ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރެއްވުމުގެ ތެރޭގައި ހިނގާދިޔަ ކަމަކާ އެކު ގިނަ ބަޔަކު ރައީސަށް ތައުރީފުކޮށްފި އެވެ.
27 ޖުލައި 2024
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރެއްވުމުގެ ތެރޭގައި ހިނގާދިޔަ ކަމަކާ އެކު ގިނަ ބަޔަކު ރައީސަށް ތައުރީފުކޮށްފި އެވެ.
އެ ޖަލްސާގައި ގިނަ ބައެެއްގެ ސަމާލުކަން ލިބިފައި ވަނީ ބޭފުޅަކަށް ޝަރަފުގެ ބެޖް ހަވާލުކުރެއްވުމަށް ފަހު ފޮޓޯއަށް ހުއްޓިވަޑައިގެން ހުންނަވަނިކޮށް، އެ ބޭފުޅާގެ އަތުން ބެޖު ދޫވި ވަގުތު ރައީސް މުއިއްޒު އަމަލުކުރެއްވި ގޮތުންނެވެ. ރައީސްގެ ހުޝިޔާރުކަމާ އެކު ބެޖް ވެއްޓުނަ ނުދެއްވައި އަމަލުކުރެއްވި ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ރައީސަށް ތައުރީފު ކުރަމުންނެވެ.
އެފަދަ ހާލަތެއްގައި ގައުމުގެ ރައީސެއްގެ ފަރާތުން މިފަދަ ކަމެއް ފެނުމަކީ މާނަ ފުން، އެތައް ހާސް މެސެޖަކާއި ވާހަކައެއް ކިޔައިދޭ މަންޒަރެއްގެ ގޮތުގައި ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފު އަލީ ވެސް ސިފަ ކުރެއްވި އެވެ.
ކުރީގެ ނޫސްވެރިޔާ އަދި ދިވެހި ޓީޗަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ހޯރަފުށީ މުހައްމަދު ސަލީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރޭގެ މަންޒަރުން ސިފަވީ ރައީސަކީ ހުޝިޔާރު ބޭފުޅެއް ކަމަށެވެ. އިނާމާއި ހަވާލުވި ފަރާތުގެ އަތުން އިނާމު ދޫވެގެން ވެއްޓެންދަނިކޮށް ސިކުންތެއްވެސް ނުދެއްވައި ވަގުތުން އޭގައި ހިއްޕެވީ ރައީސްގެ ހުޝިޔާރުކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯރަފުށީ މުހައްމަދު ސަލީމު ވިދާޅުވީ އޭނާއަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވޯޓު ދެއްވި ބޭފުޅެއް ނޫން ނަމަވެސް ރައީސްގެ ހުޝިޔާރުކަން ފެނި، އެމަނިކުފާނަށް އިހުތިރާމު ކުރެވިއްޖެ ކަަމަށް ވިދާޅުވެފަ އެވެ.
"އެ ހުޝިޔާރުކަމުގައި އެމަނިކުފާނު މި ގައުމު ހިންގަވައިފި ނަމަ، ކާމިޔާބު ދައުރެއް އޮންނާނީ މާދުރަކު ނޫން." ހޯރަފުށީ މުހައްމަދު ސަލީމުގެ އެ ޕޯސްޓުގައިވެ އެވެ.
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ވަނީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކާއި 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 138 އަށް ބޭފުޅަކަށް އިނާމު ހަވާލުކުރައްވައިފަ އެވެ.
ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް އިނާމު
"އެކި މީހުން އެކި ދިމާލަށް ގޮސްގެން ގައުމެއް ނޯންނާނެ
ގާސިމާއި ސޯބިރަށް ދައުލަތުގެ މަތިވެރި އިއްޒަތް
ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފު ނަންރީތި ސަލީމަށް
މުއުތަސިމަށް ދައުލަތުގެ އިއްޒަތް އަރުވައިފި
މިނިވަން ދުވަހަށް ހެވިކަމުގެ ކުޅިވަރުތައް ބާއްވައިފި
"ސަލާމަތަށް ކޮންމެ އިންޗިއެއް ބަލަހައްޓާނީ ދިވެހިން"
"މިނިވަންކަމުގެ އިހުސާސް ކުރެވޭނީ ގައުމު އިސްކޮށްގެން"
މިނިވަން އުފަލުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް: މޯދީ
"މިނިވަންކަމަށްޓަކައި ބަލަން ޖެހޭނީ އުދަރެހުގެ ކޮޅަށް"