Roadha Mihaaru
އަސްލަމަށް ހައްޖުގެ ވީއައިޕީ ހަމަނުޖެހި މަގުމަތިވި

ކުރީގެ މިނިސްޓަރު އަސްލަމަށް ހައްޖުގެ ރޯޔަލް ޕްރޮޓޮކޯލް ހަމަނުޖެހި މަގުމަތިވި

28 ނޮވެމްބަރ 2023

މީގެ ފަސް އަހަރު ކުރިން، 2019 ވަނަ އަހަރުގެ ހައްޖަށް ސަރުކާރުގެ ފަރާތުން ފޮނުވި އަމީރުލް ހައްޖު ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ރޯޔަލް ޕްރޮޓޮކޯލް ހަމަނުޖެހި މަގުމަތިވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މީގެ ފަސް އަހަރު ކުރިން، 2019 ވަނަ އަހަރުގެ ހައްޖަށް ސަރުކާރުގެ ފަރާތުން ފޮނުވި އަމީރުލް ހައްޖު ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ރޯޔަލް ޕްރޮޓޮކޯލް ހަމަނުޖެހި މަގުމަތިވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު މިދިޔަ އަހަރު ލިޔުމުން ޖަވާބު ހޯދުމަށް އެދިވަޑައިގަތުމުން އޭރުގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ފޮނުއްވި ޖަވާބުތަކުގަ އެވެ. އެ ޖަވާބުތައް މަޖިލީހަށް އިއްވީ މިއަދު އެވެ.

މެންބަރު އިބްރާހިމް ރަޝީދު ސުވާލު ކުރެއްވީ ސަރުކާރުގެ ހަރަދުގައި ނެގި ވެހިކަލް އެއްވެސް އަމިއްލަ ޖަމާއަތަކުން ބޭނުންކުރިތޯ އެވެ. އެ ސުވާލަށް ޖަވާބުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ނަގާފައިވާ ވެހިކަލް އެއްވެސް އަމިއްލަ ޖަމާއަތަކުން ބޭނުންކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް، ހައްޖުވެރިންގެ އަމީރެއްގެ ގޮތުގައި ފޮނުވި އަސްލަމްގެ ރޯޔަލް ޕްރޮޓޮކޯލް ހަމަނުޖެހި މަގުމަތިވުމުން އޭނާ އަށް ފޯރުކޮށްދޭން ޖެހުނު ހިދުމަތްތަކަށް ވެހިކަލް ބޭނުންކޮށްފައިވާނެ ކަމަށް ޒާހިރު، ޖަވާބުގައި ވިދާޅުވި އެވެ.

ރޯޔަލް ޕްރޮޓޮކޯލް ހަމަނުޖެހުމުން އަސްލަމް ބަހައްޓަން ޖެހުނީ ހައްޖު މިޝަންގެ ފޭލިގޭގައި ކަމަށާއި ފޭލިގެ ދެބައި ކުރުމަށްފަހު އަމީރުލްހައްޖާއި އޭނާގެ އަނބިކަބަލުންނަށް ހާއްސަކުރި ކަމަށް ޒާހިރު ވިދާޅުވި އެވެ. ހައްޖު މިޝަންގެ ބޭފުޅުންނާއި އަމީރުލްހައްޖުގެ ދެކަނބަލުން ފިޔަވައި، އެ ފޭލިގެ އެހެން އެއްވެސް ބަޔަކު ބޭނުންކޮށްފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަމީރުލްހައްޖަށް ބޭނުންވާ ދަތުރުތައް ކުރުމުގެ އިތުރުން ސަރުކާރުން ނެގި ވެހިކަލް ދެން ބޭނުން ކޮށްފައި ވާނީ ހައްޖުވެރިންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި އެގޮތުން ގެއްލުނު ހައްޖުވެރިޔާ އާއި ނިޔާވި ހައްޖުވެރިޔާގެ ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށާއި ހައްޖުވެރިން ފުރުވުމާއި ބަލާދިޔުމަށް ވެހިކަލް ބޭނުންކުރި ކަމަށް ޖަވާބުގައިވެ އެވެ.