Roadha Mihaaru
ޓެނިހުގެ ލެޖެންޑް ސެރީނާ ކުޅުން ހުއްޓާލަނީ

ޔޫއެސް އޯޕަން އަށް ފަހު ޓެނިހުގެ ލެޖެންޑް ސެރީނާ ކުޅުން ހުއްޓާލަނީ

10 އޯގަސްޓް 2022

ކުރިއަށް އޮތް ޔޫއެސް އޯޕަން ޓެނިސް މުބާރާތަށް ފަހު، ކުޅުން ހުއްޓާލާނެ ކަމަށް ޓެނިހުގެ ލެޖެންޑް ސެރީނާ ވިލިއަމްސް އިއުލާން ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުރިއަށް އޮތް ޔޫއެސް އޯޕަން ޓެނިސް މުބާރާތަށް ފަހު، ކުޅުން ހުއްޓާލާނެ ކަމަށް ޓެނިހުގެ ލެޖެންޑް ސެރީނާ ވިލިއަމްސް އިއުލާން ކޮށްފި އެވެ.

ގްރޭންޑް ސްލޭމްގެ ޗެމްޕިއަންކަން 23 ފަހަރު ހޯދައިފައިވާ ސެރީނާ ބުނީ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބު ކުރުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއަށް ފަހު އޭނާގެ ދިރިއުޅުން އެހެން މިސްރާބަކަށް ބަދަލު ކުރާނެ ކަމަށް ވެސް އެ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ބުންޏެވެ.

ޔޫއެސް އޯޕަން މުބާރާތް އޮންނާނީ މިމަހު 29 ސެޕްޓެމްބަރު 11 އަށެވެ.

ސެރީނާ، 40، ކުޅުން ހުއްޓާލަނީ އާއިލާއެއް ބިނާ ކުރުމަށް ކަމަށް އޭނާ ބުންޏެވެ.

"އެތުލީޓެއްގެ ގޮތުގައި ހުރެ ދެން މާބަނޑު ވާކަށް އަހަރެން ބޭނުމެއް ނޫން،" އެއް ކުއްޖަކު ލިބިފައިވާ ސެރީނާ ލިޔެފައި ވެއެވެ.

އޭނާ ބުނިީ ރިޓަޔާމެންޓަކީ އޭނާ އެދޭ ލަފުޒެއް ނޫން ކަމަށެވެ. އެކަމަކު އޭނާގެ ދިރިއުޅުމަށް މި ބަދަލު ގެންނަން ވިސްނާތާ ދުވަސްތަކެއް ވެއްޖެ ކަމަށް ސިންގަލްސް މުބާރާތްތަކުގެ ޗެމްޕިއަންކަން 73 ފަހަރަށް ހޯދައިފައިވާ ސެރީނާ ބުންޏެވެ.

"ރިޓާޔާމެންޓަކީ ޒަމާނީ ލަފުޒެއް ނޫން. އޭގެ ބަދަލުގައި އަހަރެން ބޭނުން ކުރާނީ ހަޔާތަށް ބަދަލު ގެނައުން. އެހެންވެ އަހަރެން މި ބުނަނީ އަހަރެންގެ ހަޔަތަށް ބަދަލެއް ގެންނަން ނިންމައިފީމޭ ޓެނިހާ ދުރުގައި ހޭދަކުރަން ޖެހޭގޮތަށް. އެއީ ދިރިއުޅުމަށް މުހިންމު ވާ އެހެން ކަންކަން އިސްކުރުމަށް ފަހު،" އޭނާ ބުންޏެވެ.

ސެރީނާ އާއި އޭނާގެ ދައްތަ ވީނަސް ވިލިއަމްސް އަކީ ޓެނިހަށް ބޮޑު އިންގްލާބެއް ގެނައި ދެ ކުޅުންތެރިންނެވެ. ސިންގަލްސް އާއި ޑަބަލްސްގެ ބޮޑެތި މުބާރާތްތައް ފަސޭހަ ކާމާއެކު ކާމިޔާބުކޮށް ޓެނިހުގެ ތާރީހު އެ ދެ ކުޅުންތެރިން ބަދަލު ކުރި އެވެ.