Roadha Mihaaru
ޓެނިސް ތަރި ސެރީނާ ވިލިއަމްސް ރާއްޖޭގައި

ޓެނިސް ތަރި ސެރީނާ ވިލިއަމްސް ރާއްޖޭގައި

06 ނޮވެމްބަރ 2019

އެމެރިކާގެ މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދަ އެވެ.

ފިރިމީހާ އެލްކްޒިސް އޮހޭނިއަން ދަރިފުޅު އެލެކްޒިސް އޮލިމްޕިއާ ޖޫނިއާއާ އެކު ސެރީނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އިތާފުށި ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް އޭނާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސެރީނާ، 38، އަކީ އެ ކުޅިވަރުން އެތައް ކާމިޔާބީއެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި އަންހެން ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ މީހެކެވެ.

މިދިޔަ އަހަރު ސެލީނާ ވަނީ އަމިއްލަ ނަމުގައި ފެޝަން ލައިނެއް ވެސް ލޯންޗްކޮށްފަ އެވެ. "ސެލީނާ" ލޭބަލްގެ ދަށުން ޓެނިހަށާއި އަދި އާންމުކޮށް ވެސް ބޭނުން ކުރެވޭނެ އުފެއްދުންތައް ލިބެ އެވެ.