Roadha Mihaaru
ޖާގަލިބިފައިވާ އެންމެންނަށް އަންނަ އަހަރު ހައްޖަށްދެވޭނެ

އަންނަ އަހަރަށް ޖާގަ ލިބިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ: މިނިސްޓަރު

04 ޑިސެމްބަރ 2024

އަންނަ އަހަރު ހައްޖަށް ދިއުމަށް ޖާގަލިބިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަންނަ އަހަރު ހައްޖަށް ދިއުމަށް ޖާގަލިބިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހައްޖަށް ދާން ލިސްޓުގެ ކިޔޫގައި ތިބި ބައެއް މީހުން މިހާރު ކިޔޫގެ ފަހަތަށް ޖެހިފައިވާ ކަމަށް ބުނެ އާންމުންގެ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ އަހަރު ހައްޖަށް ދިއުމުގެ ޖާގަ ހައްޖު ކޯޕަރޭޝަނުގެ ސިސްޓަމުގެ ތެރެއިން ލިބިފައިވާ އެންމެންނަށް ހައްޖުވުމުގެ ފުރުސަަތު ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މިނިސްޓްރީން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ.

ރާއްޖެއިން މި އަހަރު ހައްޖުގެ އަޅުކަމަށް 1،150 މީހުން ދިޔަ އެވެ.

ހައްޖު ކޯޓާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މިއީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ހައްޖަށް މީހުން ގެންދިޔަ ދެވަނަ ފަހަރެވެ.