06 އޯގަސްޓް 2021
ކޮވިޑްގެ ސަބަބުން އިނގިރޭސި ވިލާތުގެ ރައްޔިތުން ދަތުރުކުރުން ރައްކާތެރި ނޫން ގައުމުތަކުގެ ލިސްޓް، ނުވަތަ "ރެޑް ލިސްޓް"ގައި ރާއްޖޭގެ ނަން އޮތީ، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ފަރުވާ ކުޑަކޮށްލައި، އެކަމާ ބެހޭ ޑޮކިއުމެންޓްތަކެއް ނުފޮނުވައިގެން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ކޮވިޑްގެ ސަބަބުން އިނގިރޭސި ވިލާތުގެ ރައްޔިތުން ދަތުރުކުރުން ރައްކާތެރި ނޫން ގައުމުތަކުގެ ލިސްޓް، ނުވަތަ "ރެޑް ލިސްޓް"ގައި ރާއްޖޭގެ ނަން އޮތީ، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ފަރުވާ ކުޑަކޮށްލައި، އެކަމާ ބެހޭ ޑޮކިއުމެންޓްތަކެއް ނުފޮނުވައިގެން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، އެ ލިސްޓުން ރާއްޖޭގެ ނަން އުނިކުރުމަށްޓަކައި، ރާއްޖެ އިން ސާމްޕަލްތައް ފޮނުވަނީ ތައިލެންޑަށް ކަމަށާއި ލިސްޓުން އުނިނުކުރެވި އޮތީ، ތައިލެންޑުން ދޭ ލިޔެކިޔުންތަކެއް އިނގިރޭސި ވިލާތަށް ނުފޮނުވިގެން ކަމަށެވެ.
"ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ޔޫކޭ އިން އެ ލިސްޓް ރިވިއު ކުރާނެ. މީގެ ދެ ދުވަސް ކުރިން އެ މީހުން ނެރުނު ރިވިއުގައި އަނެއްކާ ވެސް އޮތީ ރެޑް ލިސްޓްގައި. 'އެމްބާ" ލިސްޓަށް ނާރާ އޮންނަތާ މިހާރު ދެ މަސްވީ،" އޭނާ ވިދާޅުވި އެވެ.
ޔޫކޭ އަކީ ކޮވިޑްގެ ކުރިން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި، އަދި ރާއްޖެ އަށް އެންމެ މުހިންމު މަންޒިލް ވެސް މެ އެވެ. އެންމެ ފަހުން ނެރުނު ރިވިއުގައި ވެސް ރާއްޖެ ރެޑް ލިސްޓްގައި ހިމެނިފައި ވާތީ، އެ ގައުމުން ރާއްޖެ އަށް ދަތުރުކުރާ މީހުން އެނބުރި ގައުމަށް ގޮސް 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހޭނެ އެވެ. އެހެންވެ، އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައި އޮއްވައި، ޔޫކޭ އިން ނެރުނު ރިވިއުގައި އިންޑިއާ ފަދަ ގައުމުތައް ވެސް ރެޑް ލިސްޓުން ވަނީ ނަގައިފަ އެވެ.
މި ލިސްޓުން ނަން އުނިކުރަން ޖެހެނީ ޑަބްލިއުއެޗްއޯ ގަބޫލުކުރާ ތަނަކުން ހަދާ ޓެސްޓްތަކަށް ފަހު، ލިބޭ ނަތީޖާތައް ހުށަހަޅައިގެންނެވެ. ރާއްްޖެ އިން މިހާތަނަށް ސާމްޕަލް ފޮނުވަމުން އަންނަނީ ބެންކޮކަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކަމާ ބެހޭ ގޮތުން އެޗްޕީއޭގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ވެސް ސީކުއިންސިން ކުރިއަށް ގެންދިޔައީ ޑަބްލިއުއެޗްއޯ ރިކޮގްނައިޒްޑް ބޭރުގެ ލެބްތަކަށް ފޮނުވައިގެން ކަމަށެވެ.
"މިހެން ފޮނުވާފައި ނަތީޖާ ލިބުމުގައި ފުދޭ ވަރަކަށް ގިނަ ދުވަސްވޭ. އަޅުގަނޑުމެން މި ފޮނުވާ ނަތީޖާތައް އަޕްލޯޑް މި ކުރަނީ ވަކި ވެބްސައިޓަކަށް. [އެކަމަކު] ޓެސްޓްކުރި ސީކުއެންސް ލެބުން އަޕްލޯޑުކޮށްފައި އޭތި ފެނުމުގެ ކުޑަ އިޝޫއެއް މި ވަގުތު މި އުޅެނީ،" ނަޒްްލާ ވިދާޅުވި އެވެ.
"ޔޫކޭއިން ޓްރެވެލް ކެޓަގަރީތަކަށް ބަލާއިރު ބަލާ ސީކުއެންސް ކުރެވޭ އަދަދަށް، އެ މިންވަރަށް ޓެސްޓުކުރެވޭލެއް މަދު ކަމަށް ފާހަގަކުރެވެނީ. މިއާއެއްކޮށް ސީކުއެންސިން ސެޓަޕް ހެދުމުގެ ކުރިން ސާމްޕަލް ޓެސްޓްކުރުމަށް ފޮނުވުމުގެ މަސައްކަތް އެބަ ދޭ. ބައެއް އިތުރު ލެބްތަކާ އެކު ވެސް އިތުރު ސާމްޕަލް ފޮނުވުމުގެ މަސައްކަތް ކުރުމުގެ އެރޭންޖްމަންޓް އެބަދޭ. ޓާގެޓަކީ، ކޮންމެ މަހަކު ވެސް ޕޮޒިޓިވްވާ ސާމްޕަލްތަކުގެ މަދުވެެން ފަސް ޕަސެންޓް ސާމްޕަލް ސީކުއެންސް ކުރުން."
ޔޫކޭގެ ޓޫރިސްޓުން ފްލައިޓްތައް ފުރާލާނެ: މައުސޫމް
ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ސަލާމަތްވެއްޖެ
ޔޫކޭއިން މި ފަހަރު ވެސް ރާއްޖެ އަށް ލުޔެއް ނުދިން
ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނަގާނެ ކަމަށް ލަފާކޮށްފި
ޔޫކޭގެ ރެޑްލިސްޓްގައި ރާއްޖެ ހިމަނައިފި
"އައްޑޫ މީހުންގެ ޖީބަށް ވަންނާނީ ޕައުންޑު"
ބޮޑު ލުޔަކާއެކު، ޔޫކޭގެ ޓޫރިސްޓުންގެ އަދަދު މައްޗަށް
އިނގިރޭސި ވިލާތުގައި ރާއްޖެ އިޝްތިހާރުކުރަނީ
ގެނބިގެން، މި މަހު ތިންވަނަ ޓޫރިސްޓަކު މަރުވެއްޖެ
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު