Roadha Mihaaru
ޗާލްސް ތަހުތަށް ވެޑުވުމުގެ ހަރަކާތުގައި އެމްއެންޑީއެފް

ކިންގް ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމީ ހަރަކާތުގައި ދިވެހި ސިފައިން ބައިވެރިވަނީ

06 މެއި 2023

އިނގިރޭސި ވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ރަސްކަމުގެ ތަހުތަށް ވެޑުވުމުގެ ރަސްމީ ހަރަކާތްތަކުގައި ދިވެހި ސިފައިން މިއަދު ބައިވެރިވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިނގިރޭސި ވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ރަސްކަމުގެ ތަހުތަށް ވެޑުވުމުގެ ރަސްމީ ހަރަކާތްތަކުގައި ދިވެހި ސިފައިން މިއަދު ބައިވެރިވެއްޖެ އެވެ.

އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު މިދިޔަ އަހަރު އަވަހާރަވުމުން އެ ކަމަނާގެ ދަރިކަލުން ކިންގް ޗާލްސް އަށް ރަސްމީކޮށް ރަސްކަމުގެ ތަހުތު އެރުވުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް އެބަގެންދެ އެވެ.

އެ ރަސްމިއްޔާތާ ގުޅިގެން މިއަދު ބާއްވާ ރަސްމީ ހަރަކާތްތަކުގައި އެމްއެންޑީއެފްގެ 10 އޮފިސަރަކު ބައިވެރިވަނީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ދިވެހި އަސްކަރިއްޔާ ތަމްސީލު ކުރުމަށެވެ. ރާއްޖެ ހިމެނޭ ގޮތަށް ކޮމަންވެލްތު ގައުމުތަކުގެ 400 އެއްހާ ސިފައިން އެ ހަރަކާތްތަކުގައި ބައިވެރިވާނެ އެވެ.

މިއީ ބޭރު ގައުމެއްގައި މިފަދަ ރަސްމިއްޔާތެއްގައި ދިވެހި ސިފައިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ކިންގް ޗާލްސްއަކީ އިނގިރޭސި ރަސްގެފާނުގެ އިތުރުން ކޮމަންވެލްތުގެ ވެސް އެންމެ އިސް ބޭފުޅާ އެވެ.

ކިންގް ޗާލްސް ރަސްކަމުގެ ތަހުތަށް ވެޑުވުމުގެ ރަސްމީ ހަރަކާތްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.