28 އެޕްރީލް 2022
މިދިޔަ އަހަރު ޑިސެމްބަރުގައި މަރުވި އެމެރިކާގެ ކުޅަދާނަ އެކްޓަރު އަދި ކޮމީޑިއަން ބެޓީ ވައީޓްގެ ލަގްޒަރީ ގެ 10.5 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފި އެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި މަރުވި އެމެރިކާގެ ކުޅަދާނަ އެކްޓަރު އަދި ކޮމީޑިއަން ބެޓީ ވައީޓްގެ ލަގްޒަރީ ގެ 10.5 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފި އެވެ.
"ދަ ގޯލްޑެން ގާލްސް" އާއި "ދަ މެރީ ޓައިލާ މޫރީ ޝޯ" އިން ގިނަ ބައެއްގެ ލޯބި ހޯދި ބެޓީގެ ގެ ވިއްކާލަން އިއުލާންކުރި އިރު، އެ ގެއަށް އިމާރާތްކުރި ފަހުން 50 އަށް ވުރެ ގިނަ އަހަރުވެއްޖެ އެވެ.
އެމެރިކާގެ ލޮސް އެންޖެލަސްގައި ހުންނަ ބެޓީ ވައިޓްގެ ގެ: އެ ގެ 10 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފައިވޭ.
ސްޓްރޯކެއް ޖެހިގެން، އުމުރުން 99 އަހަރު ބެޓީ މަރުވިއިރު، އޭނާ ވަނީ 70 އަހަރު ހޮލީވުޑްގައި މަސައްކަތް ކޮށްފަ އެވެ.
ހޮލީވުޑްގެ އެކްޓަރު ބެޓީ ވައިޓް: ސްޓްރޯކެއް ޖެހިގެން އޭނާ މަރުވީ މިދިޔަ އަހަރު.
އެމެރިކާގެ ލޮސް އެންޖެލަސްގައި ހުންނަ ބްރެންޓްވުޑް ޕާކް ކިޔާ އެ ގެ އިމާރާތްކުރީ 1952 ގަ އެވެ. ވަރަށް ރީތި ވިއުއެއް ވެސް އިންނަ އެ ގޭގައި ހަ ކޮޓަރި އާއި ޕޫލްއަކާއި ތިން އަކަކިލޯމީޓަރުގެ ހުސް ބިމެއް ވެސް އޮވެ އެވެ. އެ ބިމުގައި ވަނީ ގަސް އިންދާ ފުރާލައިފަ އެވެ.
އެމެރިކާގެ ލޮސް އެންޖެލަސްގައި ހުންނަ ބެޓީ ވައިޓްގެ ގެ: އެ ގެ 10 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފައިވޭ.
ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން، ބެޓީ އާއި އޭނާ ތިން ވަނަ އަށް ކައިވެނިކުރި އަދި މިހާރު މަރުވެފައިވާ ޓީވީ ޕާސަނަލިޓީ އެލެން ލުޑެން އެ ގެ ގަތީ 1968 ވަނަ އަހަރު އެވެ. އެއީ އެމީހުން ކައިވެނިކުރިތާ ފަސް އަހަރު ފަހުންނެވެ.
ސްޕޭސީ 31 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
ކެންސަރު ޖެހުނު "ފްރެންޑްސް" ގެ ތަރި މަރުވެއްޖެ
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޔޫކޭގައި 974 މިލިއަން ޑޮލަރު ފިލްމު ސްޓޫޑިއޯއެއް
ހޮލީވުޑުން ލިބުނު ބޮޑު ފިލްމެއް ދޫކޮށްލިން: ޝިޕްލާ
އޮސްކާ: މޮޅު ފިލްމަކީ "ނޯމެޑްލޭންޑް"
އެކްޓަރު އާމީ ހެމާ އަށް ރޭޕްގެ ތުހުމަތު
"ބްލެކް ޕެންތާ" ކެންސަރު ބަލީގައި މަރުވެއްޖެ
މޭގަންގެ ކެރިއަރު ބިނާކުރަން އެންޖެލީނާގެ އެހީ
ޕްރިޔަންކާ ދެމަފިރިން 20 މިލިއަން ޑޮލަރަށް އާ ގެއެއް