28 ޑިސެމްބަރ 2023
ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މިރޭ ސޮއިކުރައްވާ ގޮތަށް ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މިރޭ ސޮއިކުރައްވާ ގޮތަށް ނިންމަވައިފި އެވެ.
އެނގިފައިވާ ގޮތުގައި ޕީއެންސީއާ ގުޅިވަޑައިގަންނަވަން މިހާތަނަށް ނިންމެވީ އެމްޑީޕީގެ ހަތަރު މެންބަރެކެވެ. އެއީ ކޮން މެންބަރުންތަކެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ޕީއެންސީން މިރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާގައި އެ މެންބަރުން ރަސްމީކޮށް ޕާޓީ އަށް ސޮއި ކުރައްވާނެ އެވެ. އެ ޖަލްސާގައި ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ޕީއެންސީއާ ގުޅިވަޑައިގަންނަވާ މައްސަލާގައި އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވަނީ ސަރުކާރުން "ރިޝްވަތު ދީގެން" ދެ ތިން މެންބަރަކު ގެންދާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ދެ ތިން މެންބަރަކު ގައުމިއްޔަތު ދިރުވުމަށް ރިޝްވަތު ދީގެން ގެންގޮސް މިރޭ ޖަލްސާއެއް ބޭއްވުމަކުން އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ،" އަނދުން ހުސެއިން ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީ އަދި އެމްއެންޕީ ތަމްސީލް ކުރަން މަޖިލީހުގައި ޖުމްލަ ތިއްބަވަނީ ހަ މެންބަރުންނެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 56 އެވެ.
މަޖިލީހުގައި މި ވަގުތު އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު މައިނޯރިޓީ ޕާޓީއަކީ އެމްޑީޕީން ވަކިވި މެންބަރުން އުފެއްދެވި ދަ ޑިމޮކްރެޓްސް އެވެ.
މެމްބަރުންގެ އަދަދު ހިފަހައްޓަން މުޅި މަޖިލިސް ތާއީދު
"ބަނގުރޫޓް"ކޮށްލި ކަމުގެ ތުހުމަތާ އެކު ހޫނު ބަހުސެއް
ލެޖިސްލޭޓިވް އެޖެންޑާއާ މެދު އެމްޑީޕީގެ ކަންބޮޑުވުން
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ
މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް
ހުޅުމާލޭގެ ގޮނޑިތައް ދެއްވަދޫގެ އެއް އާއިލާއަށް
"އެސްޑީއެފް ބިލް ބޭރުކޮށްލީ އޮޅުވާލުމެއްގެ ތެރެއިން"
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން ފާސްކޮށްފި
އުޝާމާއި ޝަހީމާއި ހައިދަރަށް ރުހުމެއް ނުދިން!