06 އެޕްރީލް 2022
ހަތަރު އަހަރު ވަންދެން ސޯޝަލް މީޑިއާއާ ދުރަށް ދިޔުމުން ނަފުސާނީ ދުޅަހެޔޮ ކަމަށް ވަރަށް ފައިދާ ކުރި ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް އަދި ޕޮޕް ޕްރިންސެސްއެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ސެލީނާ ގޮމޭޒް ބުނެފި އެވެ.
ހަތަރު އަހަރު ވަންދެން ސޯޝަލް މީޑިއާއާ ދުރަށް ދިޔުމުން ނަފުސާނީ ދުޅަހެޔޮ ކަމަށް ވަރަށް ފައިދާ ކުރި ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް އަދި ޕޮޕް ޕްރިންސެސްއެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ސެލީނާ ގޮމޭޒް ބުނެފި އެވެ.
ކާޑޭޝިއަން އާއި ޖެނާ އާއިލާ އިން އިންސްޓަގްރާމް ހިސޯރުކުރުމުގެ ކުރިން އެ ސޯޝަލް މީޑިއާގެ ރާނީ އަކީ ސެލީނާ އެވެ. ނަމަވެސް އެހާ ބޮޑު ޕްލެޓްފޯމެއް އޮތުމުގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ކޮންމެ ވެސް ވަރަކަށް އަސަރު ކުރި ކަމަށް ސެލީނާ ބުނެފައިވެ އެވެ.
އެއާ އެކު 2018 ވަނަ އަހަރުގައި ސެލީނާ ސޯޝަލް މީޑިއާއާ ދުރަށް ދިޔަ އެވެ. އަދި އެއަށް ފަހު މިހާރު ސޯޝަލް މީޑިއާ އަށް އެނބުރި އައިސްފައިވާއިރު، އެވީ މުއްދަތުގެ ތެރޭގައި އޭނާ އަށް ވަރަށް ގިނަ ކަންތައްތައް ދަސްވެފައިވާ ކަމަށް ވެސް ބުންޏެވެ.
"ސޯޝަލް މީޑިއާ އާ ދުރަށް ޖެހުމުން އަހަރެންގެ މުޅި ހަޔާތް ބަދަލު ކޮށްލައިފި. އަމިއްލަ ހަޔާތުގެ އެކި ކަންތަކާއި ނަފުސާނީ ދުޅަހެޔޮ ކަމަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވޭ،" ގުޑް މޯނިން އެމެރިކާ އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ސެލީނާ ބުންޏެވެ.
އިންޓަނެޓާއި ސޯޝަލް މީޑިއާ އަކީ މުހިންމު އެއްޗެއް ކަމަށް ގަބޫލުކުރިޔަސް، އެއާ ދުރުގައި ހުރުމުގެ ސަބަބުން އޭނާ އަށް ކޮށްފައި ވަނީ ފައިދާ ކަމަށް ވެސް ބުންޏެވެ.
ސެލީނާ ބުނާ ގޮތުގައި، ސޯޝަލް މީޑިއާއާ ދުރުގައި ހުރުމުގެ ސަބަބުން އާއިލާ އާއި އެކުވެރިންނާ ދެމެދު އޮތް ގުޅުން ވެސް ވަރުގަދަވި އެވެ. އަދި އެމީހުންނާ ބައްދަލުކޮށް، އެމީހުންގެ ދިރިއުޅުމުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑަށް ލިބުނު ކަމަށް ބުންޏެވެ.
ހޮލީވުޑްގެ އާ ލޯބިވެރިންނަކީ ކްރިސް އާއި ސެލީނާ؟
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ބްރެޑް އާއި އެންޖެލީނާ ދިމާނުވާނެ ގޮތް ހަދައިފި
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
ގްލެން ޕަވަލް ޑިގްރީއަށް ކިޔަވަން ފަށައިފި
ނޯޓްބުކްގެ އެކްޓަރު ޖީނާ އަލްޒައިމާ ބަލީގައި
ދޭވްއާ އެކު މަސައްކަތްކުރަން ޖެނިފާ ވަރަށް ބޭނުންވޭ