Roadha Mihaaru
ލަކްޝަދީބްގެ މައްސަލައިގައި ކޮޗިންގައި މުޒާހަރާކޮށްފި

ލަކްޝަދީބްގެ މައްސަލައިގައި ކޮޗިންގައި މުޒާހަރާކޮށްފި

04 ޖޫން 2021

އިންޑިއާގެ ސަރުކާރުން ލަކްޝަދީބްގައި ތަންފީޒުކުރަން އުޅޭ އާ ގަވާއިދުތަކާ ދެކޮޅު ހެދުމުގެ ގޮތުން ކެރަލާ ސްޓޭޓްގެ ކޮޗިންގައި އިއްޔެ އަނެއްކާ ވެސް މުޒާހަރާކޮށްފި އެވެ. މިދިޔަ ހަފުތާގައި ވެސް އެ ސްޓޭޓްގެ އެކި ހިސާބުތަކުގައި ވެސް މުޒާހަރާ ކޮށްފައިވެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ސަރުކާރުން ލަކްޝަދީބްގައި ތަންފީޒުކުރަން އުޅޭ އާ ގަވާއިދުތަކާ ދެކޮޅު ހެދުމުގެ ގޮތުން ކެރަލާ ސްޓޭޓްގެ ކޮޗިންގައި އިއްޔެ އަނެއްކާ ވެސް މުޒާހަރާކޮށްފި އެވެ. މިދިޔަ ހަފުތާގައި ވެސް އެ ސްޓޭޓްގެ އެކި ހިސާބުތަކުގައި ވެސް މުޒާހަރާ ކޮށްފައިވެ އެވެ.

ކެރަލާ ސްޓޭޓްގެ ވެރިކަން ކުރާ ޕާޓީ ލެފްޓް ޑިމޮކްރެޓިކް ފްރޮންޓް (އެލްޑީއެފުން) އިންތިޒާމު ކޮށްގެން ބޭއްވި މު މުޒާހަރާ ކުރިއަށް ގެންދިޔައީ، އެ ސިޓީގައި ހުންނަ އިންޑިއާގެ މައި ސަރުކާރުގެ އިދާރާތައް ކުރިމަތީގަ އެވެ. މި މުޒާހަރާގައި އެލްޑީއެފްއާ އެކު ކޯލިޝަން ހަދައިފައި އޮންނަ އެހެން ޕާޓީތަކުން ވެސް ބައިވެރިވި އެވެ. އެ މީހުން ވަނީ ކެރެލާގެ ސްޓޭޓްގެ މަޖިލީހަށް ވެސް، ލަކްޝަދީބްގެ މި މައްސަލަ ވައްދައިފަ އެވެ.

"ކެރެލާގެ މަޖިލީހުން ފާސްކުރި ބިލުގައި އަހަރެމެން ވަރަށް ސާފުކޮށް ބުނެފައި އޮންނާނެ އަހަރެމެންގެ ޑިމާންޑުތަކަކީ ކޮބައިކަން. ވަރަށް ގިނަ ލީޑަރުން ވަނީ ހޯމް މިނިސްޓަރު އަމިތު ޝާހުއާ ވެސް މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައި،" އެލްޑީއެފްއާ އެކު މި މުޒާހަރާގައި ބައިވެރިވި ނޭޝަނަލް ކޮންގްރެސް ޕާޓީ (އެންސީޕީ) ގެ ކެރަލާ ސްޓޭޓްގެ ރައީސް ޕީސީ ޗަކްކޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ލަކްޝަދީބްގެ މަޖިލިސް މެމްބަރު މުހައްމަދު ފައިޒަލް މިކަން ހޯމް މިނިސްޓަރުގެ ސަމާލުކަމަށް ގެންނެވި އެވެ. އަދި ލަކްޝަދީބްގެ ރައްޔިތުންގެ ނުރުހުމުގައި އެއްވެސް ގަވާއިދަކަށް އަމުލު ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ހޯމް މިނިސްޓަރު ދެއްވި ކަމަށް ޗަކްކޯ ވިދާޅުވި އެވެ.

