Roadha Mihaaru
ހައްޖު އޮޕަރޭޝަން ކާމިޔާބު، ކަންކަން ރަނގަޅު ކުރާނަން

ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު، ކަންކަން ރަނގަޅު ކުރާނަން: ޑރ. ޝަހީމް

20 ޖޫން 2024

ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ނިމުނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށާއި އެކަމަކު ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ނިމުނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށާއި އެކަމަކު ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ 1،150 އަށް ވުރެ ގިނަ މީހުންނާ އެކު ވަޑައިގެންނެވި ޝަހީމް ހައްޖުވެރިންނަށް ދެއްވި މެސެޖެއްގައި ވިދާޅުވީ، ރަނގަޅު ކުރަންޖެހޭ ކަންތަށްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އިންޝާ ﷲ އަންނަ އަހަރަށް އެ ކަންކަން ރަނގަޅު ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ހައްޖަށް މީހުން ގެންދިޔަ ދެ ވަނަ ފަހަރު ކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ އެހާ ބޮޑު ކަމެއްގައި ކިތަންމެ ބޮޑަށް ކަންކަން ފުރިހަމަ ކުރަން އުޅުނަސް އަމިއްލަ ކޮންޓްރޯލުން ބޭރުން އުނިކަން ހުންނާނެ ކަމަށެވެ.

"އިންސާނުންނަކީ އުނިބައެއް. އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ސިއްހަތާއި ރައްކާތެރިކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް މީޑިއާއާ ވާހަކަ ދައްކަވަނީ: ހައްޖުގެ ކަންކަން މި އަހަރު ގެންދިޔަ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިނިސްޓަރު ޝަހީމް މީޑިއާއާ ވާހަކަ ދައްކަވަނީ: ހައްޖުގެ ކަންކަން މި އަހަރު ގެންދިޔަ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޝަހީމް ފާހަގަކުރެއްވި ކާމިޔާބީތައް:

- ފެންވަރު ރަނގަޅު ދިވެހި ރަހަތަކާ އެކު ކެއުން ފޯރުކޮށްދިން.

- ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދިން. ޑައިލިސް ހަދާ މީހުންނާއި ކެންސަރު ފަރުވާ އާއި ހިތުގެ ބަލި ހުންނަ ބައެއް މީހުން ތިބި. އެ އެންމެންނަށް އޯގާތެރިކަން ފޯރުކޮށްދިން.

- އެޑްމިޓްކުރި މީހުންނަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދިން.

- މަގު އޮޅުނު ސަތޭކައެއްހާ މީހުން ޑިވައިސްގެ އެހީގައި ހޯދި.

- އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް. ބަލި މީހުން ވެސް އަރަފަރާތަށް ގެންދިޔަ.

- ވީލްޗެއާގައި ގިނަ ބަޔަކު އުޅުނު އިރު އެ އެންމެންނަށް އެހީތެރިކަން ދިން.

- އަރަފާތުގެ ފޭލިގޭގެ އިންތިޒާމުތައް ފުރިހަމަ.

- ނަމަވެސް މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރި. އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިމަގުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ.

މިނިސްޓަރު ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި އެ ކުންފުނީގެ މުވައްޒަފުންނާއި އެހީތެރިން އަދި ހައްޖު މިޝަނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދިވެހި ހައްޖުވެރިންނަށް އެހީވި މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

"އަދި ހާއްސަކޮށް ބޮޑު ކައްކާ ވަހީދުބެ އަށް ޝުކުރު ދަންނަވަން. ޑރ އާދަމް ޝަމީމާއި އިލްމުވެރި އެންމެހައި މުރުޝިދުންނަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.