30 މެއި 2023
އެޗްބީއޯ އިން ގެނެސްދިން މަޝްހޫރު ސީރީޒް "ސަކްސެޝަން" ފަސް އަހަރު ފަހުން ނިންމާލައިފި އެވެ.
އެޗްބީއޯ އިން ގެނެސްދިން މަޝްހޫރު ސީރީޒް "ސަކްސެޝަން" ފަސް އަހަރު ފަހުން ނިންމާލައިފި އެވެ.
ކާމިޔާބު ހަތަރު ސީޒަން އަދި މިހާތަނަށް "ބެސްޓް ޑްރާމާ"ގެ އެވޯޑު އެމީ އެވޯޑްސްގައި ދެ ފަހަރަށް ހޯދާފައިވާ މި ސީރީޒްގެ ފަހު އެޕިސޯޑް އެޗްބީއޯ އިން ގެނެސްދިނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
"ސަކްސެޝަން" ގެ މަންޒަރެއް؛ ސީރީޒް ބިނާވެފައިވާ ރޯއީ އާއިލާގެ ލޯގަން ރޯއީ ބަލި އެނދުގައި.
މި ސީރީޒް ބިނާކޮށްފައި ވަނީ ރޯއީ އާއިލާ އަށެވެ. "ވޭސްޓާ ރޯއީކޯ" ނަމަކަށް ކިޔާ ބައިނަލްއަގުވާމީ މީޑިއާ އަދި މުނިފޫހިފިލުވުމުގެ މަސައްކަތް ކުރާ ކުންފުންޏެއް އެ އާއިލާގެ ދަށުން ހިންގަ އެވެ. މި ސީރީޒްގައި ރޯއީ އާއިލާގެ އެންމެ އިސް މީހާ ކަމަށްވާ އެ އެންމެންގެ ބައްޕަ ލޯގަން ރޯއީ (ބްރާޔަން ކޮކްސް) ބަލިހާލަތު ގޯސްވާތީ އާއިލީ ވިޔަފާރީގެ ކޮންޓްރޯލް ގެއްލުނަ ނުދޭން އެމީހުން ކުރާ މަސައްކަތް ފެނެ އެވެ.
"ސަކްސެޝަން" ގެ މަންޒަރެއް؛ ލޯގަންގެ ހަމައެކަނި އަންހެން ދަރިފުޅު ޝަވާން (ކ) އަދި އޭނާގެ ފިރިމީހާ ޓޮމް
ފަހު ސީޒަންގައި ލޯގަން މަރުވުމުން، އެ ކުންފުނީގެ ބޯޑުން ހިންގުމާ ހަވާލުވާނީ ކާކުތޯ ކަނޑައަޅަން މަސައްކަތް ކުރެ އެވެ. ސީރީޒް ނިމުނީ ރޯއީ އާއިލާގެ ހަމައެކަނި އަންހެން ދަރިފުޅު ޝަވާން ރޯއީ (ސާރާ ސްނޫކް)ގެ ފިރިމީހާ ޓޮމް ވޭމްބްސްގަންސް (މެތިއު މެކްފޭޑަން) އަށް ކުންފުނީގެ ހިންގުން ލިބުމާއެކު އެވެ.
ޖެސީ އާމްސްޓްރޯންގް އުފައްދާފައިވާ މި ސީރީޒް ޑައިރެކްޓުކޮށްފައި ވަނީ މާކް މައިލޮޑް އެވެ.
އެމީ ނޮމިނޭޝަންތަކުގެ ކުރީގައި "ސަކްސެޝަން"
ދަ ވީކެންޑް އުޅޭ ސީރީޒް އާދިއްތަ ދުވަހު ސްޓްރީމިންނަށް
ވައިޓް ލޮޓަސްގެ ރޯލެއް ކުޅެން ޖެނިފާ ބޭނުންވޭ
ގޭމް އޮފް ތުރޯންސްގެ ޕްރީކުއެލް އޮގަސްޓް 21 ގައި
ވީކެންޑަށް؛ "ބޮބަ ފެޓް" ބަލަން ޖެހޭ
"ހައު އައި މެޓް ޔޯ ފާދާ" ގެ ޓްރެއިލާ ދައްކާލައިފި
"ގޭމް އޮފް ތުރޯންސް" ގެ ޕްރީކްއެލްގެ ޓީޒާއެއް
"ފްރެންޑްސް: ދަ ރިޔުނިއަން" ޒީ ކެފޭ އަށް
"ޕެރަސައިޓް" ސީރީޒް ކުޅޭކަން ރަފަލޯ ކަށަވަރުކޮށް ދީފި
"ޕެރަސައިޓް" ސީރީޒްގެ ރޯލެއް ރަފަލޯ އަށް