އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ހިމެނޭ ބައެއް ނަންތައް އުނިކުރަން ޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދާ ހަވާލާދެއްވައި، ހެންވޭރު ދެކުުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެ އެވެ.
19 މެއި 2021
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ހިމެނޭ ބައެއް ނަންތައް އުނިކުރަން ޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދާ ހަވާލާދެއްވައި، ހެންވޭރު ދެކުުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި މަގާމުތަކުގައި ކުރިން ތިއްބެވި ބޭފުޅުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން ހޯދައި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި އެެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މަޖިލީހަށް ދޫކުރި ލިސްޓުގައިވާ ނަންތަކަކީ އެ މީހުންނާ ދެކޮޅަށް ދައުވާ ކުރެވޭނެ ވަރުގެ ހެކި ހުރި މީހުންކަން އެސްޓް ރިކަވަރީ ކޮމިޝަނުން މަޖިލީހުގެ އިދާރާ އަށް ކަށަވަރު ކޮށްދިނެވެ.
އެކަމަކު އެ ރިޕޯޓްގެ ބަހުސްގައި އަނދުން ހުސައިން ވިދާޅުވީ، އޭގައި ހިމެނޭ ނަންތަކާ ބެހޭ ގޮތުން އޭނާ އަށް ލިބިވަޑައިގެންނެވި ޝަކުވާތަކަކާ ގުޅިގެން ކޮމިޝަނުގެ އެންމެ އިސް ފަރާތާ ގުޅުއްވި ކަމަށެވެ. ނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސްގެ ނަން އޭނާ ވިދާޅެއް ނުވެ އެވެ.
ހުސައިނަށް ޝަކުވާ ހުށަހެޅުއްވި ލިސްޓުގައި ހިމެނެނީ ކޮމިޝަނުން އެކުލަވައިލި ލިސްޓުން އުނިކުރަން ޖެހޭ ބައެއް ކަމަށް ކޮމިޝަނާ ހަވާލާދީ ވިދާޅުވި އެވެ.
"ބައެއް ނަންތައް، ބޭނުންވާ ހުރިހާ ހެކި ދީފައި ހުރި އިރު ވެސް ލިސްޓުގައި އޮތީ ކީއްވެތޯ އަޅުގަނޑު ސުވާލު ކުރިން. ވިދާޅުވީ، ތިޔަ ފަރާތްތަކަކީ ހަގީތުގައި ނަން އުނިކުރަން ޖެހޭ ފަރާތްތަަކެއް ކަމަށް. އެހެން ނަމަވެސް ތިމަންނާ އެކަނި އިނދެ އުނިނުކުރެވޭނެ ކަމަށާއި ސަރުކާރުގެ އެތައް އިދާރާއެއްގެ ބޭފުޅުން ކޮމިޝަނުގައި ހިމެނޭ ކަމަށާއި އެ ހުރިހާ ބޭފުޅުން އެއްތަނަކަށް އެއްގަޑިއަކަށް ގެންނަން ދަތިފުޅުވާ ކަމަށް،" އެސެޓް ކޮމިޝަނަށް ގުޅުއްވުމުން ލިބުނު ޖަވާބު މަޖިލީހާ ހިއްސާ ކުރައްވަމުން ހުސައިން ވިދާޅުވި އެވެ.
ކޮމިޝަނާ ހަވާލާދީ ހުސައިން ވިދާޅުވިގޮތުގައި، އުނިކުރަން ޖެހޭ ނަންތައް އުނުނިނުކުރެވި އޮތީ ކޯރަމް ހަމަވާ ބައްދަލުވުމެއް ނުބޭއްވިގެންނެވެ.
އޭނާ މިހެން ވިދާޅުވިޔަސް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ދިން ލިސްޓާ ބެހޭ ގޮތުން ޖޮއިންޓް ކޮމިޓީން ކޮމިޝަނުގެ މެމްބަރުންނާ ބައްދަލު ވެސް ކުރި އެވެ. އޭރުގައި ވެސް ކޮމިޝަނުން އެފަދަ ވާހަކައެއް ދެއްކި ކަމަކަށް ކޮމިޓީ ރިޕޯޓަކު ނެތެވެ.
ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުވާ މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި ކުރިން އެ މަގާމުތައް އަދާކުރެއްވި ބޭފުޅުންގެ ލިސްޓް ހޯއްދަވަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ.
މިއަދުގެ ޖަލްސާގައި ހަސަން ވިދާޅުވީ، މަޖިލީހަށް ލިބުނު ލިސްޓަކީ އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ނަތީޖާ ކަަމަށެވެ. އެއީ އެ ލިސްޓާ ބެހޭ ގޮތުން ކޮމިޝަނުގެ މެމްބަރުންނާ ބައްދަލު ކޮށްގެން މަޝްވަރާ ކުރުމަށް ފަހު، އާއްމު ކޮށްފައިވާ ލިސްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އެ ލިސްޓްގެ ވާހަކަ ވަރަށް ގިނަ ބޭފުޅުން ވަރަށް ގިނަ ގޮތްގޮތަށް އެބަ ދައްކަވާ އެކި ތަންތަނުގައި. އެހެން ނަމަވެސް އެ ލިސްޓަކީ އެސެޓް ރިކަވަރީ ކޮމިޝަނުން، އެ ބޭފުޅުން އެންޓިކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ އެކުގައި ތައްޔާރު ކޮށްފައި އޮތް ލިސްޓް،" ހަސަން ވިދާޅުވި އެވެ.
ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ކުރިން ޖޮއިންޓް ކޮމިޓީން ވަނީ އެ ލިސްޓް އާއްމުކޮށްފަ އެވެ. އެ ލިސްޓްގައި ހިމެނޭ ނަންތަކުގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ހިމެނެ އެވެ. އެމްޑީޕީގެ އެެހެން ބައެއް ބޭފުޅުންގެ ނަންތައް ވެސް ލިސްޓުގައި އޮތެވެ.
ކޮމިޓީން އެއްފަރާތްވީ އިންޓަގްރިޓީ ހިފަހައްޓަން: އާޒިމް
ހިޔާނާތު ލިސްޓަށް ފިޔަވަޅުއަޅަން އަންގަން ފާސްކޮށްފި
ހިޔާނާތުގެ ލިސްޓް އިރުކޮޅަކުން އާންމުކުރާނެ
ސަބް ކޮމިޓީން ނިންމީ ހިޔާނާތުގެ ލިސްޓް އާންމުކުރަން
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި
ލޯ ލާރިއެއް ވެސް ރިކަވާ ނުވެ، 10 މިލިއަން ބޭކާރު!
މަހްލޫފުގެ މައްސަލާގައި މިފަހަރު ގޮތް ހުސްވީ ސަރުކާރު؟
މަހުލޫފުގެ އިންތިހާބީ ޝަކުވާގެ މައްސަލަ ބަލަނީ
މަހްލޫފާ ގުޅޭ މައްސަލަ ނިންމީ ރަނގަޅަށް: އެމްޑީޕީ