31 މާޗް 2021
ކައިވެންޏެއް އުފާވެރި ވަނީ އެކަމަށް ވަރަށް މަސައްކަތްކޮށްގެން ކަމަށާއި އަމިއްލަ ތަޖުރިބާ އިން މިހާތަނަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ވެސް އެއީ ކަމަށް މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް ބުނެފި އެވެ.
ކައިވެންޏެއް އުފާވެރި ވަނީ އެކަމަށް ވަރަށް މަސައްކަތްކޮށްގެން ކަމަށާއި އަމިއްލަ ތަޖުރިބާ އިން މިހާތަނަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ވެސް އެއީ ކަމަށް މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް ބުނެފި އެވެ.
ސެރީނާ އާއި ރެޑިޓްގެ ބާނީންގެ ތެރޭގައި ހިމެނޭ އެލެކްޒިސް އޮހާނިއަން ކައިވެނިކުރީ 2017 ގަ އެވެ. އަދި އެ ކައިވެންޏަށް އަންހެން ދަރިއަކު ވެސް އެ އަހަރު ލިބިފައިވެ އެވެ.
ޑޭޓިން އެޕެއް ކަމަށްވާ ބަމްޕްލްގެ "ދި ކްއިޒްޝަން ގޭމްސް" އަށް ދިން އިންޓަވިއެއްގައި ސެރީނާ، 39، ބުނީ ކޮންމެ ކައިވެންޏަކީ އުފާވެރި ކައިވެންޏަކަށް ނުވެދާނެ ކަމަށެވެ. އަދި ކިތަންމެ ގިނަ ދުވަހު ލޯބިން އެކީގައި އުޅެފައި ކައިވެނި ކުރިޔަސް އުފާވެރިކަންމަތީ ކައިވެނި ދެމެހެއްޓޭނީ އެކަމަށް ދެ މީހުން ވެސް މަސައްކަތްްކޮށްގެން ކަމަށް ބުންޏެވެ.
އެހެންވެ އޭނާގެ ކައިވެނިން މިހާތަނަށް ލިބުނު އެންމެ ހައިރާންކުރުވަނިވި ފިލާވަޅަކީ ވެސް އެއީ ކަމަށް ބުންޏެވެ.
"ކޮންމެ ކައިވެންޏަަކީ އުފާވެރި ކައިވެންޏަކަށް ނުވެދާނެ. އެކަމަކު މަސައްކަތްކޮށްފި ނަމަ އެކަން އެގޮތަށް ހެދިދާނެ." ސެރީނާ ބުންޏެވެ.
ކުރީގެ ޓެނިސް ތަރި ވީނަސް ވިލިއަމްސްގެ ކޮއްކޮ ކިޔައިދިން ގޮތުގައި މީހެއް ދެކެ ލޯބިވެވުމަކީ ވަރަށް އާދަޔާހިލާފު އިހުސާސްތަކެއް ކުރުވާ ކަމެކެވެ. އެހެންވެ އެންމެ ހިތް އެދޭ ބައިވެރިޔާއާ އެކު ލޯބި އެންމެ ފުން މިނުގައި ތަޖުރިބާކުރެވުމަކީ އަދި ވަކިން ހާއްސަ ކަމެއް ކަމަށް ބުންޏެވެ.
"ލޯތްބެއްގެ ތެރޭގައި އުޅޭ އިރު ހިތް ހަލާކުވާ ދަނޑިވަޅުތައް ވެސް އަންނާނެ،" ސެރީނާ ބުންޏެވެ. "މީގައި މުހިއްމު ކަމަކި އެފަދަ ހާލަތްތަކާ ކެތްތެރިކަމާ އެކު ކުރިމަތިލުން. އަދި ޒަހަމްތައް ފިލާނެ. އެކަމަށް ވެސް ވަގުތު ވެސް ނަގާނެ."
އޭނާ ބުނީ ގުޅުމަކަށް އެންމެ މުހިއްމު ވަނީ ވަފާތެރިކަމާއި އިތުބާރު ކަމަށެވެ. އަދި އެ ބައި މަދުވެއްޖެ ނަމަ ގުޅުމެއް ހަލާކުވެދާނެ ކަމަށް ބުންޏެވެ.
"ހަމަ ޔަގީނުން ކައިވެންޏަށް ދަމަހައްޓަން ވަފާތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ. އެހެން ނޫން ކަމަށް ގުޅުމެއް ރޫޅިދާނެ." ސެރީނާ ބުންޏެވެ.
ޓެނިހުން ގިނަ ކާމިޔާބީތަކެއް މިހާތަނަށް ހޯދާފައިވާ ކުޅުންތެރިޔާ ބުނިގޮތުގައި އޭނާގެ ހަޔާތް ވަރަށް އުފާވެރި އެވެ. އަދި އޭގެ ސިއްރަކީ ކެރިއަރާއި ޒާތީ ދިރިއުޅޖން ބެލެންސްކޮށް އެކަކު އަނެކަކަށް އޮންނަ އިތުބާރާއި ލޯބި ދަމަހައްޓަން އެއްވަރަކަށް މަސައްކަތްކުރާތީ އެވެ. އަދި ކުއްޖަކު ލިބުމުން ފިރިމީހާގެ ލޯބި މާ ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް ސެރީނާ ބުންޏެވެ.
މަޝްހޫރު ޓީވީ ސްޓާރު ސައިމަން ކައިވެނިކުރަނީ
އިންނާނެ މީހަކު ހޯދަން އިޝްތިހާރުކުރީ ބިލްބޯޑްގައި
މަލާމާތްކުރިޔަސް ފަރުވާލެއް ނެތް: އަރުޖުން
އެންމެ ދިގު މީހާ އަންބަކު ހޯދަން ރަޝިއާގައި
އިންނަން އެއްބަސްވި އަންހެން އޮފިސަރަކު ހައްޔަރުކޮށްފި
އެފްލެކް ދެއްކި ވާހަކަތައް ޖޭލޯ އަށް މައްސަލައެއް ނޫން
އަލަތު ކައިވެންޏަކީ ބަނދެވުމެއް: އެފްލެކް
ރަންވީރާ އޮންނަ ހާއްސަ ގުޅުމަކީ މުއާމަލާތް: ދީޕިކާ
ކެޓްރީނާގެ ކައިވެނީގެ ފުޓޭޖް ހޯދަން 100 ކްރޯޑް
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް