Roadha Mihaaru
ލަކްޝަދީބްގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް

ލަކްޝަދީބްގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް ދަނީ

03 ޖޫން 2021

އިންޑިއާގެ ސަރުކާރުން ލަކްޝަދީބްގައި ތަންފީޒުކުރަން އުޅޭ އާ ގަވާއިދުތަކާ ދެކޮޅުހެދުމުގެ ގޮތުން އެ ރަށްތަކުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ސަރުކާރުން ލަކްޝަދީބްގައި ތަންފީޒުކުރަން އުޅޭ އާ ގަވާއިދުތަކާ ދެކޮޅުހެދުމުގެ ގޮތުން އެ ރަށްތަކުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށަން ނިންމައިފި އެވެ.

މި ގަވައިދުތަކާ ދެކޮޅަށް އަޑުއުފުލުމަށް އުފައްދާފައިވާ ރައްޔިތުންގެ "ސޭވް ލަކްޝަދީބް ފޯރަމް" އިން ރޭ ކޮޗިންގައި ބޭއްވި ބައްދަލުވުމެއްގައި ނިންމައިފައި ވަނީ ލަކްޝަދީބްގެ ހުރިހާ ރަށެއްގައި 12 ގަޑިއިރުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާށެވެ. އަދި މި ހަޅުލާތު އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ހެނދުނު 6 އިން އިރުއޮއްސި 6 އަށެވެ. ލަކްޝަދީބުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަޅުތާލު ބާއްވަން ވަނީ ފާސްކޮށްފަ އެވެ.

ބަލި މީހުން ނުވަތަ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހުން މި ހަޅުތާލުގައި ބައިވެރިނުވާން ވަނީ އަންގައިފަ އެވެ.

ލަކްޝަދީބްގައި މީހުން ދިރިއުޅޭ 10 ރަށުގައި، މި ހަޅުތާލަށް ޚާއްސަކޮށް އަންނަ ހޮނިހިރު ދުވަހުގެ ކުރިން ކޮމިޓީތަކެއް އުފައްދާނެ އެވެ. މި ރަށްތަކުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ، މި ހަޅުތާލު ކުރިއަށް ގެންދާނީ ގޭގައި ތިބެގެން ކަމަށް ވެސް އެ ފޯރަމުން ނިންމި އެވެ.

ގާނޫނީ ހައްލެއް ހޯދަން މަޝްވަރާކުރަނީ

އާ ގަވައިދުތަކާ ދެކޮޅަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރަކު ރޭ ވިދާޅުވި އެވެ. އަދި އެ ކަމަށް ޚާއްސަ ގާނޫނީ ޓީމެއް ހަމަޖައްސައި، މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގެ ލަކްޝަދީބްގެ މަޖިލިސް މެމްބަރު މުހައްމަދު ފައިޒަލް އާއި ކުރީގެ މެމްބަރު ޕީ.ޕީ ކޮޔާގެ އިތުރުން ވެސް ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ލަކްޝަދީބްގެ އެޑްމިނިސްޓްރޭޝަނުން ހުރިހާ ރަށްތަކަށް އޮފިޝަލުން ފޮނުވި ނަމަވެސް، ރައްޔިތުންގެ ފަރާތުން އެ ހުރިހާ އޮފިޝަލުންނަށް ލިބުނީ ހޫނު ރައްދެކެވެ. އަދި ލަކްޝަދީބްގެ އެޑްމިނިސްޓްރޭޝަނުން މި އާ ގަވައިދުތައް ތަންފީޒުނުކޮށް، ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ވެސް ގޮވާލައިފައިވެ އެވެ.

ރާއްޖޭގެ ކުރީގެ ރަށެއް ކަމަށްވާ މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބުގައި އަމަލުކުރަން ފެށި ހަރުކަށި އާ ގަވާއިދުތަކާ ހެދި، މައި ސަރުކާރާ ދެކޮޅަށް ލަކްޝަދީބުގެ ރަށެއް ކަމަށްވާ ކިލްތަންގައި މިދިޔަ ހަފުތާގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާގެ ތެރެއިން 23 ޒުވާނަކު ހައްޔަރުކުރި އެވެ. އެ މީހުން ދޫކޮށްލުމަށް ލަކްޝަދީބްގެ ގާނޫނީ ކަންކަން ބަލަހައްޓާ، ކެރެލާ ސްޓޭޓްގެ ހައި ކޯޓުން ވަނީ މީގެ ދެ ދުވަސް ކުރިން އަމުރުކޮށްފަ އެވެ.

Lakshadweep in hayyaru kuri zuvaanun dhookollan High court in amuru koffi

Lakshadweep in hayyaru kuri zuvaanun dhookollan High court in amuru koffi

The most trusted news source in the Maldives

Mihaaru

މިދިޔަ ހަފުތާގައި ލަކްޝަދީބްގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 23 ޒުވާނުން ދޫކޮށްލަން ވަނީ އަމުރުކޮށްފައި.

މި ރަށްތަކުގެ އިތުރުން ކެރެލާ ސްޓޭޓްގެ އެކި ހިސާބުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައިވެ އެވެ.

ލަކްޝަދީބްގެ ކަންކަން ބަލަހައްޓަން އިންޑިއާ ސަރުކާރުން މިހާރު ހަމަޖައްސައިފައި ހުންނަ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް ވަނީ ކުރިން އެންމެ ރަށެއްގައި ރާ ހުއްދަކޮށްފައި އޮތް އޮތުން ބަދަލުކޮށް، އިތުރު ރަށްތަކަށް އެ ހުއްދަ ދީފަ އެވެ. އަދި ގެރި ކަތިލުމާއި ގެރި މަސް ކެއުން މަނާކުރުމުގެ އިތުރުން، ދެ ދަރިންނަށް ވުރެ ގިނައިން ތިބޭ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭ ގޮތް ހެދުމާއި އަދި ތަރައްގީގެ ބޭނުމަށް ކަމަށް ބުނެ ކޮންމެ ބިމެއް ވެސް ސަރުކާރަށް ނެގުމުގެ ބާރު ވެސް ހޯދައިފަ އެވެ.

މި އާ ގަވާއިދުތަކާ ރައްޔިތުން ދަނީ ދެކޮޅު ހަދަމުންނެވެ.