08 ނޮވެމްބަރ 2022
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމެޒް އާއި އޭނާއަށް ކިޑްނީ ހަދިޔާކުރި އެންމެ ގާތް އެކުވެރިޔާ ފްރާންސިއާ ރައިސާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމެޒް އާއި އޭނާއަށް ކިޑްނީ ހަދިޔާކުރި އެންމެ ގާތް އެކުވެރިޔާ ފްރާންސިއާ ރައިސާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ.
ފްރާންސިއާ ރައިސާ ވަނީ 2017 ވަނަ އަހަރު އޭނާގެ އުމުރުން 30 އަހަރުގައި ސެލީނާ އަށް އޭނާގެ އެއް ކިޑްނީ ހަދިޔާކޮށްފަ އެވެ.
މި ފަހުން ސެލީނާ ނެރުނު އޭނާގެ ޑޮކިއުމެންޓްރީގައި އޭނާގެ ސިއްހަތާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. ނަމަވެސް އެއްވެސް ވަރަކަށް ފްރާންސިއާ ރައިސާގެ ވާހަކަ ގެނެސްފައި ނުވިޔަސް، ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓަކީ ހަމައެކަނި އޭނާގެ ހުރި ސެލެބްރިޓީ ރަހުމަތްތެރިޔާ ކަމަށް ބުނެފައިވެ އެވެ.
މި ސަބަބާހުރެ، ފްރާންސިއާ ރައިސާ ވަނީ އިންސްޓަގްރާމުން ސެލީނާ އަންފޮލޯ ކޮށްފަ އެވެ.
އާދިއްތަ ދުވަހު ޓިކްޓޮކްގައި ފްރާންސިއާ ރައިސާ، ސެލީނާ އިންސްޓަގްރާމުން އަންފޮލޯކުރި ކަމުގެ ވީޑިއޯއަކަށް ސެލީނާ ވަނީ "އައިރޯލް" އިމޯޖީ އަކާ އެކު ކޮމެންޓެއް ވެސް ކޮށްފަ އެވެ. އަދި އޭނާ ދަންނަ އެންމެންގެ ވާހަކަ އެ ޑޮކިއުމެންޓްރީގައި ނުދައްކާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފްރާންސިއާ ރައިސާ ފަހުން ވަނީ އޭނާގެ ކޮމެންޓު ޑިލީޓް ކޮށްފަ އެވެ. ނަމަވެސް ސެލީނާ އަދިވެސް އިންސްޓަގްރާމުން އޭނާ ފޮލޯއެއް ކުރެ އެވެ.
ޓޭލާ އާއި ސެލީނާ އެކުގައި ޗުއްޓީއަށް
ގޯމޭޒް އުޅޭ ސީރީޒްގެ 3ވަނަ ސީޒަންގެ ޓްރެއިލާ
ސޯޝަލް މީޑީއާއާ ދުރުގައި ހުރުމަކީ ނަފުސަށްވާ ފައިދާއެއް
އެވޯޑް ހަފުލާގައި ސެލީނާ އުޅުނީ ހުސް ފަޔާ
މި އަހަރުގެ އޮސްކާ ސެލީނާ ހޯސްޓްކޮށްފާނެ
ހޮލީވުޑްގެ އާ ލޯބިވެރިންނަކީ ކްރިސް އާއި ސެލީނާ؟
ޝޭމްޕޫ އިޝްތިހާރެއްގައި ސެލީނާ އާއި ޕްރިޔަންކާ
ސިޔާސީ ދެބަސްވުމެއްގައި ޖޯޖް އާއި އާމާލް ވަރިފަށަށް
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"