އެކި މީހުން އެކި ދިމާލަށް ގޮސްގެން ގައުމެއް ނޯންނާނެ ކަމަށާއި މިނިވަންކަން މިހާ ހިސާބަށް ދެމެހެއްޓިފައި ވަނީ ވަރަށް ގިނަ ބައެއްގެ އިހުލާސްތެރި ބުރަ މަސައްކަތުން ކަމަށް ވާއިރު، އެ ބޭފުޅުންގެ މަސައްކަތްތައް އަމާނާތްތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ގެންގޮސް ދިނުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެކި މީހުން އެކި ދިމާލަށް ގޮސްގެން ގައުމެއް ނޯންނާނެ ކަމަށާއި މިނިވަންކަން މިހާ ހިސާބަށް ދެމެހެއްޓިފައި ވަނީ ވަރަށް ގިނަ ބައެއްގެ އިހުލާސްތެރި ބުރަ މަސައްކަތުން ކަމަށް ވާއިރު، އެ ބޭފުޅުންގެ މަސައްކަތްތައް އަމާނާތްތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ގެންގޮސް ދިނުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މިނިވަންކަން ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެހެން ނޫނީ މިނިވަންކަމެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ތަރައްގީ އަށް ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށެވެ. ނަމަވެސް، ފަރުދީ ޒިންމާ އަދާކުރަންޖެހޭނެ ކަމަށާއި މި ސަރުކާރަށް މި ވީ ދޮޅު އަހަރުގެ ތެރޭގައި ވެސް އަމަލުކުރީ އެ ގޮތަށްކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ އަދި މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކަމެއްގައި ވެސް ދިވެހިން އިސްކުރުމެވެ. އެކި މަސައްކަތްތަކަށް ބޭރުގެ އެހީ ހޯދިއަސް އެކަމުގެ އަމަލީ މަސައްކަތުގައި އުޅޭނީ ދިވެހިން ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ރައީސް ތަކުރާރު ކުރެއްވި އެވެ.
ރާއްޖެއަށް ފައިދާވާ ހުރިހާ ކަމެއްގައި ބޭރުގެ ގައުމުތަކާ ވެސް ރަހުމަތްތެރި ގުޅުން ބާއްވާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ކަމެއް ވެސް ފުރިހަމަ ވާނީ، ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އެންމެން އެއް ވިސްނުމެއްގައި ތިބެގެންނެވެ.
"އެކި މީހުން އެކި ދިމާލަށް އެކި ވިސްނުމުގައި ގޮސްގެން ގައުމެއް ނޯންނާނެ. އެންމެން އެއް މިސްރާބެއްގައި، ގައުމީ ލޯބީގައި މި ދެންނެވި ވިސްނުމުގައި ކުރިއަށް ދާ ހިނދު އެކަނި ގައުމެއް، ގައުމެއްގެ ގޮތުގައި އޮންނާނީ،" ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
"މި އަޒުމް ކަނޑައެޅުމަށް އަޅުގަނޑު ގޮވާލަން ދިވެހި ހުރިހާ ރައްޔިތުން."
President Dr @MMuizzu and First Lady @sajidhaamohamed attend the official function held on the occasion of the Maldives’ 60th Anniversary of Independence, celebrating six decades of sovereignty and national pride.#Minivan60 pic.twitter.com/EUaTgRvr1J
— The President's Office (@presidencymv) July 27, 2025
ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމުގައި މިނިސްޓަރުންނާއި ސަރުކާރުގެ ބޭފުޅުން ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަންކަން ހާސިލްކުރަން ބޭރުގެ އެހީ ހޯދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދޮޅު އަހަރުގެ ތެރޭގައި ކުރި މަސައްކަތަށް ވުރެ ގިނަ ކަންކަން ކުރިއަށް އޮތް ހަފުތާތަކާއި މަސްދުވަސް ތަކުގައި ފެނިގެންދާނެ ކަމަށެވެ. އެއީ، ފާއިތުވި ދުވަސްތަކުގައި ކުރި މަސައްކަތުގެ ނަތީޖާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް އިނާމު
ގާސިމާއި ސޯބިރަށް ދައުލަތުގެ މަތިވެރި އިއްޒަތް
ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފު ނަންރީތި ސަލީމަށް
މުއުތަސިމަށް ދައުލަތުގެ އިއްޒަތް އަރުވައިފި
މިނިވަން ދުވަހަށް ހެވިކަމުގެ ކުޅިވަރުތައް ބާއްވައިފި
"ސަލާމަތަށް ކޮންމެ އިންޗިއެއް ބަލަހައްޓާނީ ދިވެހިން"
"މިނިވަންކަމުގެ އިހުސާސް ކުރެވޭނީ ގައުމު އިސްކޮށްގެން"
މިނިވަން އުފަލުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް: މޯދީ
ގައުމީ ނިޝާން ވެއްޓުނަ ނުދެއްވައި ދެއްކެވި ހުޝިޔާރުކަން
"މިނިވަންކަމަށްޓަކައި ބަލަން ޖެހޭނީ އުދަރެހުގެ ކޮޅަށް"