާބައަށް،" ރައީސް ވިދާޅުވި އެވެ.

އެހެންވީމާ އަޅުގަނޑު ގާނޫނުއަސާސީއާ ކުޑަތަންކޮޅެއް ވެސް ހިލާފެއް ނުވާނަން. ގާނޫނުއަސާސީގެ ދަށުން ކަންކަން ހިނގަންޏާ އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ"--- ރައީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިނގާނީ އެހެންވެ ގާނޫނީ ވެރިކަމެވެ.

ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ގާނޫނުއަސާސީއާ ހިލާފަށް "ހަމަ އެއްކަމެއް ވެސް ނުކުރާނަން" ކަމަށާއި ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރައްވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީ ކަމަށެވެ.

"ﷲ ގަންދީ އަޅުގަނޑު ކުރި ހުވައަކީ އޭގެ ކޮންމެ ލަފުޒަކަށް އަޅުގަނޑު ޒިންމާވާންޖެހޭ ދުނިޔޭގައި ވެސް އާހިރަތުގައި ވެސް ޒިންމާވާންޖެހޭ ހުވައެއް. އަޅުގަނޑަށް އެ ހުވާގެ ކޮންމެ ލަފުޒެއް ކޮންމެ އަކުރެއް މެޓާވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ގާނޫނުއަސާސީއާ ކުޑަތަންކޮޅެއް ވެސް ހިލާފެއް ނުވާނަން. ގާނޫނުއަސާސީގެ ދަށުން ކަންކަން ހިނގަންޏާ އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ."