Roadha Mihaaru
"ގޭމް އޮފް ތުރޯންސް" ގެ ޕްރީކްއެލްގެ ޓީޒާއެއް

"ގޭމް އޮފް ތުރޯންސް" ގެ ޕްރީކްއެލްގެ ޓީޒާއެއް ދައްކާލައިފި

07 އޮކްޓޯބަރ 2021

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އަދި ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ވަރުގަދަ ސިލްސިލާގެ މަގާމުގައި އޮތް އެޗްބީއޯގެ ގޭމް އޮފް ތުރޯންސް (ޖީއޯޓީ) ގެ ޕްރީކްއެލް "ހައުސް އޮފް ދަ ޑްރެގަން" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އަދި ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ވަރުގަދަ ސިލްސިލާގެ މަގާމުގައި އޮތް އެޗްބީއޯގެ ގޭމް އޮފް ތުރޯންސް (ޖީއޯޓީ) ގެ ޕްރީކްއެލް "ހައުސް އޮފް ދަ ޑްރެގަން" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އާ ސީރީޒްގައި ކިޔައިދޭނީ ޓަގޭރިއަން ދަރިކޮޅުގެ ދިރިއުޅުން ކުރިން އޮތް ގޮތުގެ ވާހަކަ އެވެ. "ހައުސް އޮފް ޑްރަގަން" ބިނާވާނީ ލިޔުންތެރިޔާ އާރްއާރް މާޓިންގެ 2018 ގެ ވާހަކަ "ފަޔާ އެންޑް ބްލަޑް" އަށެވެ. މިއީ ކުރިން ގެނެސްދިން ސިލްސިލާގެ 300 އަހަރު ކުރީގެ ހާދިސާތައް ކިޔައިދޭ އެއްޗެކެވެ.

"ގޭމް އޮފް ތުރޯންސް" ގެ ޕްރީކްއެލްއެއްގެ ގޮތުގައި "ހައުސް އޮފް ދަ ޑްރެގަން" ރަސްމީކޮށް އިއުލާންކޮށް އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކައިލީ 2019 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މި އިއުލާންކުރި ފަހުން "ޖީއޯޓީ" ގެ ފޭނުން މިއަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން ދިޔަ ނަމަވެސް، ގެނެސްދޭން ފަށާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަންނަ އަހަރުހެ ކުރީކޮޅު އެޗްބީއޯ މެކްސް އިން ނެސްދޭނެ "ހައުސް އޮފް ދަ ޑްރެގަން" ގެ ފުރަތަމަ ސީޒަނުގައި 10 އެޕިސޯޑް އެކުލެވޭނެ އެވެ.

ޕްރިކްއެލްގެ ކާސްޓްގައި ޕެޑީ ކޮންޒިޑީން، އެމާ ޑާސީ، އޮލިވިއާ ކުކް، މެޓް ސުމިތު، ރީސް އިފަންސް، ސްޓީވް ޓުޒައިންޓް، އީވް ބެސްޓް، ޖެފާސަން ހޯލް އަދި ބިލް ޕެޓާސަން ފަދަ ފަންނާނުން ހިމެނެ އެވެ.

ދެހާސް އެގަރާގައި ފެށި "ގޭމް އޮފް ތުރޯންސް" 8 ވަނަ ސީޒަނާ އެކު ނިންމައިލީ 2018 ވަނަ އަހަރު އެވެ. ސިލްސިލާ ނިންމައިލީ 73 އެޕިސޯޑާ އެކީގަ އެވެ.