Roadha Mihaaru
"ތުރޯންސް" ގެ އިތުރު ޕްރިކްއެލްއެއް

"ގޭމް އޮފް ތުރޯންސް" ގެ އިތުރު ޕްރިކްއެލްއެއް

16 ސެޕްޓެމްބަރ 2019

މި އަހަރުގެ ކުރީކޮޅު ނިންމައިލި އެޗްބީއޯގެ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލްއެއްގެ ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ޖޫން މަހުގެ ތެރޭގައި ފަށާފައި ވަނިކޮށް، ސިލްސިލާގެ ދެވަނަ ޕްރިކްއެލްއެއްގެ މަސައްކަތް ވެސް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރީކޮޅު ނިންމައިލި އެޗްބީއޯގެ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލްއެއްގެ ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ޖޫން މަހުގެ ތެރޭގައި ފަށާފައި ވަނިކޮށް، ސިލްސިލާގެ ދެވަނަ ޕްރިކްއެލްއެއްގެ މަސައްކަތް ވެސް ފަށައިފި އެވެ.

ވެރައިޓީން ބުނިގޮތުގައި މި ޕްރިކްއެލްގެ މައިގަނޑު ވާހަކަ އެނބުރޭނީ ޓަގޭރިއަން ދަރިކޮޅުގެ ކެރެކްޓާތަކުގެ ވަށައިގެންނެވެ. އެ ނޫހުން ބުނި ގޮތުގައި މި ޕްރިކްއެލްގެ މަސައްކަތް ކުރިއަށް ދަނީ "ގޭމް އޮފް ތުރޯންސް" ގެ ވާހަކަ ލިޔުންތެރިޔާ އާރްއާރް މާޓިން އާއި ކުރީގެ ސިލްސިލާ "ކޮލޮނީ" އެއް މޭސްތިރިޔާ އަދި ޕްރޮޑިއުސަރު ރަޔަން ކޮންޑާލްގެ ބެލުމުގެ ދަށުންނެވެ.

ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަ ދައްކަން މާޓިން ވަނީ ދެކޮޅު ހަދައިފަ އެވެ. އަލަށް ހަދަން ފެށި "ގޭމް އޮފް ތުރޯންސް" ގެ ދެވަނަ ޕްރިކްއެލްއާ ބެހޭ މާ ބޮޑު ތަފުސީލެއް ހިއްސާއެއްނުކުރެ އެވެ. އެހެންވެ މީގެ ކާސްޓާއި ޑައިރެކްޓަރާއި ސީރީޒްގައި ހިމެނޭ އެޕިސޯޑްގެ އަދަދެއް ވެސް އަދި ސާފެއް ނުވެ އެވެ.

"ގޭމް އޮފް ތުރޯންސް" ގެ ވާހަކަ އިތުރު ފަސް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން އެޗްބީއޯ އިން ނިންމާފައިވާ އިރު، ޖޫން މަހު ޝޫޓިން ފެށި ސީރީޒްގެ މައިގަނޑު އެއް ތަރިއަކީ ނިއޯމީ ވޮޓްސް އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ޖޯޝް ވައިޓްހައުސް، ޑެނިސް ގޯ، ނައޯމީ އޭކީ، ޖެމީ ކޭމްޕްބެލް ބޯއާ، ޝީލާ އެޓިމް، އިވާނޯ ޖެރެމިއާ، ޖީޖޯ ހެންލީ، އެލެކްސް ޝާޕް، ޓޯބީ ރެގްބޯ އަދި މިރަންޑާ ރިޗަޑްސަން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސީރީޒް ދައްކަން ފަށާނީ 2021 ގަ އެވެ.

ދެހާސް އެގާރައިގައި ނެސްދޭން ފެށި "ގޭމް އޮފް ތުރޯންސް" 8 ވަނަ ސީޒަންގެ ހަ އެޕިސޯޑާ އެކި ނިންމައިލީ މެއި މަހުގެ 19 ގަ އެވެ. ފަހު ސީޒަނަށް ބެލުންތެރިންގެ ބޮޑު ފާޑުކިޔުނތަކެއް އަމާޒުވި އިރު، މި ސިލްސިލާ ނިންމައިލީ ބެލުންތެރިންނަށް ގެނެސްދިން ޖުމްލަ 73 އެޕިސޯޑާ އެކީގަ އެވެ.