Roadha Mihaaru
ޔޫކޭގެ އިންތިހާބީ ބޮޑުވަޒީރަށް ރައީސްގެ މަރުހަބާ

ޔޫކޭގެ އިންތިހާބީ ބޮޑުވަޒީރަށް ރައީސްގެ މަރުހަބާ

05 ޖުލައި 2024

އިނގިރޭސިވިލާތުގެ އާންމު އިންތިހާބުން ތާރީހީ ކާމިޔާބެއް ހޯދި އެ ގައުމުގެ ލޭބާ ޕާޓީ އާއި އިންތިހާބީ ބޮޑު ވަޒީރު ކެއިރު ސްޓާމާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިނގިރޭސިވިލާތުގެ އާންމު އިންތިހާބުން ތާރީހީ ކާމިޔާބެއް ހޯދި އެ ގައުމުގެ ލޭބާ ޕާޓީ އާއި އިންތިހާބީ ބޮޑު ވަޒީރު ކެއިރު ސްޓާމާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެއިރޫގެ ލީޑާޝިޕްގެ ދަށުން އިނގިރޭސިވިލާތަށް ތަނަވަސްކަމުގެ އާ ފަތިހެއް ފެންނާނެކަން ކަން ޔަގީން ކުރައްވާ ކަމަށާއި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ހެޔޮ އެދުންތައް އަރިސް ކުރައްވާ ކަމަށެވެ.

ކުރިޔަށް އޮތް ތަނުގައި މިހާރު ރާއްޖެއާ އެކު މިހާރު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދަން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީ ވެރިކަން ކުރާތާ 14 އަހަރަށް ފަހު ލޭބާ ޕާޓީ ވަނީ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކޮށްފަ އެވެ. ކޮންޒަވޭޓިވް ޕާޓީ 136 ގޮނޑި ކާމިޔާބު ކުރި އިރު ލޭބާ ޕާޓީ ވަނީ 408 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.