01 އޯގަސްޓް 2021
އެމެރިކާގެ މަޝްހޫރު އަންހެން ޓެނިސް ތަރިން ކަމަށްވާ ސެރީނާ ވިލިއަމްސް އާއި ވީނަސް ވިލިއަމްސްގެ ބައްޕަ ރިޗަޑް ވިލިއަމްސްގެ ގޮތުގައި އެކްޓަރު ވިލް ސުމިތު ފިލްމު "ކިންގް ރިޗަޑް" ގެ ޓްރެއިލާ އިން ދައްކާލައިފި އެވެ.
އެމެރިކާގެ މަޝްހޫރު އަންހެން ޓެނިސް ތަރިން ކަމަށްވާ ސެރީނާ ވިލިއަމްސް އާއި ވީނަސް ވިލިއަމްސްގެ ބައްޕަ ރިޗަޑް ވިލިއަމްސްގެ ގޮތުގައި އެކްޓަރު ވިލް ސުމިތު ފިލްމު "ކިންގް ރިޗަޑް" ގެ ޓްރެއިލާ އިން ދައްކާލައިފި އެވެ.
މީގެ ދެ އަހަރު ކުރިން އިއުލާންކުރި މި ފިލްމަކީ "މޯންސްޓާސް އެންޑް މެން" ގެނެސްދިން ރީންނާލްޑޯ މާކަސް ގްރީން ޑައިރެކްޓްކޮށްފައިވާ ބައޮގްރަފިކަލް ޑްރާމާއެކެވެ. އަންނަ ނޮވެމްބަރު މަހުގެ 19 ގައި އެޗްބީއޯ މެކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމުގައި ސެރީނާގެ ރޯލުން ފެންނާނީ ޑެމީ ސިންގަލްޓަނެވެ. އަދި ވީނަސްގެ ރޯލު ކުޅެފައި ވަނީ ސަނިޔާ ސިޑްނީ އެވެ.
"ކިންގް ރިޗަޑް" ގައި ރިޗަޑް ދެ އަންހެން ދަރިން ވަރުގަދަ ޓެނިސް ތަރިންނަށް ހަދަން ކުރި މަސައްކަތާއި އެކަމަށް ކުރި ދަތުރުގެ އެކި ސޮފުހާތައް ދައްކުވައިދޭނެ އެވެ. މި ފިލްމަކީ ސުމިތު ވަރަށް ބޮޑަށް ތައްޔާރުވެ ކުޅުނު ފިލްމެކެވެ.
އޭނާ މީގެ ކުރިން އެމެރިކާގެ ކުރީގެ ރެސްލިން ތަރި މުހައްމަދު އަލީގެ ރޯލު 2001 ގެ "އަލީ" ގައި ވެސް ވަރަށް މޮޅަށް ކުޅެފައިވާތީ "ކިންގް ރިޗަޑް" އަކީ ވެސް އާދައިގެ ފިލްމަކަށް ނުވާނެ އެވެ. އެ ފިލްމުން ސުމިތަށް އެންމެ މޮޅު އެކްޓަރުގެ އޮސްކާ ނޮމިނޭޝަނެއް ވެސް ލިބުނެވެ. އެހެންވެ "ކިންގް ރިޗަޑް" އަކީ ވެސް އޭނާގެ ވަރަށް މޮޅު އެކްޓިންއެއް ފެންނާނެ ފިލްމަކަށްވުމުފެ އުންމީދު ބޮޑެވެ.
ފިލްމުގެ ޓްރެއިލާ އިންސްޓަގްރާމްގައި ޕޯސްޓްކޮށް ސުމިތު ބުނީ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއްގެ ރޯލު އަނެއްކާ ވެސް ކުޅެން ލިބުމަކީ ޝަރަފެއް ކަމަށާއި މިއީ އެކްޓަރެއްގެ ގޮތުގައި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިން ފިލްމެއް ކަމަށެވެ.
"ކިންގް ރިޗަޑް" ގެ ޓްރެއިލާއާ އެކު ސެރީނާ އިންސްޓަގްރާމްގައި ބުނީ މިއީ ރަނގަޅު ފިލްމަކަށް ވާނެ ކަމަށެވެ.
ވޯނާ ބްރޮސް އިން ގެނެސްދޭ ފިލްމު ހަދާފައި ވަނީ ޒެކް ބޭލިންގެ ސްކްރީންޕްލޭއަކަށެވެ.
"ކިންގް ރިޗަޑް" އަކީ މިދިޔަ އަހަރުގެ "ބޭޑް ބޯއިޒް ފޯ ލައިފް" އަށް ފަހު ރިލީޒްކުރާ ސުމިތުގެ ފުރަތަމަ ފިލްމެވެ.
"ހައު އައި މެޓް ޔޯ ފާދާ" ގެ ޓްރެއިލާ ދައްކާލައިފި
ފިލްމެއްގެ މައްސަލައިގައި ވިލް ސުމިތަށް ދައުވާކޮށްފި
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
"ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަނެއް
އެޗްބީއޯ މެކްސް ރިބްރޭންޑުކޮށް، "މެކްސް" ގެ ނަމަށް
ޑިސްކަވަރީގެ ބޮޑު ސްޓްރީމިން ސާވިސްއެއް
ބްރިޓްނީގެ ލޯބިވެރިޔާ އަށް ނުލިބުނު ރޯލެއްގެ ވާހަކަ
"ސެކްސް އެންޑް ދަ ސިޓީ" ގެ އާ ސީރީޒް ޑިސެމްބަރުގައި
ނެޓްފްލިކްސްގެ "އެކްސްޓްރެކްޝަން 2" ގެ ޓީޒާއެއް
ލިއޮނާޑޯގެ "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