އިނގިރޭސި ވިލާތަކީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމްގެ މުހިއްމު ބައިވެރިއެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
17 ޖުލައި 2025
އިނގިރޭސި ވިލާތަކީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމްގެ މުހިއްމު ބައިވެރިއެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހާރު އިނގިރޭސި ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް ރާއްޖެ އިން ބޭއްވި ބިޒްނަސް ފޯރަމްގައި ވިދާޅުވީ، އެ ގައުމަކީ މިހާރު ވެސް ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިއެއް ކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތުން ރާއްޖޭގެ ޓޫރިޒަމްގައި މުހިއްމު ދައުރެއް އަދާކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިނގިރޭސިވިލާތަކީ ރާއްޖެ އަށް މިހާރު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެ އަށް ވަނީ 114،000 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ވެސް އިނގިރޭސި ވިލާތް އޮތީ ތިން ވަނައިގަ އެވެ. އެ އަހަރު ވެސް ވަނީ 180،000 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ.
ރާއްޖެ އިން އިނގިރޭސި ވިލާތުގައި ބޭއްވި ބިޒްނަސް ފޯރަމްގެ ބައެއް ބައިވެރިން: އިނގިރޭސި ވިލާތަކީ ރާއްޖެ އަށް ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު.--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާ އިން އިނގިރޭސި ވިލާތަކީ ރާއްޖެއިން އެންމެ ގިނައިން މަސް ދަޅުމަސް އެކްސްޕޯޓު ކުރާ އެއްގައުމު ކަމަށެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އަހަރަކު ވެސް 20 މިލިއަން ޑޮލަރުގެ ދަޅު މަސް ނުވަތަ ޕްރޮސެސް ކޮށްފައިވާ މަހުގެ ބާވަތްތައް ރާއްޖެ އިން އިނގިރޭސި ވިލާތަށް އެކްސްޕޯޓު ކުރެ އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖެއަކީ ދެމެހެއްޓެނިވި ވަރުގަދަ އިގްތިސާދެއް އޮތް ގައުމަކަށް ހެދުމަށްޓަކައި އިންވެސްޓް ކުރުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް ހާއްސަކޮށް އާ ގާނޫނެއް އެކުލަވައިލާ ތަސްދީ ގުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ޖީލަށް ރާއްޖޭގެ އިގްތިސާދު ފުޅާކުރުމުގެ ގޮތުން އާ ސިނާއަތްތަކާއި އުމްރާނީ ތަރައްގީގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ޑިޖިޓަލް ދާއިރާ ހަރުދަނާ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި "މޯލްޑިވްސް ފިޝަރީޒް ބްރޭންޑް" ރައީސް މުއިއްޒު އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ ވަނީ އެކި ދާއިރާތަކުން އިންވެސްޓަރުންނަށް ހުޅުވާލާފައި ކަމަށެވެ. އެގޮތުން ޑިޖިޓަލް ދާއިރާ އާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އާއި ޓޫރިޒަމް ދާއިރާ އިން ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތައް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ފުޅާކުރަން ބޭނުންވާ އެއް ދާއިރާއަކީ ކްރިއޭޓިވް އިންޑަސްޓްރީ. ޑިޖިޓަލް ކޮންޓެންޓާއި ގޭމިން، ސަގާފަތާ ގުޅޭ ދާއިރާ އާއި އާޓްސް ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދެން. އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު އެ ދާއިރާ އަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓަށް ހެދުން" އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އިން އިނގިރޭސި ވިލާތުގައި ބޭއްވި ބިޒްނަސް ފޯރަމްގެ ބައެއް ބައިވެރިން: އިނގިރޭސި ވިލާތަކީ ރާއްޖެ އަށް ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު.--- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ، ރާއްޖެއަކީ ޓެކްނޮލޮޖީ ދާއިރާ އަށް އަހުލުވެރި ޒުވާން ޖީލެއް އޮތް ގައުމެއް ކަމަށާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
"އިނގިރޭސި ވިލާތުގެ ޓެކް ކުންފުނިތަކަށް ވެސް އާ ފުރުސަތުތައް މިވަނީ ހުޅުވާލާފައި. ސޮފްޓްވެއާ ފޯރުކޮށްދޭ ކުންފުނިތަކާއި އީ ގަވަނަންސް އެކްސްޕާޓުންނާއި ސައިބަ ސެކިއުރިޓީ ފާމުތަކަށް ވެސް ފުރުސަތުތައް އެބައޮތް،" ރާއްޖޭގައި ހުރި ފުރުސަތުތަކަށް އަލިއަޅުވައިލައްވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އާ ބްރޭންޑެއް ވެސް އިފުތިތާހު ކޮށްދެއްވައިފަ އެވެ. "މޯލްޑިވްސް ފިޝަރީޒް ބްރޭންޑް" އަކީ ސީފުޑާ ގުޅޭ ޕްރިމިއަމް ނުވަތަ ހައި ކޮލިޓީ ބްރޭންޑެކެވެ.
ލިވަޕޫލްއާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ފަށައިފި
ކިންގް ޗާލްސް އާއި ރައީސް ބައްދަލުކުރައްވައިފި
ޔޫކޭގެ ފޮރިން މިނިސްޓަރު ރައީސްގެ އަރިހަށް
ރައީސްގެ ޔޫކޭ ދަތުރަށް ހަރަދުވީ ދޮޅުލައްކަ ރުފިޔާ
ލަންޑަންގައި އައްޑޫ ޕްރޮމޯޓް ކުރަން ހަތްލައްކަ ރުފިޔާ!
ރައީސް މުއިއްޒުގެ ދެކަނބަލުން އިނގިރޭސި ވިލާތަށް
ޔޫކޭގެ އިންތިހާބީ ބޮޑުވަޒީރަށް ރައީސްގެ މަރުހަބާ
ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރަން ގާސިމް އެދިއްޖެ
ޔޫކޭގެ ޓޫރިސްޓުން ފްލައިޓްތައް ފުރާލާނެ: މައުސޫމް
ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ސަލާމަތްވެއްޖެ