އިންޑިއާގެ ލަކްޝަދީޕްގައި މީހުން ދިރިއުޅޭ 10 ރަށުގެ ތެރެއިން އާބާދީ އެންމެ މަދު ރަށް ކަމަށްވާ ބިތުރާ އަސްކަރީ ބޭނުމަށް ނަގައި އެ ރަށުން މީހުން ބާލަން ލަކްޝްދީޕް ސަރުކާރުން ނިންމައިފި އެވެ.
އިންޑިއާގެ ލަކްޝަދީޕްގައި މީހުން ދިރިއުޅޭ 10 ރަށުގެ ތެރެއިން އާބާދީ އެންމެ މަދު ރަށް ކަމަށްވާ ބިތުރާ އަސްކަރީ ބޭނުމަށް ނަގައި އެ ރަށުން މީހުން ބާލަން ލަކްޝްދީޕް ސަރުކާރުން ނިންމައިފި އެވެ.
ލަކްޝަޕީދް ތަމްސީލްކުރާ މެންބަރު ހަމްދުﷲ ސައީދު ވަނީ މި ނިންމުމާ ދެކޮޅުހައްދަވައި، ގާނޫނު ހަދާ މަޖިލީހަށް މައްސަލަ ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި މަހުގެ މަހުގެ 11 ވަނަ ދުވަހު ސަރުކާރުން ނެރުނު އިއުލާނެއްގައިވާ ގޮތުން ބިތުރާގެ މުޅި ބިން ލަކްޝަދީބުގެ ޑިޕާޓްމަންޓް އޮފް ރެވެނިއުއަށް ނަގައި ސެންޓްރަލް ޑިފެންސް އެންޑް ސްޓްރެޓެޖިކް އެޖެންސީތަކާ ހަވާލުކުރުމަށް ވަނީ ނިންމައިފަ އެވެ.
ބިތުރާއަކީ 2011 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު 271 މީހުންގެ އާބާދީއަކާ އެކު ލަކްޝަދީބް ޔޫނިއަން ޓެރިޓަރީގައި، މީހުން ދިރިއުޅޭ 10 ރަށުގެ ތެރެއިން އެންމެ ކުޑަ އާބާދީ އެވެ.
ބިތުރާ ނެގުމުން އެ ރަށް ވެގެންދާނީ ލަކްޝަދީޕްގައި އަސްކަރީ މަރުކަޒު ގާއިމުކުރާ ތިން ވަނަ ރަށަށެވެ. މި ޔުނިއަން ޓެރިޓަރީގެ ވެރިރަށް ކަވަރައްޓީގައި އައިއެންއެސް ދުވީޕްރަކްޝަކް އަދި ދެކުނުގައި އޮންނަ މިނިކޮއި (މަލިކު) ގައި ހުންނަ އައިއެންއެސް ޖަޓަޔޫ މިހާރު ވެސް ހިންގަ އެވެ.
ރަށުން މީހުން ބޭލުމާ ބެހޭ އިއުލާނުގައި ވަނީ އެކަން ކުރަނީ އެ ރަށުގެ ސްޓްރެޓެޖިކް ލޮކޭޝަނާއި ގައުމީ ސަލާމަތަށް އެ ރަށުގެ މުހިންމުކަން ބޮޑުވުމުން ކަމަށެވެ. އަދި އެ ރަށުގައި އާންމުން އުޅޭތީ ލޮޖިސްޓިކް އަދި އިދާރީ ގޮންޖެހުންތައް ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.
މިކަން ކުރާނީ 2013 ވަނަ އަހަރު އަމަލުކުރަން ފެށި، މިފަދަ ކަންކަމުގައި އަދުލުވެރި އިންސާފު ދިނުމާ ބެހޭ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ލަކްޝަދީބުގެ ޕާލަމެންޓް މެމްބަރު ސައީދު ވިދާޅުވީ އެ ރަށުން މީހުން ބޭލުމުގެ ހަގީގީ މަގުސަދަކީ އަސްލު ރަށްވެހިންގެ އާބާދީ ނައްތާލުން ކަމަށެވެ. އަސްކަރީ ބޭނުންތަކަށް މިހާރުވެސް ގިނަ ރަށްރަށުން ބިން ނަގާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެތައް ޒަމާނެއް ވަންދެން މީހުން ދިރިއުޅެ ދާއިމީ ބޯހިޔާވަހިކަން ގާއިމުކޮށްފައި ވަނިކޮށް އެ މީހުންނާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް މިފަދަ ނިންމުންތައް ނިންމުން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.
މަލިކުގައި ކަނޑުގެ ސިފައިންގެ މަރުކަޒު ހުޅުވުން މާދަމާ
ޓޫރިޒަމަށްވުރެ ލަކްޝަދީބަށް ފެރީ ވެސް މުހިންމު!
ރާއްޖޭ ސްޓައިލަށް މަލިކުގައި ވޯޓާ ވިލާ ހަދަން ބިޑަށް
ލަކްޝަދީބްގެ މައްސަލައިގައި ކޮޗިންގައި މުޒާހަރާކޮށްފި
ލަކްޝަދީބްގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް
ހައްޔަރުކުރި ޒުވާނުން ދޫކޮށްލަން އަމުރުކޮށްފި
އިދިކޮޅު ޕާޓީން ލަކްޝްދީޕަށް ދިއުން ހުއްޓުވައިފި
ތަރައްގީކުރުމުގެ ނަމުގައި މަލިކު ހަލާކުކޮށްލަނީ!
މަލިކުގައި ދިވެހި ފިރިހެނުންގެ ޑީއެންއޭ ގިނަ
ދޯނި ހިފެހެއްޓީ މަލިކަށް ވުރެ ވެސް ދުރުން