30 އޮކްޓޯބަރ 2020
އިނގިރޭސި ވިލާތަށް އެކި ގައުމުތަކުން އެނބުރި ދާ މީހުން 14 ދުވަހަށް އައިސޮލޭޓު ވާން ނުޖެހޭ ގޮތަށް ލުއިދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމާ އެކު، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން ހަދާ ބުކިންތަކުގެ އަދަދު ރިކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.
އިނގިރޭސި ވިލާތަށް އެކި ގައުމުތަކުން އެނބުރި ދާ މީހުން 14 ދުވަހަށް އައިސޮލޭޓު ވާން ނުޖެހޭ ގޮތަށް ލުއިދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމާ އެކު، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން ހަދާ ބުކިންތަކުގެ އަދަދު ރިކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.
އިނގިރޭސި ވިލާތުން ރާއްޖެ އަންނަން ހަދާފައިވާ ބުކިންތައް ވަނީ 500 ޕަސެންޓު އިތުރުވެފައި ކަމަށް ރިޕޯޓުތައް ދައްކަ އެވެ.
އިނގިރޭސި ވިލާތުގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އެޑްވާންޓޭޖު ޓްރެވަލް ޕާޓްނާސް ލެޝާ ޑިރެކްޓަރު ކެލީ ކުކްސް އެ ގައުމުގެ ނޫސް ޓްރެވަލް ވީކްލީ އަށް ވިދާޅުވީ، އެ ގައުމުން ރާއްޖެ ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ހިމެނުމަކީ އިނގިރޭސި ވިލާތުން ދަތުރުކުރާ މީހުންނަށާއި ޓްރެވަލް އެޖެންޓުންނަށް ވެސް ލިބުނު އުފާވެރިކަމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައްކާތެރިގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމާ އެކު، ބުކިންތަކުގެ އަދަދު އިތުރުވި ވަރަށް ބަލާއިރު، މިއީ ގިނަ ބަޔަކު ބޭނުންވެފައި އޮތް ލުޔެއްކަން އެނގެ އެވެ. ޓޫރިޒަމްގެ ސިނާއަތުގައި ކުރިއަށް އެޅުނު މި ފިޔަވަޅު ކުރިއަށް އޮތް ފިނި މޫސުމުގައި އެއްކޮށް ދެމިގެން ދިއުމަކީ ވެސް އުންމީދެއް ކަމުގައި ވިދާޅުވި އެވެ.
އެހެން ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އައިސް ލޮލީގެ ހެޑް އޮފް ޓްރެވަލް ޑީލްސް ކްރިސް ވެބާ ވިދާޅުވީ، ސޭފް ލިސްޓުގައި ރާއްޖެ ހިމެނުމާ އެކު ރާއްޖެ އަންނަން ހައްދާ ބުކިންތަކާއި ސާޗްތަކުގެ އަދަދު 61 ޕަސަންޓު އިތުރު ވެފައިވާ ކަމަށެވެ.
އިނގިރޭސިި ވިލާތުން ރާއްޖެ އައުމަށް ފަހު، އެނބުރި ގައުމަށް ގޮސް 14 ދުވަހު ކަރަންޓީންވާން ނުޖެހޭ ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނީ މި މަހު 22 ގަ އެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އަލުން ހުޅުވާލި ފަހުން އިނގިރޭސި ވިލާތުން ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ ޒިޔާރަތް ކުރަމުންނެވެ. ނަމަވެސް އެނބުރި ގައުމަށް ދިއުމުން 14 ދުވަހު އައިސޮލޭޝަންގައި ތިބެން ޖެހުމުގެ ސަބަބުން ޓޫރިސްޓުން އަންނަ އަދަދު ވަނީ ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އެ ގައުމުން ލުއި ދޭ ލިސްޓުގައި ގައުމުތައް ހިމަނަނީ، އެ ގައުމެއްގައި ކޮވިޑް-19 ފެތުރެމުން އަންނަ މިންވަރާއި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމަށް ފަހު އެވެ. އެހެންކަމުން ރާއްޖެ މި ލިސްޓުގައި ހިމަނާފައި ވަނީ ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު މަދުވުމުގެ ސަބަބުން ކަމަށް ލަފާ ކުރެވެ އެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، ޖުލައި މަހު ހުޅުވާލުމާ އެކު މިހާތަނަށް 420،315 ޓޫރިސްޓުން ރާއްޖެ ޒިޔާރާތް ކޮށްފައި ވެ އެވެ. ކޮވިޑް-19ގެ ސަބަބުން މި އަހަރު ރާއްޖެ އަށް އަންނާނީ 500،000 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.
ޔޫކޭގެ ޓޫރިސްޓުން ފްލައިޓްތައް ފުރާލާނެ: މައުސޫމް
ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ސަލާމަތްވެއްޖެ
ޔޫކޭއިން މި ފަހަރު ވެސް ރާއްޖެ އަށް ލުޔެއް ނުދިން
ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނަގާނެ ކަމަށް ލަފާކޮށްފި
ޔޫކޭގެ ރެޑް ލިސްޓުގައި އޮތީ ރާއްޖެ ފަރުވާ ކުޑަކޮށްލީމަ
ޔޫކޭގެ ރެޑްލިސްޓްގައި ރާއްޖެ ހިމަނައިފި
"އައްޑޫ މީހުންގެ ޖީބަށް ވަންނާނީ ޕައުންޑު"
އިނގިރޭސި ވިލާތުގައި ރާއްޖެ އިޝްތިހާރުކުރަނީ
އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް އިނގިރޭސިއެއް
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް