Roadha Mihaaru
އިދިކޮޅު ޕާޓީން ލަކްޝްދީޕަށް ދިއުން ހުއްޓުވައިފި

ލަކްޝަދީބްގެ ލޮކްޑައުން އިތުރުކޮށް، އިދިކޮޅުގެ ވަފުދު ޒިޔާރަތްކުރުން ހުއްޓުވައިފި

01 ޖޫން 2021

މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބުގައި އަމަލުކުރަން ފެށި ހަރުކަށި އާ ގަވާއިދުތަކުގެ ސަބަބުން އެ ރަށްތަކުގައި، މައި ސަރުކާރާ ދެކޮޅަށް ރައްޔިތުން އިހުތިޖާޖުކުރަން ފަށައި މަޝްރަހު ހޫނުވެފައި ވާތީ، އިންޑިއާގެ އިދިކޮޅު ކޯލިޝަންގެ ޚާއްސަ ވަދުފެއް އެ ރަށްތަކަށް ޒިޔާރަތްކުރަން އުޅުމުން، ލޮކްޑައުންގެ މުއްދަތު އިތުރުކޮށް އެކަން މަޑުޖައްސާލަން އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބުގައި އަމަލުކުރަން ފެށި ހަރުކަށި އާ ގަވާއިދުތަކުގެ ސަބަބުން އެ ރަށްތަކުގައި، މައި ސަރުކާރާ ދެކޮޅަށް ރައްޔިތުން އިހުތިޖާޖުކުރަން ފަށައި މަޝްރަހު ހޫނުވެފައި ވާތީ، އިންޑިއާގެ އިދިކޮޅު ކޯލިޝަންގެ ޚާއްސަ ވަދުފެއް އެ ރަށްތަކަށް ޒިޔާރަތްކުރަން އުޅުމުން، ލޮކްޑައުންގެ މުއްދަތު އިތުރުކޮށް އެކަން މަޑުޖައްސާލަން އަންގައިފި އެވެ.

ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ ކަމަށް ބުނެ، އެ ރަށްތަކުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ހަތް ދުވަހަށް ދަންމާލަން ނިންމާފައިވާކަން ލަކްޝަދީބުގެ އެޑްމިނިސްޓްރޭޝަނުން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ. މި އިއުލާން ނެރުނީ އިންޑިއާގެ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ކޮންގްރެސް އާއި ކޮމިއުނިސްޓް ޕާޓީގެ ވަފުދެއް އެ ރަށްތަކަށް ޒިޔާރަތްކުރަން ތައްޔަރުވަމުން އަންނަނިކޮށެވެ.

ލަކްޝަދީބްގެ ކަލެކްޓަރު އެސް އަސްކަރު އަލީ ނެރުއްވި އެ އިއުލާނުގައި ބުނެފައި ވަނީ މަލިކާ އެކު ލަކްޝަދީބުގެ އިތުރު ރަށްތައް ކަމަށްވާ ކަވަރައްޓި، އަންދުރޯތު، ކަލްޕެނި އަދި އަމީނީގެ ލޮކްޑައުންގެ މުއްދަތު އިތުރުކޮށް، ކުރިއަށް އޮތް ހަފުތާ އެކީ ބަންދު ވާނެ ކަމަށެވެ.

މަލިކަކީ ލަކްޝަދީބުގެ 12 އަތޮޅުގެ ތެރެއިން އަތޮޅެކެވެ. އަދި އެތަނުގައި މީހުން ދިރިއުޅޭ 10 ރަށުގެ ތެރެއިން ރަށެކެވެ. ‎އެތަނުގެ 70،000 މީހުންގެ ތެރެއިން މަލިކުގެ އާބާދީއަކީ ގާތްގަނޑަކަށް 12،000 އެވެ.

ލަކްޝަދީބްގައި ތަންފީޒުކުރަން ފަށާފައިވާ އާ ގަވާއިދުތަކާ ދެކޮޅަށް އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އަޑުއުފުލަނީ.

ލަކްޝަދީބްގައި ތަންފީޒުކުރަން ފަށާފައިވާ އާ ގަވާއިދުތަކާ ދެކޮޅަށް އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އަޑުއުފުލަނީ.

މީހުން ދިރިއުޅޭ އެހެން ރަށްތައް ކަމަށްވާ ކިލްތަން، ޗަރުލަތު، ބިތުރާ، ކަޑުމަތު އަދި އަގައްތީގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު ވެސް އިތުރުކޮށް، ކޮންމެ ދުވަހަކު ހަވީރު 5 އިން ހެނދުނު 6 އަށް މަގުމައްޗަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

މި ވަގުތު ލަކްޝަދީބްގައި ކޮވިޑްގެ އެކްޓިވް 2،006 ކޭސް އެބަ އުޅެ އެވެ. މީގެ ތެރެއިން 1،025 ކޭހަކީ ހަމައެކަނި ކަވަރައްޓީން ފެނުނު ކޭސްތަކެވެ. މިހާތަނަށް 8،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފާއިރު، 33 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ލަކްޝަދީބްގެ ކަލެކްޓަރު އަކްސަރު އަލީ ވަނީ އިދިކޮޅު ކޯލިޝަންގެ ވަފުދުގެ ދަތުރު މަޑުޖައްސާލަން އެންގެވިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

"އެ ވަފުދަށް އެ ގޮތަށް އެންގެވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން 7 ދުވަހުގެ ކަރަންޓީނު މުއްދަތެއް ލަކްޝަދީބަށް ދާ ނަމަ ފުރިހަމަ ކުރަންޖެހޭނެތީ، ހާލަތު ރަނގަޅުވުމުން ޒިޔާރަތް ކުރުމަށް އެދުމަށް،" އަކްސަރު އަލީ ވިދާޅުވެފައިވެ އެވެ.

