28 ނޮވެމްބަރ 2023
ފްލެޓް ލިބޭ މީހުންގެ ލިސްޓު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެކުލަވާލާފައިވަނީ ދެފުށް ފެންނަ ގޮތަށް އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެ އެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެކުލަވާލާފައިވަނީ ދެފުށް ފެންނަ ގޮތަށް އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސައިން އެހެން ވިދާޅުވީ، އެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓް ލިބުނު މީހުންނާ ވީ އެންމެ އަވަހަކަށް އެ ތަންތަން ހަވާލުކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކައިލް ނަސީމް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.
އަނދުން ހުސައިން ވިދާޅުވީ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަަޅައި، ޕޮއިންޓް ދީފައިވަނީ ގަބޫލު ކުރެވޭ އުސޫލަކުން ނޫން ކަމަށެވެ.
"ގަބޫލު ނުކުރެވިގެން އުޅޭ ކަމަކީ ޕޮއިންޓް ދިނުމުގައި ގެންގުޅުނު ދޯހަޅި އުސޫލު. ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެން ޕޮއިންޓް ލިބުނު ފަރާތްތަކަށް، ފްލެޓް ދެވޭނެ ކަމަށް ބުނި ފުރަތަމަ 4،000 ޔުނިޓް ތެރޭގައި ފްލެޓު ދެވޭނެ ކަމަށް ބުނެފައި އޮތުމާއި އެ ގޮތަށް ނިންމި ނިންމުން އަޅުގަނޑު ބަލައެއް ނުގަންނަން،" އޭނާ ވިދާޅުވި އެވެ.
"އެއީ އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީއެއްގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު އަދި މިނިސްޓަރަކު ކުރެއްވި ކަމެއްވީ ނަމަވެސް ރަނގަޅަށް ބަލާފައި ކޮށްފައި އޮތް ކަމެއް ނޫން."
އަނދުން ހުސައިން ވިދާޅުވީ ޕޮއިންޓް ދީފައިވަނީ އިންސާފުން ނޫން ކަން ރައްޔިތުންނަށް ވަރަށް ސާފު ކަމަށާއި އެކަމާ ގުޅޭ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އޭނާ އަށް ލިބިފައިވާ ކަމަށެވެ. އެއީ އެމްޑީޕީގެ ސަރުކާރަކުން އޭނާ އުއްމީދު ކުރި ކަމެއް ނޫން ކަަމަށް ވެސް ވިދާޅުވި އެވެ.
މެންބަރު ހުސެއިން ޝަހީމް، ކުރީގެ ރައީސްއާ ސަލާމް ކުރައްވަނީ: ފްލެޓް ލިސްޓަށް ޕޮއިންޓް ދީފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"ދާއިރާގެ ޖެހިޖެހިގެން ހުރި ދެ ގޭގެ އެކަކަށް ލިބިފައި އަނެކަކަށް ނުލިބުނީމާ އަޅުގަނޑެއް ދެން ނުޖެހޭ ދެން އެ ރައްޔިތުންނަށް ޕޮއިންޓް ދިން ގޮތް ކިޔައިދޭކަށް، އެ މީހުންނަށް އެނގޭ ކުއްޖަކު ވެސް ނެތް މީހަކަށް މި ހުރީ ލިބިފައި ކަން. ރަށްރަށުގައި މާލެ ނައިސް އުޅެފައިވާ މީހުންނަށް ވެސް އެބަހުރި ލިބިފައި،" އަނދުން ހުސައިން ވިދާޅުވި އެވެ.
އެ ޝަކުވާތަކާ ގުޅިގެން އޭނާ ބެއްލެވި ބެއްލުމުން އެނގިވަޑައިގަތީ އަނދުން ހުސައިން ވިދާޅުވި ގޮތުގައި، ފްލެޓްތަކަށް ހުށަހެޅި މީހުންގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަން ސަރުކާރަށް ވަގުތު ނުލިބިގެން އުޅުނު ކަމެވެ. ނަމަވެސް، ރައްޔިތުން ވަނީ ފަސް އަހަރުގެ ފުރިހަމަ ދައުރެއް އެމްޑީޕީގެ ސަރުކާރަށް ދީފައި ކަމަށާއި އެހެންކަމުން އެކަމަށް ވަގުތު ނުލިބިގެން އުޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި އަޅުގަނޑު ކުރި މަސައްކަތުން ސާފުވީ ފްލެޓަށް ހުށަހެޅި މީހުންގެ މައުލޫމާތުގެ ތެދުކަމާއި ދޮގުކަން ސާފުކުރަން ތިމަންނަމެންނަށް ވަގުތެއް ނެތޭ، އަޅުގަނޑު ދެންނެވިން ފަސް އަހަރު ރައްޔިތުން ދެއްވިއޭ، ފަސް އަހަރަށް ވުރެ ހަމަ އެންމެ ދުވަހެއް ވެސް ދައުރުގައި މަދެއް ނުވެއޭ،" އަނދުން ހުސައިން ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
ވެރިކަމުގެ އެންމެ ފަހު ދުވަހު މި ފްލެޓްތަކުގެ ލިޔުން ދޭން ސަރުކާރުން މަސައްކަތް ކުރަނިކޮށް އެކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ހުއްޓުވާފަ އެވެ. އަދި އާ ސަރުކާރުން ވަނީ އެ ލިސްޓް ރިވިއު ކުރަން ނިންމާފަ އެވެ.
ރަަށްރަށް އަޅައިކިޔުމުގެ ބަހުސުން ވާނީ ގެއްލުން: ނަޝީދު
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
އެމްޑީޕީގެ މެންބަރުންތަކެއް މިރޭ ޕީއެންސީއަށް ސޮއިކުރަނީ
ނަޝީދުގެ 4 މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެދެނީ
"ވިޕާ ހިލާފުވެ ފިިޔަވަޅު އަޅަން ނުޖެހޭ ބުނުން ހުތުރު"
ނަޝީދުގެ މައްސަލަ ކޮމިޓީ އަށް ބަލައިގެންފި
އެމްޑީޕީ ޕީޖީގެ ދެވަނަ ޑެޕިއުޓީއަކަށް އަނދުން ހުސެއިން
މަޖިލިސް ހަރާބުކުރެއްވި ކަމުގެ ތުހުމަތު އަފީފަށް
ލިސްޓަށް ބަދަލު އަންނާނެ ކަމަށް ކޮމިޝަނުން ބުނި
ބްރޯޑްކޮމަށް ނަން ފާސްކުރީ ލަފައާ ޚިލާފަށް: ހުސައިން