ހައްޖަށް ދާން ފައިސާ ދައްކައި، ހައްޖުގެ ޖާގަ ލިބޭ މީހުން އެނގޭ ގޮތަށް ލިސްޓް އާންމުކުރަމުން ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
12 އޯގަސްޓް 2025
ހައްޖަށް ދާން ފައިސާ ދައްކައި، ހައްޖުގެ ޖާގަ ލިބޭ މީހުން އެނގޭ ގޮތަށް ލިސްޓް އާންމުކުރަމުން ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަނީ ކޮރަޕްޝަނާ ދެކޮޅަށް، ހައްޖު ކޯޕަރޭޝަންގެ މަސައްކަތް ދެފުށްފެންނަ ގޮތަކަށް ހިންގުމަށް ކަމަށެވެ.
ހައްޖު ކިޔު ލިސްޓް އާންމުކުރަން ނިންމާފައި ވަނީ ވެސް މި މަސައްކަތުގެ ދަށުން ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
"މަސައްކަތް ކުރަމުން އެބަ ގެންދަމު ހައްޖަށް ޖާގަ ލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް. އިރާދަކުރެއްވިއްޔާ އެކަން ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހައްޖު ކިޔު ލިސްޓް ފަޅާލައި ވަކި ބަޔަކަށް ފުރުސަތު ދިނުމާއި ހައްޖު ކޯޓާއިން ވައްކަން ކުރާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ.
"ކޮންމެ އަހަރަކު ވެސް ކިއުގެ ތަރުތީބުން ހައްޖަށް މީހުން ގެންދިއުމަކީ ކޯޕަރޭޝަނުން ކުރަމުންދާ ކަމެއް. ކިއުއަށް އެއްވެސް ބަދަލެއް ގެނައުމަކީ ކުރާ ކަމެއް ނޫން. ބައެއް ފަހަރު، ހައްޖު ގާތް ވެފައިވަނިކޮށް އެ އަހަރެއްގައި ހައްޖަށް ދިއުމަށް ކޯޓާ ލިބޭ މީހާ ކޯޓާ ދޫކޮށްލާ. މިގޮތުން ވަކި ސަބަބެއް ނެތި ކޯޓާ ދޫކޮށްލާ މީހުން ވެސް އުޅޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ވަކި އާއިލާތަކެއް ފޮނުވަން ކޯޓާ ނަގާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގައި ދައުލަތުން ރިޒާވްކުރާ ކޯޓާތަކެއް ހުންނަ ކަމަށެވެ. އެއީ ސަރުކާރުގެ މުއައްސަސާތަކުގެ ބޭނުމަށާއި، އުޒުރުވެރިންނާއި ހާއްސަ ހާލަތްތައް ދިމާވާ ފަރާތްތަކުގެ ބޭނުމަށް ކަމަށެވެ. ނުވަތަ ބަލި މީހުންގެ އެހީތެރިންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރިޒާވްކުރާ ކޯޓާ އެފަރާތަށް ހަވާލުކުރަނީ އޮންނަ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި ނުހައްގުން އެއްވެސް މީހަކަށް ހައްޖު ކޯޓާ ނުދޭ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންސާފުވެރިކަމާ އެކު ކޯޓާގެ ކަންކަން ތަރުތީބު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސަތުގައި ވަނީ އުސޫލުތަކެއް ކަނޑައަޅުއްވާފައި ކަމަށެވެ. އެގޮތުން މިނިސްޓަރު ފާހަގަކުރެއްވި ކަންކަމަކީ:
- އަލަށް ހައްޖަށް ދާ ފަރާތްތަކަށް އިސްކަން ދިނުން
- ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ކޯޓާ ނުދިނުން
- އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި ޕަސެންޓެއް ކޮންމެ އަހަރަކު ކަނޑައެޅުން
- ހައްޖުގެ އާމިލުންނާއި ހިދުމަތްތެރީންނާއި ސިއްހީ މާހިރުން މިކަންކަމުން އިސްތިސްނާވުން.
މި ކަންކަން ތަންފީޒުކޮށް ފުރިހަމަވާނީ 1447 ވަނަ އަހަރުގެ ހައްޖުގަ އެވެ. މި ބަދަލުގެ ސަބަބުން ކިއު ތަރުތީބު ކުރުމުގައި އުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ހައްޖަށް ދާ މީހުންނަށް އަބަދުވެސް އިސްކަން ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހައްޖު ކިޔު އަށް ބަލާއިރު ކޮންމެ އަހަރެއްގައި ވެސް އެ އަހަރަކު ހައްޖަށް ދެވޭނެކަމަށް ލިސްޓު ކުރެވިފައި ވަނީ 800 އާއި 900 އާ ދެމެދުގެ އަދަދެކެވެ. މީގެ އިތުރުން އެ އަހަރެއްގެ ހައްޖު ކޯޓާގެ ތެރެއިން ފުރުސަތު ދެވެނީ ހައްޖުވެރީންނަށް އެހީތެރިވުމަށް ކުންފުނީގެ ފަރާތުން ގެންދާ އެހީތެރީންނާއި އުމުރުން ދުވަސްވީ ހައްޖުވެރިންނަށް އެހީތެރިވުމަށް އެމީހުންނާ އެކު ހައްޖަށްދާ އެ މީހުންގެ އެހީތެރިން ކަަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން އެއާލައިންގައި ދިވެހިން ހައްޖަށް
ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ 26 ގައި
މިއަހަރު ހައްޖުކިއުގައި ތިބި އެންމެންނަށް ފުރުސަތު ދެނީ
ޖާގަލިބިފައިވާ އެންމެންނަށް އަންނަ އަހަރު ހައްޖަށްދެވޭނެ
ހައްޖު އޮޕަރޭޝަން ކާމިޔާބު، ކަންކަން ރަނގަޅު ކުރާނަން
"ހައްޖު ކިއުފަޅާފައި އެއްވެސް ބަޔަކަށް ޖާގައެއް ނުދޭ"
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން ނިންމައިފި
ހައްޖާއި އުމްރާއަށް ގެންދިއުން ހަރުދަނާކުރަން ބިލެއް
ޕީސީއާރް ހަދަން މެޑިފްލެކްސްއަށް ދިނީ އަގުހެޔޮވުމުން
ހައްޖު ކުންފުނިން ޓޫރިޒަމް ވިޔަފާރިކުރުމާ ޝަހީމް ދެކޮޅު