ލަކްޝަދީބުގައި ހަރުކަށި އާ ގަވާއިދުތަކެއް ހަދައި، އެކަމާ މެދު ރައްޔިތުން ހިތްހަމަނުޖެހިފައި ވާތީ އެ ވަދުފުގެ ދަތުރުފުޅަށް ހުރަސް އަޅުވަން އެޑްމިނިސްޓްރޭޓަރުން އުޅުންވަނީތޯ އެހުމުން އޭނާ ބުނީ އެ ރަށްތަކުގެ އަމާންކަން ނަގާލަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށާއި އަދި އެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ.

މަލިކް: ލަކްޝަދީޕް: ޖޫން 1، 2021: ލަކްޝަދީބްގައި ތަންފީޒުކުރަން ފަށާފައިވާ އާ ގަވާއިދުތަކާ ދެކޮޅަށް އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އަޑުއުފުލަނީ.-- ފޮޓޯ: ޓްވިޓާ

މަލިކް: ލަކްޝަދީޕް: ޖޫން 1، 2021: ލަކްޝަދީބްގައި ތަންފީޒުކުރަން ފަށާފައިވާ އާ ގަވާއިދުތަކާ ދެކޮޅަށް އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އަޑުއުފުލަނީ.-- ފޮޓޯ: ޓްވިޓާ

މި ގަވައިދުތަކާ މެދު ހިތްހަމަނުޖެހިގެން ޕްރަފުލް ޕަޓޭލް މަގާމުން ވަކިކުރަން މަތީ މަޖިލީހަށް ހުށަހެޅުމަށް، ކެރެލާ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުން ވެސް އިއްޔެ ވަނީ ފާސްކޮށްފަ އެވެ. ސިޔާސީ މީހުންގެ އިތުރުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ ވަރަށް ގިނަ މީހުން ވެސް މިކަމާ ދެކޮޅަށް އަޑުއުފުލާފައިވެ އެވެ. އަދި "ސޭވް ލަކްޝަދީބް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ވެސް ކެމްޕޭނެއް އަންނަނީ ކުރަމުންނެވެ.

އާ ގަވާއިދުތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހިފައި!

ލަކްޝަދީބުގައި އަމަލުކުރަން ފެށި ހަރުކަށި އާ ގަވާއިދުތަކުގެ ސަބަބުން އެ ރަށްތަކުގައި އިންޑިއާގެ މައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރަން ފަށައި، އެކަން ދުނިޔޭގެ ސަމާލުކަމަށް ގެންނަން ރައްޔިތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ރަށްތަކުގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަމަޖައްސައިފައި ހުންނަ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް ވަނީ ކުރިން މަލިކު އަތޮޅުގައި އެންމެ ރަށެއްގައި ރާ ހުއްދަކޮށްފައި އޮތް އޮތުން ބަދަލުކޮށް އިތުރު ރަށްތަކަށް އެ ހުއްދަ ދީފަ އެވެ. އަދި ގެރި ކަތިލުމާއި ގެރި މަސް ކެއުން މަނާކުރުމުގެ އިތުރުން ދެ ދަރިންނަށް ވުރެ ގިނައިން ތިބޭ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭ ގޮތް ހެދުމާއި އަދި ތަރައްގީގެ ބޭނުމަށް ކަމަށް ބުނެ ކޮންމެ ބިމެއް ވެސް ސަރުކާރަށް ނެގުމުގެ ބާރު ވެސް ހޯދައިފަ އެވެ.

Tharaggee kurumuge namugai Maliku halaaku kollanee!

Tharaggee kurumuge namugai Maliku halaaku kollanee!

The most trusted news source in the Maldives

Mihaaru

ލަކްޝަދީބްގެ މިހާރުގެ ހާލަތު ކިޔައިދޭ ތަފުސީލީ ރިޕޯޓެއް.

އަލަށް ތަންފީޒުކުރަން ފެށި މި ގަވާއިތުތަކާ އެކު ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ. އަދި ރުޅިގަދަވެފަ އެވެ.

ޕްރަފުލް ޕަޓޭލް އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ބޭފުޅެއް ވެސް މެ އެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވިއިރު، މިދިޔަ އަހަރު، ކޮވިޑްގެ އެންމެ ކޭސްއެއް ވެސް ފެނިފައި ނުވާ ލަކްޝަދީބުން އަލަށް ވެސް މީހަކު ޕޮޒިޓީވްވީ ޕްރަފުލް ޕަޓޭލް މަގާމާ ހަވާލުމަށް ފަހު، އެ ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރަން އަޅައިފައި އޮތް ފިޔަވަޅުތަކަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުންނެވެ.