27 އޯގަސްޓް 2021
އިނގިރޭސި ވިލާތުގެ މި ފަހަރުގެ ރިވިއުގައި ވެސް ރާއްޖެ ރެޑް ލިސްޓުން ނުނަގާގޮތަށް ނިންމައިފި އެވެ.
އިނގިރޭސި ވިލާތުގެ މި ފަހަރުގެ ރިވިއުގައި ވެސް ރާއްޖެ ރެޑް ލިސްޓުން ނުނަގާގޮތަށް ނިންމައިފި އެވެ.
މި މަހުގެ ކުރީކޮޅު ކުރި ރިވިއުގައި ވެސް ރާއްޖެ އޮތީ ރެޑް ލިސްޓުގަ އެވެ. އެފަހަރު ރެޑް ލިސްޓުން ނުނެގީ ހަދަން ޖެހޭ ޓެސްޓުތަކެއްގެ ނަތީޖާ ފޮނުވުމުގައި ދިމާވި މައްސައެއްގެ ސަބަބުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން މިފަހަރު ވެސް ރާއްޖެ ނުނެގުމުން އެ ގައުމަށް ކަނޑައަޅާފައި ހުރި ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19ގެ ކޭސްތައް މަދުވެފައި ވެކްސިން ރޭޓު އިތުރުވި ނަމަވެސް ރެޑް ލިސްޓުން ނުނަގާތީ ކަންބޮޑުވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭން މިހާރު "ޖީނޯމް ސީކުއެންސިން" ހަދާ ކަމަށާއި މި ފަހަރުގެ ރިވިއު އަށް އެ ކަންތައް ލަސްވުމަކީ ސަބަބަކަށް ވެދާނެތޯ ފަރަހަނާޒް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
Deeply disappointing that the UK continues to keep the Maldives on the red list despite low case numbers & high vaccination rates. We have just started regular genome sequencing too. Perhaps it came too late for this review? @grantshapps @tariqahmadbt https://t.co/FNJz1PkD0K
— Farah Faizal ??? (@DrFarahFaizal) August 26, 2021
ކަންބޮޑުވުން ފާޅުކޮށް ޑރ. ފަރަހަނާޒް ކުރެއްވި ޓްވީޓް--
"ޖީނޯމް ސީކުއެންސިން" އަކީ ގައުމެއްގައި ފެތުރޭ ކޮވިޑްގެ ވޭރިއެންޓް ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. ކުރިން ރާއްޖެ ރެޑް ލިސްޓުން ނުނަގާ އޮތީ މި ޓެސްޓުތަކުގެ ފަސް ޕަސެންޓް ޕޮޒިޓިވިޓީ އަޕްޑޭޓް ނުކުރާތީ ކަމަށް ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވަނީ ވިދާޅުވެފަ އެވެ.
އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުން އެ ގަައުމަށް ދަތުރު ކުރާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެ އެވެ. މި މުއްދަތުގައި ކަރަންޓީން ވާން ޖެހޭނީ އެކަމަށް ހާއްސަކޮށްފައި ހުންނަ ފެސިލިޓީއެއްގަ އެވެ. އަދި ހުރިހާ ހަރަދެއް ވެސް ކުރަން ޖެހޭނީ އަމިއްލައަށެވެ.
އިނގިރޭސި ވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. ނަމަވެސް އެ ގައުމުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމެނުމުން ރާއްޖެ އަންނަ އިނގިރޭސިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މި ފަހަރުގެ ރިވިއުގައި ރާއްޖެ އެމްބާ ލިސްޓަށް ލާނެ ކަމަށް ގިނަ ބަޔަކު ތިބީ އުއްމީދުކޮށްގެންނެވެ.
ޔޫކޭގެ ޓޫރިސްޓުން ފްލައިޓްތައް ފުރާލާނެ: މައުސޫމް
ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ސަލާމަތްވެއްޖެ
ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނަގާނެ ކަމަށް ލަފާކޮށްފި
ޔޫކޭގެ ރެޑް ލިސްޓުގައި އޮތީ ރާއްޖެ ފަރުވާ ކުޑަކޮށްލީމަ
ޔޫކޭގެ ރެޑްލިސްޓްގައި ރާއްޖެ ހިމަނައިފި
"އައްޑޫ މީހުންގެ ޖީބަށް ވަންނާނީ ޕައުންޑު"
ބޮޑު ލުޔަކާއެކު، ޔޫކޭގެ ޓޫރިސްޓުންގެ އަދަދު މައްޗަށް
އިނގިރޭސި ވިލާތުގައި ރާއްޖެ އިޝްތިހާރުކުރަނީ
ގެނބިގެން، މި މަހު ތިންވަނަ ޓޫރިސްޓަކު މަރުވެއްޖެ
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު