ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މަތީ ފަންތީގެ ބައްދަލުވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މިދިޔަ އަންގާރަ ދުވަހެވެ.
ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ރައީސް ވަނީ އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ރަސްގެފާނު ޗާލްސް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނީ ވިންޑްސާ ކާސަލްގައި ބޭއްވި އެ ބައްދަލުވުމަކީ ދެ ގައުމުގެ 60 އަހަރުވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އިސްކަންދޭ މިންވަރު ކަށަވަރުކޮށްދިން ކަމެއް ކަމަށެވެ.
އޭގެ އިތުރުން ހައުސް އޮފް ކޮމަންސްގެ ސްޕީކާ ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ޑޭވިޑް ލެމީއާ ވެސް ރައީސް ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެ ބޭފުޅުންނާ އެކު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި ތައުލީމާއި ސްކޮލަޝިޕްގެ ފުރުސަތުތަކާއި ދެމެހެއްޓެނިވި މަސްވެރިކަމާއި ޓޫރިޒަމް އަދި އަދުލު އިންސާފުގެ ނިޒާމީ އިސްލާހުތަކަށް އެ ގައުމުން އެއްބާރުލުން ދިނުން ހިމެނެ އެވެ.
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައި ރާއްޖެ އާއި ކޮމަންވެލްތުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުގައި އެއްބާރުލުންދޭ ވަރު އިތުރުކުރުމާ މެދު ރައީސް މަޝްވަރާކުރެއްވި އެވެ.
ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ހުރި ފުރުސަތުތައް ކިޔައިދިނުމަށް "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"ގެ ނަމުގައި ހަރަކާތެއް ވެސް ބޭއްވި އެވެ. އެ ފޯރަމްގެ ތެރޭގައި ވަނީ ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމަށް "ފްރޮމް މޯލްޑިވްސް" އިފްތިތާހުކޮށްފަ އެވެ. އޭގެ އިތުރުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރަން ވެސްޓް ލަންޑަން ޗެމްބާސް އޮފް ކޮމާސް އަދި އިކޮނޮމިކް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ރައީސްގެ ރަސްމީ ދަތުރުތަކުގެ ހަރަދުތައް ހާމަކުރަނީ
"އިނގިރޭސިވިލާތަކީ ޓޫރިޒަމްގެ މުހިއްމު ބައިވެރިއެއް"
ކިންގް ޗާލްސް އާއި ރައީސް ބައްދަލުކުރައްވައިފި
ޔޫކޭގެ ފޮރިން މިނިސްޓަރު ރައީސްގެ އަރިހަށް
ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922: ރައީސް އޮފީސް
މަތީފަންތީގެ ބައްދަލުވުންތަކަކަށް ރައީސް ޔޫކޭއަށް
ފަރުމުލި، މާފަރު ބައެއް ނޫން ކަމަށް ކަނޑައަޅުއްވައިފި
ސައުދީ އަރަބިއްޔާގެ އާ ސަފީރުގެ ފަތްކޮޅު އަރުވައިފި
ހާފިޒުންގެ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނައަށް
ދޮގު ބަޔާންދިން މައްސަލާގައި ދާއޫދު މަގާމުން ވަކިކޮށްފި