Roadha Mihaaru
ތުރޯންސްގެ ޕްރީކްއެލް އަކީ ހައުސް އޮފް ދަ ޑްރެގަން

"ގޭމް އޮފް ތުރޯންސް" ގެ ޕްރީކްއެލް އަކީ "ހައުސް އޮފް ދަ ޑްރަގަން"

31 އޮކްޓޯބަރ 2019

ބަތަލާ ނިއޯމީ ވަޓްސްއާ އެކު ހަދަން ފެށި "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލް ކެންސަލްކޮށްފައި ވަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރި ދެވަނަ ޕްރިކްއެލްއާ ބެހޭ ބައެއް ތަފުސީލުތައް އެޗްބީއޯ އިން އަންގާރަ ދުވަހު ހާމަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ނިއޯމީ ވަޓްސްއާ އެކު ހަދަން ފެށި "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލް ކެންސަލްކޮށްފައި ވަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރި ދެވަނަ ޕްރިކްއެލްއާ ބެހޭ ބައެއް ތަފުސީލުތައް އެޗްބީއޯ އިން އަންގާރަ ދުވަހު ހާމަކޮށްފި އެވެ.

އެ ނެޓްވޯކްގެ ސްޓްރީމިން ސާވިސް "އެޗްބީއޯ މެކްސް" ލޯންޗްކުރާ ދުވަހާއި އަގު އިއުލާންކުރަން އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވި އިވެންޓްގައި އެޗްބީއޯ ޕްރޮގްރާމިން ޕްރެޑިޑެންޓް ކޭޒީ ބްލޯއިޒް ވިދާޅުވީ މާ މަސްތަކެއް ނުވެ ޕްރިކްއެލް އެޗްބީއޯ އަށް އަންނާނެ ކަމަށެވެ.

އޭގެ ނަމަކީ "ހައުސް އޮފް ދަ ޑްރަގަން" އެވެ. އަދި ޕްރިކްއެލްގެ ފަސްޓްލުކް ޕޯސްޓަރު ވެސް ވަނީ ދައްކާލައިފަ އެވެ.

ބްލޯއިޒް ވިދާޅުވި ގޮތުގައި އޭގައި ކިޔައިދޭނީ ޓަގޭރިއަން ދަރިކޮޅުގެ ދިރިއުޅުން ކުރިން އޮތް ގޮތުގެ ވާހަކަ އެވެ. "ހައުސް އޮފް ޑްރަގަން" ބިނާވާނީ ލިޔުންތެރިޔާ އާރްއާތް މާޓިންގެ "ފަޔާ އެންޑް ބްލަޑް" އަށެވެ. މިއީ ކުރިން ގެނެސްދިން ސިލްސިލާގެ 300 އަހަރު ކުރީގެ ހާދިސާތައް ކިޔައިދޭ ވާހަކައެކެވެ.

"ހައުސް އޮފް ޑްރަގަން" ގެ ގެނެސްދޭނީ ގިނަ ބައެއްގެ މަގުބޫކުލުން ހޯދި ސިލްސިލާ "ކޮލޮނީ" ގެނެސްދިން ރަޔަން ޖޭ ކޮންޑާލް އާއި މިގްއެލް ސެޕޯޗްނިކެވެ. ސީރީޒް ސްކްރިންޕްލޭ ލިޔާނީ ކޮންޑާލެވެ.

"މި ޕްރޮޖެކްޓް އިއުލާންކުރުމަކީ އެޗްބީއޯ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ބްލޯއިޒް ވިދާޅުވި އެވެ.

ނަން އިއުލާންނުކޮށް ނިއޯމީއާ އެކު މިދިޔަ ޖޫން މަހުގެ ތެރޭގައި ހަދަން ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށި "ގޭމް އޮފް ތުރޯންސް" ޕްރިކްއެލްގެ މަސައްކަތް ހުއްޓާލިކަން އޭގެ ކާސްޓަށް އެގްޒެކެޓިވް ޕްރޮޑިއުސަރު ޖޭން ގޯލްޑްމަން އީމެއިލުން އަންގާފައިވާ ކަމަށް ހޮލީވުޑް ރިޕޯޓާ އިން ބުންޏެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެޗްބީއޯ އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ދެހާސް އެގަރާގައި އެޗްބީއޯ އިން ގެނެސްދޭން ފެށި "ގޭމް އޮފް ތުރޯންސް" 8 ވަނަ ސީޒަނާ އެކު ނިންމައިލީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ސިލްސިލާ ނިންމައިލި އިރު ޖުމްލަ 73 އެޕިސޯޑް ގެނެސް ދީފައިވެ އެވެ.