27 ޖޫން 2020
މަޝްހޫރު އަންހެން ޓެނިސް ތަރިން ކަމަށްވާ ސެރީނާ ވިލިއަމްސް އާއި ވީނަސް ވިލިއަމްސްގެ ބައްޕަ ރިޗަޑް ވިލިއަމްސްގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައި ތައްޔާރީތައް ވަމުން އަންނަނިކޮށް މި ފިލްމާ ދެކޮޅަށް ދައުވާކޮށްފި އެވެ.
މަޝްހޫރު އަންހެން ޓެނިސް ތަރިން ކަމަށްވާ ސެރީނާ ވިލިއަމްސް އާއި ވީނަސް ވިލިއަމްސްގެ ބައްޕަ ރިޗަޑް ވިލިއަމްސްގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައި ތައްޔާރީތައް ވަމުން އަންނަނިކޮށް މި ފިލްމާ ދެކޮޅަށް ދައުވާކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ކިންގް ރިޗަޑް" ގެ ނަމުގައި ހަދަން ނިންމާފައިވާ ފިލްމުގެ މައްސަލާގައި ދައުވާކުރީ އެ ފިލްމުގެ ވާހަކަ ބިނާކުރާ ރިޗަޑްގެ ބައޮގްރަފީގެ ރައިޓްސް ރަސްމީކޮށް ހޯދުމުގައި ކުރި މުއާމަލާތްތަކުގައި ހުރިން އޮޅުންބޮޅުންތަކަކާ ގުޅިގެންނެވެ.
މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިއުލާންކުރި "ކިންގް ރިޗަޑް" އަކީ 2014 ގައި ލިޔުންތެރިޔާ ބާޓް ޑޭވިސް އާއި ރިޗަޑް ގުޅިގެން ނެރުނު ބައޮގްރަފީ "ބްލެކް އެންޑް ވައިޓް: ދަ ވޭ އައި ސީ އިޓް" އަށް ބިނާކޮށްގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. އަދި ފިލްމުގައި ރިޗަޑްގެ ކުޅޭ ގޮތަށް އޮތީ ސުމިތެވެ.
ފިލްމުގެ މައްސަލާގައި އެމެރިކާގެ ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓަށް އަންގާރަ ދުވަހު ހުށަހެޅީ ސުމިތުގެ ފިލްމު ކުންފުނި އޯވަބުކް އެންޓަޓައިންމަންޓާއި ފިލްމުގެ ޑިސްޓްރިބިއުޝަން ރައިޓްސް ހޯދާފައިވާ ވޯނާ ބްރަދާޒްއާ ދެކޮޅަށެވެ
ދައުވާގައި ބުނެފައި ވަނީ ސުމިތާއި އޭނާގެ ޓީމަށް "ބްލެކް އެންޑް ވައިޓް: ދަ ވޭ އައި ސީ އިޓް" މީގެ ތިން އަހަރު ކުރިން ރައިޓްސް ވިއްކައިލީ 10،000 ޑޮލަރަށް ކަމަށް ވިޔަސް، އެ މުއާމަލާތް ހިންގާފައި ވަނީ އޮޅުން އަރާ ގޮތަށް ކަމަށެވެ. އަދި އެ މުއާމަލާތް ހިންގާފައި ވަނީ ރިޗަޑްގެ ފިރިހެން ދަރިއަކާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ޝެވޮއިޓާ ލެޒީން ކަމަށާއި ރިޗަޑް ބޭނުންވީ ފޮތުގެ ރައިޓްސް މިލިއަން ޑޮލަރަށް ވިއްކަން ކަމަށް ބުނެފައިވެ އެވެ.
އެހެންވެ އޭނާގެ ދައުވާގައި ވަނީ ސުމިތާއި އޭނާގެ ޓީމުން ހަދަން ނިންމާފައި އޮތް ފިލްމު "ކިންގް ރިޗަޑް" ގެ ރައިޓްސްގެ މުއާމަލާތް، ދެފުށް ފެންނަ ގޮތަށް ނިންމައިގެން ނޫނީ ކުރިއަށް ނުގެންވުމުގެ އަމުރަކަށް އެދިފަ އެވެ.
މި މައްސަލާގައި ރިޗަޑްގެ ފަރާތުން މައްސަލާގައި ހިއްސާވަނީ ޓީޓަބްލިއު3 އެންޓަޓައިންމަންޓާއި ޕަވަ މޫވް މަލްޓި މީޑިއާއިންނެވެ.
ދައުވާގެ މައްސަލާގައި ސުމިތާއި އޭނާގެ ޓީމުން އަދި ތިބީ ހިމޭނުންނެވެ.
ސެރީނާ އާއި ވީނަސްގެ ބައްޕަގެ ގޮތުގައި ސުމިތު
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ސެރީނާ އާއި ވީނަސްގެ ބައްޕަގެ ރޯލަށް ވިލް ސުމިތު؟
ވިލް ސްމިތު ޤުރުއާން ހަތިމްކޮށްފި
"ބޭޑް ބޯއީސް" ސިކުއެލްގެ ހަތަރު ވަނަ ފިލްމެއް ނެރެނީ
ޓެނިހުގެ ލެޖެންޑް ސެރީނާ ކުޅުން ހުއްޓާލަނީ
ބެޓީ ވައިޓްގެ ގެ 10 މިލިއަން ޑޮލަރަށް ވިއްކާލަނީ
ވިލް ސްމިތު އޮސްކާ އަށް ދިއުން 10 އަހަރަށް މަނާ!
ވިލް ސުމިތު އެކެޑަމީގެ މެމްބަރުކަމުން އިސްތިއުފާ ދީފި
މައްސަލަ ބަލާނެ ކަމަށް ބުނުމުން ވިލް މާފަށް އެދިއްޖެ