އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުން ކުރާ ހަރަދުތަކުގެ ތަފުސީލް ހާމަކުރަން ރައީސް އޮފީހުން މިއަދު ނިންމައިފި އެވެ.
02 ޑިސެމްބަރ 2023
އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުން ކުރާ ހަރަދުތަކުގެ ތަފުސީލް ހާމަކުރަން ރައީސް އޮފީހުން މިއަދު ނިންމައިފި އެވެ.
އެ އޮފީހުން ބުނީ، ރައީސް ޑރ. މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ.
އެ ގޮތަށް ނިންމިއިރު، މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ޑރ. މުއިއްޒު ރާއްޖެ އިން ބޭރަށް ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެއީ އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އޭގެ ފަހުން މިހާރު ވަޑައިގެން އުޅުއްވަނީ، މިދިޔަ ބުރާސްފަތި ދުވަހު ޔޫއޭއީގައި ފެށި ކްލައިމެޓް ބައްދަލުވުން، ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ސަރުކާރުގެ އިސް އޮފިޝަލުންގެ ދަތުރުތަކަށް ދައުލަތުން ކުރާ ހަރަދުތަކެއް މީގެ ކުރިން ހާމައެއް ނުކުރެ އެވެ. އެ މައުލޫމާތުތައް ހޯދަން ބޭނުން ނަމަ ޖެހެނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ފޯމު ހުށަހަޅައިގެން އެ މައުލޫމާތެއް ސާފުކުރާށެވެ. އެކަމަކު، ނޫސްވެރިން ތަކުރާރުކޮށް އެދުމުން ވެސް ކުރީގެ ސަރުކާރުން ބައެއް ދަތުރުފުޅުތަކުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ދޮގު ބަޔާންދިން މައްސަލާގައި ދާއޫދު މަގާމުން ވަކިކޮށްފި
ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކޮށްފި
ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި އިތުރު ކުންފުންޏެއް
ރައީސްގެ ހާއްސަ މަންދޫބަކަށް ޑރ. ވަހީދު
ވޭޕް މަނާކުރުމުގެ ހެޔޮ ނަތީޖާ އެބަ ފެނޭ: ރައީސް
ޑިޖިޓަލް ކުރުމުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވާނެ
ތެލެސީމިއާ ކޮމިއުނިޓީގެ ކަންބޮޑުވުންތައް ގަބޫލުކުރަން
ގާނޫނު ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާނަން
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތަސްދީގުކުރައްވައިފި
"މަޑުލު ވަހީދުގެ ހިދުމަތް ފަނޑުވުމެއް ނެތި ހުންނާނެ"