Roadha Mihaaru

ޔުގެންޑާގެ 80 އަހަރުގެ ރައީސް 40 އަހަރުގެ ވެރިކަމުގައި އިތުރު ދައުރަކަށް

ޔުގެންޑާގައި ވެރިކަން ކުރައްވާތާ ސާޅީހަކަށް އަހަރު ވެފައިވާ ރައީސް ޔޮވޭރީ މުސެވޭނީ، ވެރިކަންކުރާ ޕާޓީގެ ފަރާތުން، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި އުމުރުން 80 އަހަރުގައި ކަނޑައަޅައިފި އެވެ.

ވެރިކަމުގައި 40 އަހަރަށް ފަހު ވެސް އާ ދައުރަކަށް

ޔުގެންޑާގައި ވެރިކަން ކުރައްވާތާ ސާޅީހަކަށް އަހަރު ވެފައިވާ ރައީސް ޔޮވޭރީ މުސެވޭނީ، ވެރިކަންކުރާ ޕާޓީގެ ފަރާތުން، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި އުމުރުން 80 އަހަރުގައި ކަނޑައަޅައިފި އެވެ.

މިކަން ގަބޫލުކުރައްވައި މުސެވޭނީ ދެއްވި ތަގުރީރުގައި ވިދާޅުވީ އެ ގޮވާލުމަށް އިޖާބަ ދެއްވާނެ ކަމަށާއި އިންތިހާބުވެއްޖެ ނަމަ، ޔޫގެންޑާ އަކީ "މެދު ފަންތީގެ އާމްދަނީ ބޮޑު ގައުމަކަށް" ބަދަލުކުރުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

މުސެވެނީއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ 1986 ވަނަ އަހަރު ބަޣާވާތުގެ ލީޑަރެއްގެ ހައިސިއްޔަތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މުސެވެނީ ވެރިކަން ކުރައްވަނީ ގޮށްމުށުގެ ބާރުން ކަމަށެވެ.

އެ ހިސާބުން ފެށިގެން ކޮންމެ އިންތިހާބެއް ވެސް ކާމިޔާބު ކުރައްވާފައިވާ އިރު، މަގާމުގައި ދެމި ހުންނެވުމަށް ގާނޫނުއަސާސީން ވަނީ ރައީސްގެ އުމުރު ކަނޑައެޅުމުގެ މާއްދާ އާއި އެންމެ ގިނަވެގެން ވެރިކަން ކުރެއްވޭނެ މުއްދަތު ކަނޑައެޅުމުގެ މާއްދާތައް ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފަ އެވެ.

އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މުސެވެނީގެ ބޮޑު ވާދަވެރިއަކަށް ވާނީ ޕޮޕް ތަރިއެއްގެ ގޮތުގައި ހުރުމަށް ފަހު ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެންނެވި ބޮބީ ވައިން ކަމަށް ބެލެވެ އެވެ.

ވައިން މިދިޔަ އޭޕްރީލް މަހު ބީބީސީއަށް ވިދާޅުވި ގޮތުގައި އޭނާގެ ޕާޓީ، ނޭޝަނަލް ޔުނިޓީ ޕްލެޓްފޯމުން ނޮމިނޭޝަން ލިބިއްޖެ ނަމަ މުސެވެނީއާ ވާދަކުރައްވާނެ އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އަނިޔާވެރިކަން އިތުރުވަމުންދާތީ އިދިކޮޅުގައި ހުރުމަކީ ފަސޭހަ ކަމެއް ނޫން ކަމެކެވެ.