Roadha Mihaaru
ޓޭލާ އާއި ސެލީނާ އެކުގައި ޗުއްޓީއަށް

ޓޭލާ އާއި ސެލީނާ އެކުގައި ޗުއްޓީއަށް

18 ސެޕްޓެމްބަރ 2023

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިން އަދި ވަރަށް ގާތް ދެ އެކުވެރިން ވެސް ކަމަށްވާ ޓޭލާ ސްވިފްޓާއި ސެލީނާ ގޯމޭޒް އެކުގައި ޗުއްޓީ ހޭދަކޮށްފި އެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިން އަދި ވަރަށް ގާތް ދެ އެކުވެރިން ވެސް ކަމަށްވާ ޓޭލާ ސްވިފްޓާއި ސެލީނާ ގޯމޭޒް އެކުގައި ޗުއްޓީ ހޭދަކޮށްފި އެވެ.

އެ ދެ ތަރިން ޗުއްޓީ ހޭދަކުރީ އެމެރިކާގެ ރޮޑް އައިލެންޑްގައި ހުންނަ ޓޭލާގެ ހޮލިޑޭ ހައުސްގަ އެވެ.

އެ ޗުއްޓީ ދަތުރުގެ ތެރެއިން ބީޗުގައި ކާން ތިބެ، ދެ ތަރިން ނަގާފައިވާ ސެލްފީއެއް ވަނީ ސެލީނާގެ އިންސްޓަގްރާމް ޕޯސްޓެއްގައި ހިއްސާކޮށްފަ އެވެ.

"މިއީ މަގޭ ބެސްޓް ފްރެންޑް، ވަރަށް ގަދަވާނެ،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.

ޓޭލާ އާއި ސެލީނާ އެކުގައި ޗުއްޓީ ހޭދަކުރަން ދިޔައީ މިދިޔަ ހަފުތާގައި ބޭއްވި އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފުލާގައި ބައިވެރިވުމަށް ފަހުގަ އެވެ. އެ ހަފުލާގައި މިފަހަރު އެންމެ ގިނަ އެވޯޑު ލިބުނީ ވެސް ޓޭލާ އަށެވެ.

ސެލީނާ އަށް ވެސް މިފަހަރު އެ ހަފުލާގައި އެއް އެވޯޑު ލިބުނެވެ. އެއީ އޭނާގެ "ކާމް ޑައުން" ލަވައަށް ލިބުނު ބެސްޓް އެފްރޯބީޓްސްގެ އެވޯޑެވެ.