20 ފެބުރުއަރީ 2019
އިންޑިއާގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެ ގައުމުގެ ކޯސްޓްގާޑުން ދާދިފަހުން ހިފެހެއްޓި ރާއްޖޭގެ މަސްދޯނި ހިފެހެއްޓީ އިންޑިއާގެ ސަރަހައްދުގެ ތެރެއަށް ވަދެ، މަލިކަށް ވުރެ ވެސް ދުރުން ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.
އިންޑިއާގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެ ގައުމުގެ ކޯސްޓްގާޑުން ދާދިފަހުން ހިފެހެއްޓި ރާއްޖޭގެ މަސްދޯނި ހިފެހެއްޓީ އިންޑިއާގެ ސަރަހައްދުގެ ތެރެއަށް ވަދެ، މަލިކަށް ވުރެ ވެސް ދުރުން ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.
އެމްއެންޑީއެފުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ އެހެން ވެރިން ކޯސްޓްގާޑް ބިލްޑިންގުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ އަލީ ޒުހައިރު ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ ސަރަަހައްދަށް ރާއްޖޭގެ މަސްވެރިން ވަނުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.
"މަލިކަށް ވުރެ ވެސް އެކޮޅުން އިންޑިއާގެ އެތެރޭގައި މަސްވެރިކަން ކުރަން އުޅެނިކޮށް ދޯނި ހިފަހައްޓާފައި މިވަނީ. މިއީ މިހާރަކަށް އައިސް ވަރަށް ބޮޑަށް ހިނގަމުންދާ ކަންތައްތައް،" ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މަސްވެރިން އެހެން ގައުމުތަކުގެ ސަރަހައްދަށް ވަންނަ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި ބައެއް ދޯނިފަހަރަށް ގުޅައި ރާއްޖޭގެ ސަރަހައްދަށް އެނބުރި އައުމަށް އަންގާފައި ވެސް ވާނެ ކަމަށެވެ.
"ބައެއް ފަހަރަށް ހުންނާނެ އަޅުގަނޑުމެން ސެޓެލައިޓް ފޯނު މެދުވެރިކޮށް އަންގާފައި. މިހާރު ތިޔަ މަސްވެރިކަން ކުރަނީ މި ސަރަހައްދުގައޭ [އެހެން ގައުމެއްގެ ސަރަހައްދުގައޭ]. ތިޔަ ސަރަހައްދުން ބޭރަށް ނުކުންނާށޭ. އެތައް ބައިވަރު ދޯނިފަހަރަށް ހުންނާނެ އެ މައުލޫމާތު ވެސް ފޯރުކޮށްދީފައި،" ޒުހައިރު ވިދާޅުވި އެވެ.
ރާއްޖޭގެ މަސްވެރިން އިންޑިއާގެ ސަރަހައްދަށް ވަންނަ ގިނަ ފަހަރުތަކުގައި އަތުލައި ނުގަނެ، ރާއްޖޭގެ ސަރަހައްދަށް އަނބުރާ ގެނެސްދީފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ގިނަ މަސްދޯނިފަހަރުގައި އެ ދޯނިފަހަރަށް ހަރަކާތްތެރި ވެވެނީ ކޮން ގައުމެއްގެ ސަރަހައްދެއްގައި ކަން އެނގޭނެ ފަދަ އާލާތްތައް ހުންނަ ކަމަށާއި އެހެން ގައުމުތަކުގެ ސަރަހައްދުން މަސްވެރިކަން ކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިންޑިއާގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެ ގައުމުގެ ކަނޑުގެ ސިފައިން ހިފެހެއްޓީ "ވީވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯންޏާއި އޭގައި ތިބި މީހުން ދޫކޮށްލީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ މެދުވެރިވެގެން ކުރި މަސައްކަތްތަަކަކުންނެވެ.
އެ ދޯނި އިންޑިއާ ސަރަހައްދަށް ވަދެ އުޅުނު މައްސަލަ ތަހުގީގު ކޮށްފިތޯ ދެންނެވުމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރެލް އަބްދުﷲ ޝަމާލް ވިދާޅުވީ ރާއްޖޭގެ ދޯންޏެއް އެހެން ސަރަހައްދަކަށް ވަނުމުން އެ ހިލާފު ވެވެނީ އެ ގައުމެއްގެ ގާނޫނާ ކަމަށެވެ. އަދި އެ މީހުންނާ މެދު ރާއްޖޭން ފިޔަވަޅެއް އެޅުމަކީ ގައުމީ ދިފާއީ ބާރުގެ މެންޑޭޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މިކޮޅުން ފިޔަވަޅެއް އެޅުން އެއީ ދެން ދިފާއީ ބާރުގެ މެންޑޭޓުން ބޭރު ހަގީގަތުގައި. އަޅުގަނޑުމެންނަށް މީގައި ކޮށްދެވެން އޮތް އެހީތެރިކަމަކާއި ކުރެވޭނެ އިލްތިމާސެއް ހަގީގަތުގައި ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި
އިންޑިއާ އިން ހިފެހެއްޓި ދޯނި ދޫކޮށްލައިފި
އިންޑިއާގެ ސަރަހައްދުން ދިވެހި މަސް ދޯންޏެއް އަތުލައިފި
ދޯނިތަކަށް އެރި އިންޑިއާގެސިފައިންގެ ވީޑިއޯ އާންމުކޮށްފި
ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!
ސިފައިން އުޅުނީ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން
ބޭރުގެ ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރި
ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި މައްސަލައެއް
ހުރަވީގެ ބަދަލުގައި ދިން މަނަވަރު ހަވާލުކޮށްފި
އިންޑިއާގެ އެހީގައި ކޯސްޓްގާޑަށް ޚާއްސަ ބަނދަރެއް