މީޑިއާ ބިލުގައި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް ގޮތާއި ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރެވޭ ގޮތަށް އޮތް ބައި ބިލުން އުނިކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ރޭ ވިދާޅުވެއްޖެ އެވެ.
16 ސެޕްޓެމްބަރ 2025
މީޑިއާ ބިލުގައި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް ގޮތާއި ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރެވޭ ގޮތަށް އޮތް ބައި ބިލުން އުނިކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ރޭ ވިދާޅުވެއްޖެ އެވެ.
މީޑިއާ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހިޔާލު ވަރަށް ބޮޑަށް ދެކަފި ވެފައިވާއިރު، އެ ބިލަށް ތާއީދުކުރާ ފަރާތްތައް ގުޅިގެން މީރުމާ މާލަމުގައި ބޭއްވި "މީޑިއާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން އަސްވާޑު ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ބިލަށް ހުށަހެޅި އިސްލާހުތަކާ އެކު، އެ ބިލްގައި މިހާރު މީޑިއާ މާނަކޮށްފައި އޮންނަނީ "ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތަކަށް" ކަމަށެވެ. އެހެންކަމުން ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތައް ފިޔަވައި އެހެން އެއްވެސް ބައެއް ރެގިއުލޭޓް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ ވެސް ހިމެނެ އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިސްލާހުތަކާ އެކު، މީޑިއާ ބިލް ފާސްކުރި ނަމަވެސް އެ އިސްލާހުތައް މަޖިލިހުގެ އިދާރާ އިން އަދި ހާމަނުކުރާތީ އޭގެ އެއްވެސް ތަފުސީލެއް ނޭނގެ އެވެ.
ސޯޝަލް މީޑިއާގެ ވާހަކަ ދައްކާއިރު، ރާއްޖޭގައި ހިންގާ މީޑިއާއެއްގެ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތައް މި ބިލުން ރެގިއުލޭޓް ކުރާނެ. އެކަމަކު ހިންގާ ސޯޝަލް މީޑިއާ ޕޭޖަކީ އާންމު ރައްޔިތަކަށް ނުވަތަ ކޮންޓެންޓް ކްރިއޭޓަރަކަށް ނިސްބަތްވާ އެއްޗެއް ނަމަ އެއީ މި ބިލާ ބެހޭ ކަމެއް ނޫން. އެ އެއް ރެގިއުލޭޓެއް ނުކުރާނެ،"--- އަސްވާޑު
އަސްވާޑު ރޭ ވިދާޅުވިގޮތުގައި، ނޫސްވެރިންގެ ފަރާތުން މީޑިއާ ބިލަށް ހުށައެޅި ހުރިހާ ކަންބޮޑުވުމެއް އަޑު އަހައި، ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ މަޝްވަރާއާ އެކު، އެ ކަންބޮޑުވުންތަކަށް ކޮމިޓީ މަރުހަލާގައި ވާނީ އިސްލާހު ގެނެސްފަ އެވެ. އެގޮތުން ކޮމިޓީން ފާސްކުރި ބިލުގައި ނޫސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސޯޝަލް މީޑިއާގެ ވާހަކަ ދައްކާއިރު، ރާއްޖޭގައި ހިންގާ މީޑިއާއެއްގެ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތައް މި ބިލުން ރެގިއުލޭޓް ކުރާނެ. އެކަމަކު ހިންގާ ސޯޝަލް މީޑިއާ ޕޭޖަކީ އާންމު ރައްޔިތަކަށް ނުވަތަ ކޮންޓެންޓް ކްރިއޭޓަރަކަށް ނިސްބަތްވާ އެއްޗެއް ނަމަ އެއީ މި ބިލާ ބެހޭ ކަމެއް ނޫން. އެ އެއް ރެގިއުލޭޓެއް ނުކުރާނެ،" އަސްވާޑު ވިދާޅުވި އެވެ.
"އެވްރެޖްކޮށް ނޫސްވެރިއަކަށް މި ލިބެނީ 10،000ރ. ފަންސަވީސްހާސް ރުފިޔާގެ ޖޫރިމަނާއެއް، އެއީ އެ ބޭފުޅުންނަށް ބޮޑު އެއްޗެއް ކަމަށް. މިހާރު ލިޔާ ލިޔުމަކުން މައްސަލައެއް ބަލައިގެން ރާއްޖޭގެ ނޫސްވެރިއަކަށް ފިޔަވަޅެއް ނާޅާނެ. ޖޫރިމަނާއެއް ނޯންނާނެ،" ވަރަށް ޔަގީންކަމާ އެކު މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވަކި ނޫސްވެރިންނަށް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ.
"ނޫސްވެރިންނާ ވާހަކަ ދެއްކިން ކޮން ހައްލެއްހޭ ގެންނަންވީ ބުނެ. އެކަމަކު ނޫސްވެރިން ބުނަނީ ބިލު ޕާކު ކޮށްލަދޭށޭ. ކޮންކަމަކާތޯ ޕާކުކުރަންވީ؟ ބުނި ހުރިހާ އިސްލާހެއް ގެނެވިއްޖެ. ނޫސްވެރިން ބުނި މީޑިއާގެ މައްސަލަ ބަލަމުންދާއިރު، މީޑިއާގެ ލައިސަންސް ހިފަހައްޓައިގެން ނުވާނެއޭ ބުނުމުން އެ މާއްދާ ވެސް ނަގައިފިން،" ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުތަކާ ގުޅޭ ގޮތުން އަސްވާޑު ވިދާޅުވި އެވެ.
"މައްސަލަ ބަލައި ނިމުނީމާ މިހާރު ފިޔަވަޅެއް އަޅާނީ."
މީޑިއާ ރެގިއުލޭޝަން ބިލު އޮތީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށް ވާތީ ނޫސްވެރިން ގެންދަނީ އެ ބިލު ފާސްކުރުމާ ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. އެ ކަންބޮޑުވުންތަކާ އެކު ބަންޑާރަ ނައިބުގެ އޮފީހުން އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅި އެވެ.
އޭޖީގެ އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް މިހާތަނަކަށް ނޭނގެ އެވެ. ކޮމިޓީ މަރުހަލާގައި ކަންބޮޑުވުން ހިއްސާކުރަމުންދިޔަ ނޫސްވެރިން ކޮމިޓީގައި ތިއްބާ ނޫސްވެރިންގެ ހަޅޭކުގެ ތެރެއިން ބިލަށް ވޯޓަށް އެހުުމުން، ޕީއެންސީ މެންބަރުންގެ އިއްތިފާގުން ވަނީ ކޮމިޓީން ބިލު ފާސްކޮށްފަ އެވެ.
މީޑިއާ ބިލުގައި އެއްބަސްނުވޭ ކަންކަން ހުރި: އަސްވާޑު
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި
އެންމެ މުހިއްމު ވާންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަން
ކައުންސެލް ޖެނެރަލްގެ ލަފަޔާ އެކު ބިލު ފާސްކޮށްފި
ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް ފާސްކޮށްފި
މަޖިލީހުގެ ޖަލްސާއެއް މިއަދު، އެޖެންޑާ އާންމެއް ނުކުރޭ
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ މިއަދު ވެސް ސިއްރުކޮށްފި
މީޑިއާ ބިލް ދިރާސާކުރުން ސިއްރުކުރުމުން މުޒާހަރާކުރަނީ
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި