11 އޮކްޓޯބަރ 2022
މި އަހަރުގެ ހައްޖުވެރިންގެ ސައޫދީއަށް ފުރުމުގެ ކުރިން ހަދަން ޖެހުނު ޕީސީއާރް ޓެސްޓް ހެއްދީ މެޑިފްލެކްސް ލެބޯޓަރީން ކަމަށާއި އެ ކުންފުންޏާ ހަވާލުކުރީ އައިޖީއެމްއެޗްގެ އަގުތައް ބޮޑު ވެގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ހައްޖުވެރިންގެ ސައޫދީއަށް ފުރުމުގެ ކުރިން ހަދަން ޖެހުނު ޕީސީއާރް ޓެސްޓް ހެއްދީ މެޑިފްލެކްސް ލެބޯޓަރީން ކަމަށާއި އެ ކުންފުންޏާ ހަވާލުކުރީ އައިޖީއެމްއެޗްގެ އަގުތައް ބޮޑު ވެގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުން ހައްޖުވެރިންނަށް ކޮވިޑް ޓެސްޓު ހެދޭނެ ގޮތް ހަމަޖެހިފައި ވަނިކޮށް ހައްޖު ކޯޕަރޭޝަނުން އެއްވެސް އަމިއްލަ ކްލިނިކަކަށް ފައިސާ ދައްކައިގެން ކޮވިޑް ޓެސްޓު ހައްދަވާފައިވާނެތޯ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ފޮނުވި ޖަވާބެއްގަ އެވެ.
މަޖިލީހުގެ އަމީންއާމް އިއްވެވި އެ ސިޓީގައި މިނިސްޓަރު ވިދާޅުވީ ހައްޖުވެރިންގެ ޕީސީއާރް ޓެސްޓް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކުރީ ހައްޖު ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޕޮލިސީގެ ދަށުން އިއުލާން ކޮށްގެން ކަމަށެވެ.
އެންމެ ހެޔޮ އަގެއް ހުށަހަޅާފައި ވަނީ މެޑިފްލެކްސް އިން ކަމަށާއި އެ ކުންފުނިން ޕީސީއާރް ޓެސްޓުތައް ހަދާފައި ވަނީ ބޮލަކަށް 200ރ. ގެ ރޭޓުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އައިޖީއެމްއެޗުން އެ ހިދުމަތް ދެނީ ބޮލަކަށް 700ރ. ގެ ރޭޓުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން ފުލުހުން މެދުވެރިކޮށް ޕީސީއާރް ޓެސްޓުތައް ހަދަން ވެސް މަސައްކަތް ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އެކަމަށް ބޭނުންވާ ކެމިކަލް ފުލުހުންގެ އަތުގައި ނެތް ކަމަށާއި އެ ކެމިކަލް ހޯދަން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އާ އެކީ ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
ބޮންޑޭ ވަނީ ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި އަދާލަތު ޕާޓީގެ ބައެއް މެމްބަރުންނާއި މިނިސްޓްރީގެ ވަކިވަކި މުއައްޒަފުންތަކަކަށް ފުރުސަތު ދިންތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި ޒާހިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެހީތެރިން ހޮވާފައި ވަނީ އާންމުކޮށް އިއުލާންކޮށް އިންޓަވިއުކޮށް އެންމެ މަތިން މާކްސް ލިބުނު މީހުންނަށް ބަލައިގެން ކަމަށެވެ. ހައްޖު ދަތުރުގެ އެހީތެރިއެއް ގޮތުގައި މިނސްޓްރީގެ އެދުމަށް މިނިސްޓްރީގެ އެއް މުއައްޒަފަކު ބައިވެރިކޮށްފައިވާ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.
އަސްލަމަށް ހައްޖުގެ ވީއައިޕީ ހަމަނުޖެހި މަގުމަތިވި
ހައްޖު ކޯޓާގެ ބާކީ 130 ޖާގައި ތަފުސީލެއް ނުދިން!
ޒަކާތު ފަންޑުން ބޭސްފަރުވާއަށް 65 މިލިއަން ހަރަދުކުރި
ހައްޖާއި އުމްރާއަށް ގެންދިއުން ހަރުދަނާކުރަން ބިލެއް
ޖާގަލިބިފައިވާ އެންމެންނަށް އަންނަ އަހަރު ހައްޖަށްދެވޭނެ
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމަށް ވަނުން ރަނގަޅެއް ނޫން
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅަނީ
ހައްޖު ކޯޕަރޭޝަން ހިންގީ 40 މިލިއަންގެ ގެއްލުމުގައި
ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
"ހަވާލުވި ހުރިހާ ހައްޖުވެރިން ވެކްސިން ފުރިހަމަކުރި"