Roadha Mihaaru

ރަސްގެފާނު ޗާލްސް އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ކިންގް ޗާލްސް އާއި ރައީސް ބައްދަލުކުރައްވައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

17 ޖުލައި 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މަތީ ފެންވަރުގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްގެފާނު ޗާލްސްއާ މިއަދު ބައްދަލު ކުރެއްވީ ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގަ އެވެ.

ދެ ބޭފުޅުން ވަނީ ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިނގިރޭސި ވިލާތުގެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު އިއްޔެ ވަނީ އެ ގައުމުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އާއި ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ވެސް ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވައިފަ އެވެ.

ރައީސް މުއިއްޒާއި އިނގިރޭސި ރަސްގެފާނު ޗާލްސް މިއަދު ސަލާން ކުރައްވަނީ.

ރައީސް މުއިއްޒާއި އިނގިރޭސި ރަސްގެފާނު ޗާލްސް މިއަދު ސަލާން ކުރައްވަނީ.

އެ ދަތުރުފުޅުގައި ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު އިނގިރޭސި ވިލާތަށް ދަތުރުފުޅެއް މި ކުރައްވަނީ ރާއްޖޭގެ މިނިވަންކަމަށް މި ޖުލައި މަހުގެ 26 ގައި 60 އަހަރު ފުރޭ މުނާސަބަތުގެ އިތުރުން ރާއްޖެ އާއި އެ ގައުމާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ ވެސް 60 އަހަރު ފުރުމާ ދިމާކޮށެވެ. ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ.