Roadha Mihaaru
"ހައު އައި މެޓް ޔޯ ފާދާ" ގެ ޓްރެއިލާ ދައްކާލައިފި

"ހައު އައި މެޓް ޔޯ ފާދާ" ގެ ޓްރެއިލާ ދައްކާލައިފި

19 ޑިސެމްބަރ 2021

ސީބީއެސްގެ ކުރީގެ މަޝްހޫރު ސިޓްކޮމް "ހައު އައި މެޓް ޔޯ މަދާ" ގެ ސީކްއެލް "ހައު އައި މެޓް ޔޯ ފާދާ" އަންނަ މަހުގެ 18 ގައި ހޫލޫ އިން ސްޓްރީމް ކުރާނެކަން މިދިޔަ މަހު އިއުލާންކުރުމަށް ފަހު، އޭގެ ފުރަތަމަ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސީބީއެސްގެ ކުރީގެ މަޝްހޫރު ސިޓްކޮމް "ހައު އައި މެޓް ޔޯ މަދާ" ގެ ސީކްއެލް "ހައު އައި މެޓް ޔޯ ފާދާ" އަންނަ މަހުގެ 18 ގައި ހޫލޫ އިން ސްޓްރީމް ކުރާނެކަން މިދިޔަ މަހު އިއުލާންކުރުމަށް ފަހު، އޭގެ ފުރަތަމަ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިއުލާންކުރި ސިޓްކޮމްގެ ވާހަކަ މި ފަހަރު ބިނާކޮށްފައި އޮތީ ބަތަލާ ހިލަރީ ޑަފް ކުޅެފައިވާ ކެރެކްޓާގެ ސޯފީގެ ނަޒަރިއްޔާތުންނެވެ. "ހައު އައި މެޓް ޔޯ ފާދާ" ގެ ކާސްޓްގައި ފްރާންޝިއާ ރައިޒާ، ސޫރަޖް ޝަރުމާ (ލައިފް އޮފް ޕައިގެ އެކްޓަރު)، ޓިއެން ޓްރަން، ކްރިސް ލޮވެލް އަދި ޓޮމް އައިންޒްލީ ހިމެނެ އެވެ.

މިއީ އިސާކް އެޕްޓޭކާ އާއި އެލިޒަބަތު ބާގާ މޭސްތިރިކަމުގެ ދަށިން ގެނެސްދޭ އެއްޗެކެވެ.

"ހައު އައި މެޓް ޔޯ ފާދާ" ގެ ވާހަކަ ވެސް ބިނާކޮށްފައި އޮތީ ހަމަ "ހައު އައި މެޓް ޔޯ މަދާ" އާ ދާދި އެއްކަހަލަ ގޮތަކަށެވެ. އަދި ބެލުންތެރިން ޝައުގުވެރިވާ ކަހަލަ އެތައް ކަމެއް މިއިން ފެންނާނެ އެވެ. ޓްރެއިލާ އިން ފެންނަ ގޮތުގައި މިއީ ހަމަ ޔަގީނުން ވެސް ބެލުންތެރިންގެ މޫނުމައްޗަށް އުފާވެރިކަން ގެނުވައިދޭ ކަހަލަ އެއްޗަކަށް ވާނެ އެވެ. "ހައު އައި މެޓް ޔޯ ފާދާ" ގެ ޓެގް ލައިނަކީ "އިޓްސް އެކްޗްލީ އަ ފަނީ ސްޓޯރީ" އެވެ.

"ހައު އައި މެޓް ޔޯ މަދާ" އަކީ ސެޕްޓެމްބަރު 19، 2005 އިން މާޗް 31، 2014 އަށް ގެނެސްދިން އެއްޗެކެވެ. އެ މުއްދަތުގެ ތެރޭގައި ނުވަ ސީޒަނަކަށް ސިލްސިލާގެ 208 އެޕިސޯޑް ގެނެސްދިނެވެ.

"ހައު އައި މެޓް ޔޯ ފާދާ" ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ގެނެސްދިނުމަށް ފަހު، އެއަށް ލިބޭ ތަރުހީބެއް ބަލާފައި ވާހަކަ އިތުރަށް ދަންމާނެ އެވެ. ފުރަތަމަ ސީޒަނުގައި ހިމެނޭނީ ކިތައް އެޕިސޯޑް ކަމެއް އަދި ނޭނގެ އެވެ.