Roadha Mihaaru
ގޭމް އޮފް ތުރޯންސްގެ ޕްރީކުއެލް އޮގަސްޓް 21 ގައި

ގޭމް އޮފް ތުރޯންސްގެ ޕްރީކުއެލް އޮގަސްޓް 21 ގައި

01 އެޕްރީލް 2022

އެޗްބީއޯގެ އެންމެ ހިޓުވި ފެންޓަސީ ސީރީޒް "ގޭމް އޮފް ތުރޯންސް" ގެ ޕްރީކުއެލް "ހައުސް އޮފް ދަ ޑްރެގަން" މި އަހަރު އޮގަސްޓް 21 ގައި ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.

އެޗްބީއޯގެ އެންމެ ހިޓުވި ފެންޓަސީ ސީރީޒް "ގޭމް އޮފް ތުރޯންސް" ގެ ޕްރީކުއެލް "ހައުސް އޮފް ދަ ޑްރެގަން" މި އަހަރު އޮގަސްޓް 21 ގައި ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.

އެޗްބީއޯ އިން ބުނީ އެމީހުންގެ ސްޓްރީމިން ޕްލެޓްފޯމް އެޗްބީއޯ މެކްސް އިން ގެނެސްދޭ އެ ސީރީޒްގައި ދައްކާނީ "ގޭމް އޮފް ތުރޯންސް" ގައި ހިނގި ކަންތައްތަކުގެ 300 އަހަރު ކުރިން ވެސްޓްރޮސްގައި ރަސްކަންކުރި ޓަގޭރިއަން ދަރިކޮޅުގެ ދިރިއުޅުމެވެ. އެ ދަރިކޮޅުން އެމީހުންގެ ބާރު ދެމެހެއްޓީ ޑްރެގަންތަކުގެ ބާރުގަ އެވެ.

"ހައުސް އޮފް ދަ ޑްރަގަން" ބިނާކޮށްފައި ވަނީ ހަމަ ގޭމް އޮފް ތުރޯންސްގެ ލިޔުންތެރިޔާ އާރްއާރް މާޓިންގެ 2018 ގެ ނެރުނު "ފަޔާ އެންޑް ބްލަޑް" ވާހަކަ އަށެވެ. އެ ސީރީޒްގެ ޓީޒާ ޓްރެއިލާ ވެސް ނެރެފައިވެ އެވެ.

މާޓިން އާއި ރަޔަން ޖޭ ކޮންޑާލް ޕްރޮޑިއުސްކުރާ "ހައުސް އޮފް ދަ ޑްރެގަން" ގެ ފުރަތަމަ ސީޒަނުގައި 10 އެޕިސޯޑް ގެނެސްދޭނެ އެވެ. އެ ސީރީޒްގެ ލީޑު ކާސްޓްގައި ހިމެނެނީ ޕެޑީ ކޮންޒިޑީން، އެމާ ޑާސީ، އޮލިވިއާ ކުކް، މެޓް ސުމިތު، ރީސް އިފަންސް، ސްޓީވް ޓުޒައިންޓް، އީވް ބެސްޓް، ޖެފާސަން ހޯލް އަދި ބިލް ޕެޓާސަން އެވެ.

ޖުމްލަ އަށް ސީޒަން ދެއްކުމަށް ފަހު، 2011 ގައި ފެށި ގޭމް އޮފް ތުރޯންސް ނިންމާލީ، 2018 ގަ އެވެ. އޭގެ ހަތް ސީޒަނަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ފަހު ސީޒަން ނިންމާލި ގޮތް ކަމުނުގޮސްގެން ފޭނުން އަދިވެސް ތިބީ ރުޅިގަދަވެފަ އެވެ.