Roadha Mihaaru

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް އިނާމު

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް މިއަދު އިނާމު ދީފި އެވެ.

ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް އިނާމު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

27 ޖުލައި 2025

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް މިއަދު އިނާމު ދީފި އެވެ.

މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި، ދައުލަތަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 191 ބޭފުޅަކަށް މި އަހަރު ޝަރަފު އަރުވާނެ އެވެ. އޭގެ ތެރެއިން ފުރަތަމަ ބުރުގައި ބެޖާއި އައްޑަނަ ދެއްވީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި 94 ބޭފުޅުންނަށެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅަކަށް، ރައީސް ޑރ. މުއިއްޒު މިއަދު އައްޑަނަ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅަކަށް، ރައީސް ޑރ. މުއިއްޒު މިއަދު އައްޑަނަ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ބާކީ ތިއްބެވި 97 ބޭފުޅުންނަށް އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ. އެ ބުރުގައި އިނާމު ދެއްވާނީ 35-39 އަހަރާ ދެމެދު ހިދުމަތްކުރެއްވި ބޭފުޅުންނަށެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބޭ ބޭފުޅުން ކަނޑައަޅަނީ، އެކަމަށް ހުށަހަޅާ ފޯމުތަކަށް ބަލައި އިނާމާބެހޭ ކޮމިޓީންނެވެ.

އެ އިނާމު ދޭން އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރެވެ.