ދުވަސްގަނޑެއްގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ހައްޖުގެ އަޅުކަމަށް ސައޫދީ އަށް ދިވެހިން އުފުލަން މިއަދު ފަށައިފި އެވެ.
27 މެއި 2025
ދުވަސްގަނޑެއްގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ހައްޖުގެ އަޅުކަމަށް ސައޫދީ އަށް ދިވެހިން އުފުލަން މިއަދު ފަށައިފި އެވެ.
ރާއްޖެ އިން ހައްޖަށް ދާ މީހުން މީގެ ކުރިން މައްކާ އަށް ދަތުރުކުރަނީ ކޮންމެ އަހަރަކު ވެސް ބޭރު އެއާލައިންގެ ފްލައިޓްތައް ޗާޓަރު ކޮށްގެންނެވެ. އެހެންވެ، މިއީ ދުވަސްގަނޑެއްގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ގައުމީ އެއާލައިންގައި ދިވެހިން ހައްޖަށް ގެންދަން ފެށި ފުރަތަމަ ދުވަހެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް މޯލްޑިވިއަންގައި ފުރަތަމަ ފަހަރަށް ފުރީ ދިވެހި ހައްޖުވެރިންގެ ދެވަނަ ގުރޫޕް ކަމަށެވެ. މޯލްޑިވިއަން އެއާލައިން Q2 6360 ފްލައިޓުގައި އެ މީހުން ހައްޖަށް ދާން ފުރީ މިއަދު ހެނދުނު 8:00 ގަ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ރާއްޖެއިން މިއަދު ހައްޖަށް ބަޔަކު ފުރަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެ ފްލައިޓުގައި 255 މީހުން ހައްޖަށް ފުރާފައި ވާއިރު، އެ ފްލައިޓް ޖިއްދާގެ އެއާޕޯޓަށް ޖައްސާނެ ކަމަށް ލަފާކުރަނީ ޖިއްދާ ގަޑިން މިއަދުގެ ހެނދުނު 11:00 ހާއިރު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް މޯލްޑިވިއަންގައި 500 ހައްޖާޖީން ދަތުރުކުރާނެ ކަމަށެވެ. މިއީ ރާއްޖެ އަށް ސައުދީން ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ 50 ޕަސެންޓެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެފައި ވަނީ މޯލްޑިވިއަން އިން ހައްޖުވެރިން އުފުލަން ފެށުމުން ހައްޖުގެ ދަތުރުތަކަށް ކުރަމުން އަންނަ ހަރަދުން 3.4 މިލިޔަން ރުފިޔާ ސަލާމަތް ވާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި 100 ޕަސެންޓް ހައްޖުވެރިން މޯލްޑިވިއަން އެއާލައިންގައި ދަތުރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ރާއްޖެއިން މިއަދު ބަޔަކު ފުރަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސަރުކާރުން ބުނެފައި ވަނީ މޯލްޑިވިއަނުން ދަތުރު ކުރަން ފެށުމަކީ ހައްޖަށް ދާ މީހުން ދައްކާ ފައިސާ މަދު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށެވެ.
ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ރާއްޖެއިން ވަނީ "މައްކާ ރޫޓު އިނީޝިއޭޓު"ގައި ބައިވެރިވެފަ އެވެ. މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ. އޭގެ ސަބަބުން ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައި ދޭނެ އެވެ.
ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ 26 ގައި
މިއަހަރު ހައްޖުކިއުގައި ތިބި އެންމެންނަށް ފުރުސަތު ދެނީ
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ހައްޖު އޮޕަރޭޝަން ކާމިޔާބު، ކަންކަން ރަނގަޅު ކުރާނަން
"ހައްޖު ކިއުފަޅާފައި އެއްވެސް ބަޔަކަށް ޖާގައެއް ނުދޭ"
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން ނިންމައިފި
ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި
ހައްޖުވެރިން މިރޭ އަރަފާތަށް ފުރާނެ، ހާލު ރަނގަޅު
ހައްޖުވެރިން 15 ދުވަހަށްވުރެ އިތުރަށް މައްކާގައިތިބޭނެ
މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް