Roadha Mihaaru
ޔޫކޭގެ ޓޫރިސްޓުން ފްލައިޓްތައް ފުރާލާނެ: މައުސޫމް

ޔޫކޭގެ ޓޫރިސްޓުންނާއެކު ފްލައިޓްތައް ދެން ފުރައިލާނެ: މައުސޫމް

18 ސެޕްޓެމްބަރ 2021

އިނގިރޭސި ވިލާތުގެ ރެޑްލިސްޓުން މިހާރު ރާއްޖެ އުނިކޮށްފައިވާއިރު، ދެން ރާއްޖެ އަންނަ ފްލައިޓްތައް އެ ގައުމުގެ ޓޫރިސްޓުންނާ އެކު ފުރައިލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިނގިރޭސި ވިލާތުގެ ރެޑްލިސްޓުން މިހާރު ރާއްޖެ އުނިކޮށްފައިވާއިރު، ދެން ރާއްޖެ އަންނަ ފްލައިޓްތައް އެ ގައުމުގެ ޓޫރިސްޓުންނާ އެކު ފުރައިލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ، އިނގިރޭސި ވިލާތުގެ ރެޑްލިސްޓުން ރާއްޖެ ނެގުމުން މިހާރަށް ވުރެ ވެސް ޓޫރިސްޓުން އަންނަ ވަރު އިތުރުވާނެ ކަމަށެވެ.

"ކުރިއަށް މި އޮތް ހަފުތާގައި ފްލައިޓްތައް އިތުރު ވާން ފެށުމުން އަދަދެެއް އަންދާޒާ ކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވިގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތާށިކަން ހައްލުކުރަށް އެމްއޭސީއެލްއާ އެކު އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކަމަށް ހައްލުތަކެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ

މި އަހަރުގެ މޭ މަހުގެ ނިޔަލަށް ރާއްޖެ އަށް އެވްރެޖުކޮށް 2،500 ޓޫރިސްޓުން އިނގިރޭސި ވިލާތުން އަ އެވެ. މިއީ ކޮވިޑްގެ މި ހާލަތުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ނިސްބަތަށް ބަލާ އިރު ވަރަށް ބޮޑު އަދަދެކެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މޭ މަހު ގޯސްވުމާއެކު، އިނގިރޭސި ވިލާތުން ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކުރި އެވެ. އެއާ އެކު އެ ގައުމުން ޓޫރިސްޓުން އަންނަ ވަރު މިދިޔަ ޖޫން މަހު 500 އަށް ތިރި އެވެ.

ރެޑް ލިސްޓުން ރާއްޖެ އުނިވުމުން އިނގިރޭސި ވިލާތަށް އެނބުރި ގޮސް ކަރަންޓީން ވާން ޖެހޭނީ ހޮޓަލުގެ ބަދަލުގައި އެ މީހަކު އުޅޭ ގެއެއްގަ އެވެ.