ލަކްޝަދީބްގެ ރަށްތައް ބެހިފައި އޮންނަ ގޮތް ކިޔައިދޭ ތަފްސީލީ ޓުވީޓެއް.

ކެރަލާގެ ސްޓޭޓް މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ މި އާ ގަވާއިދުތައް ހެދި ލަކްޝަދީބްގެ އާ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް އެ މަގާމުން ވަކިކުރަން މަތީ މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ. އަދި މި މައްސަލައިގެ ތެރެއަށް މައި ސަރުކާރުން ވެސް ވަދެ ހައްލު ހޯދުމަށް ގޮވާލައިފައިވެ އެވެ.

"މައި ސަރުކާރުން މި މައްސަލައިގެ ތެރެއަށް ވަންނަންޖެހޭ. ރައްޔިތުންގެ ހައްގުތަށް ހިމާޔަތް ކޮށްދިނުމަކީ މައި ސަރުކާރުގެ ވެސް ޒިންމާއެއް،" ކެރަލާގެ ޗީފް މިނިސްޓަރު ޕިނާރައި ވިޖޭޔަން ވިދާޅުވެފައިވެ އެވެ.

ލަކްޝަދީބްގެ މައްސަލަ ކެރަލާގެ ސްޓޭޓް މަޖިލީހަށް ވެއްދީ ވެސް ވިޖޭޔަން އެވެ. އަދި ވަރަށް ގިނަ އިތުރު ސިޔާސީ ފަރާތްތަކުން ވެސް ވަނީ ލަކްޝަދީބްގެ މިހާރުގެ އެޑްމިނިސްޓްރޭޓަރު މަގާމުން ދުރުކުރަން ގޮވާލައިފަ އެވެ.

Lakshadweep ge rayyithun banduhai hoonu kamuge halhuthaalakah dhanee

Lakshadweep ge rayyithun banduhai hoonu kamuge halhuthaalakah dhanee

The most trusted news source in the Maldives

Mihaaru

އަންނަ ހަފުތާގެ ހޯމަ ދުވަހު ލަކްޝަދީބްގެ ހުރިހާ ރަށެއްގައި 12 ގަޑިއިރުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަން އަންނަނީ ތައްޔާރުވަމުން.

އިންޑިއާގެ ސަރުކާރުން ލަކްޝަދީބްގައި ތަންފީޒުކުރަން އުޅޭ އާ ގަވާއިދުތަކާ ދެކޮޅުހެދުމުގެ ގޮތުން އެ ރަށްތަކުގެ ރައްޔިތުން، އަންނަ ހަފުތާގެ ހޯމަ ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ލަކްޝަދީބްގެ ކަންކަން ބަލަހައްޓަން އިންޑިއާ ސަރުކާރުން މިހާރު ހަމަޖައްސައިފައި ހުންނަ ޕްރަފުލް ޕަޓޭލް ވަނީ ކުރިން އެންމެ ރަށެއްގައި ރާ ހުއްދަކޮށްފައި އޮތް އޮތުން ބަދަލުކޮށް، އިތުރު ރަށްތަކަށް އެ ހުއްދަ ދީފަ އެވެ. އަދި ގެރި ކަތިލުމާއި ގެރި މަސް ކެއުން މަނާކުރުމުގެ އިތުރުން، ދެ ދަރިންނަށް ވުރެ ގިނައިން ތިބޭ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭ ގޮތް ހެދުމާއި އަދި ތަރައްގީގެ ބޭނުމަށް ކަމަށް ބުނެ ކޮންމެ ބިމެއް ވެސް ސަރުކާރަށް ނެގުމުގެ ބާރު ވެސް ހޯދައިފަ އެވެ.

މި އާ ގަވާއިދުތަކާ ރައްޔިތުން ދަނީ ދެކޮޅު ހަދަމުންނެވެ.