Roadha Mihaaru
ގޯމޭޒް އުޅޭ ސީރީޒްގެ 3ވަނަ ސީޒަންގެ ޓްރެއިލާ

ސެލީނާ ގޯމޭޒް އުޅޭ ސީރީޒްގެ ތިންވަނަ ސީޒަންގެ ޓްރެއިލާ ނެރެފި

28 ޖުލައި 2023

އެމެރިކާގެ ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އުޅޭ ހުލޫގެ ސީރީޒް "އޮންލީ މާޑާސް އިން ދަ ބިލްޑިން"ގެ ތިންވަނަ ސީޒަންގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އުޅޭ ހުލޫގެ ސީރީޒް "އޮންލީ މާޑާސް އިން ދަ ބިލްޑިން"ގެ ތިންވަނަ ސީޒަންގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

އެ ސީރީޒްގެ ފުރަތަމަ ދެ ސީޒަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

މީހުންގެ މަރުގެ ހަގީގަތް ހޯދައި، ޕޮޑްކާސްޓް މެދުވެރިކޮށް އާންމުންނަށް އެކަމުގެ ހަގީގަތް ތިލަކޮށްދޭ މި ސީރީޒްގެ ލީޑު ރޯލުން ސެލީނާއާ އެކު، ދެން ފެންނަނީ ސްޓީވެން މާޓިން އަދި މާޓިން ޝޯޓް އެވެ.

އާ ސީޒަންގައި ދައްކާނީ ބްރޮޑްވޭ ޝޯއެއްގެ ތެރެއިން ހިނގާ މަރެއްގެ ހަގީގަތް ހޯދަން އެ މީހުން ކުރާ ކަންކަމެވެ.

މިފަހަރުގެ އާ ސީޒަން ހާއްސަ ވަނީ މުހިންމު ރޯލުތަކުން އެމެރިކާގެ ކުޅަދާނަ އެކްޓްރެސް މެރިލް ސްޓްރީޕް އާއި އެކްޓަރު ޕޯލް ރޮޑް ފެންނާނެތީ އެވެ.

އާ ސީޒަން ސްޓްރީމް ކުރަން ފަށަނީ އަންނަ މަހު އަށެއްގަ އެވެ.