Roadha Mihaaru

ދަ ވީކެންޑުން ޔުގެންޑާގެ ހެލްތު ސެންޓަރަަކަށް 100،000 ޑޮލަރު ހަދިޔާކޮށްފި

އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒާ މިހާރު ރައްޓެހިވެގެން އުޅޭ ކެނެޑާގެ ލަވަ ކިޔުންތެރިޔާ ދަ ވީކެންޑް، ޔުގެންޑާގެ ސިއްހީ މަރުކަޒަކަށް 100،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

ދަ ވީކެންޑްގެ ބޮޑު އެހީއެއް ޔުގެންޑާގެ ހެލްތު ސެންޓަރަކަށް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

02 ޖޫން 2017

އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒާ މިހާރު ރައްޓެހިވެގެން އުޅޭ ކެނެޑާގެ ލަވަ ކިޔުންތެރިޔާ ދަ ވީކެންޑް، ޔުގެންޑާގެ ސިއްހީ މަރުކަޒަކަށް 100،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

އޭނާ ބޮޑު އެހީއެއް ދިނީ ޔުގަންޑާގެ ބުންޑޯޑޯގެ ސޫބީ ހެލްތު ސެންޓަރަށެވެ. އެތަނަކީ މާބަނޑު މީހުންނާއި ކުޑަކުދިންނަށް ސިއްހީ ހިދުމަތް ދެމުން އަންނަ ސެންޓަރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދަ ވީކެންޑް ދިން އެހީން މައިގަނޑު ކަމަކަށް ކުރާނެ ކަމަކީ މާބަނޑު މީހުންގެ ކްލިނިކްގެ ޖާގަ މިހާރަށް ވުރެ ބޮޑު ކުރުމެވެ.

މިހާރު އެތަނުން ހިދުމަތް ދެވެނީ އަހަރަކު 56،000 މީހުންނަށް ކަމަށް ވިޔަސް، ޖާގަ އިތުރު ކުރުމުން 260،000 މީހުންނަށް ހިދުމަތް ދެވޭނެ އެވެ.

ދަ ވީކެންޑާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ޔުގެންޑާ އަށް ބޮޑު އެހީއެއް ދޭން ނިންމީ އެ ގައުމަށް އެހީވާން އޭނާގެ ގާތް ރައްޓެއްސެއް ކަމަށްވާ އަދި މޮރޮކޯ އަށް އުފަން އެމެރިކާގެ ހިޕް-ހޮޕް އާޓިސްޓް ފްރެންޗް މޮންޓާނާ ހިންގާ ކެމްޕޭނަކާ ގުޅިގެން ކަމަށެވެ.

މޮންޓާނާ ވަނީ "އަންފޮގެޓަބަލް" ގެ ނަމުގައި އޮންލައިން ކެމްޕޭނެއް ލޯންޗްކޮށް، ސޫބީ އަށް 100،000 ޑޮލަރުގެ އެހީއެއް ދީީފަ އެވެ. މި ކެމްޕޭންގެ މަގުސަދަކީ ޔުގެންޑާގެ ސިއްހީ ދާއިރާ އަށް ބޭނުންވާ ތަފާތު ވަސީލަތްތައް ހޯދައި އެހީތެރިކަން ފޯރުކޮށް ދިނުމެވެ.